އިންޑިއާގެ ފްލައިޓުތައް ޕަޕުއާ ނިއު ގިނީ އަށް ދަތުރު ކުރުން މަނާކޮށްފި

ޕަޕުއާ ނިއު ގިނީގެ އެއާޕޯޓް.

ޕަޕުއާ ނިއު ގިނީގެ އެއާޕޯޓް.

ޕޯޓް މޯޒްބީ، ޕަޕުއާ ނިއު ގިނީ (އޯގަސްޓު 24) - ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާ ހިލާފަށް އަމަލު ކުރުމަށް ފަހު އިންޑިއާގެ ޑިޕްލޮމެޓުން އެކަން އޮޅުވާލި ކަމަށް ބުނެ، އިންޑިއާއިން ޕަޕުއާ ނިއު ގިނީއަށް ފްލައިޓު ދަތުރު ކުރުން މުއްދަތެއް ނެތް ގޮތަށް މަނާކޮށްފި އެވެ.

ކޮވިޑުގެ ކަންކަމަށް ޕަޕުއާ ނިއު ގިނީ އިން ކަނޑައަޅާފައިވާ އެންމެ އިސް އޮފިޝަލް ވިދާޅުވީ ހުއްދަ ނެތި ގިނަ އަދަދެއްގެ އިންޑިއާ މީހުން އެ ގައުމަށް އެތެރެ ވާން އިންޑިއާ ހައި ކޮމިޝަނުން އެހީވެފައިވާ ކަމަށާއި އެއީ ގަސްތުގައި "އޮޅުވާލުމުގެ" އަމަލެއް ކަމަށެވެ. އެތެރެވި ބައެއް މީހުންނަކީ ކޮވިޑަށް ޕޮޒިޓިވް މީހުން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލުން ބުނެފައި ވަނީ އިންޑިއާ އިން ފުރައިގެން އިންޑޮނީޝިއާގައި މަޑު ކުރުމަށް ފަހު 111 މީހުންނާ އެކު ޗާޓަރު ފްލައިޓެއް ޕަޕުއާ ނިއު ގިނީ އަށް ޖެއްސީ އަންގާރަ ދުވަހު ހެނދުނު ކަމަށެވެ. އެ ފްލައިޓުގައި ދަތުރުކުރި 30 މީހުންނަކީ ހުއްދަ ނެތި އައި މީހުންނެވެ.

އެ ފްލައިޓު ޕަޕުއާ ނިއު ގިނީ އަށް ދަތުރު ކުރުމުގެ ހުއްދަ ދިނީ ވެސް ގިނަ ދުވަސްތަކެއް ވަންދެން ދެ ގައުމުގެ މެދުގައި މަޝްވަރާ ކުރުމަށް ފަހު އެވެ.

ކޮވިޑު ފެތުރުމުގެ ބިރު އޮތުމުން އިންޑިއާ އިން ފްލައިޓެއް އައުމުގެ ހުއްދަ ދިނުމާ މެދު ޕަޕުއާ ނިއު ގިނީގެ ސަރުކާރުން ވަރަށް ބޮޑަށް ވިސްނި އެވެ. އެންމެ ފަހުން ހުއްދަ ދިނީ 81 މީހުންނާ އެކު ފްލައިޓެއް އެ ގައުމަށް އެތެރެވުމަށެވެ.

ޕަޕުއާ ނިއު ގިނީގެ ޕޮލިސް ކޮމިޝަނަރު ޑޭވިޑް މޭނިންގް ވިދާޅުވީ "ޕޯޓް މޯޒްބީގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން މި އޮޅުވާލުމުގެ ގަސްތުގައި ބައިވެރިވި" ކަމަށާއި ހުއްދަ ދިން ވަރަށް ވުރެ އިތުރަށް މީހުން ގެނެވުނީ އެހެންވެ ކަމަށެވެ.

"ޕަޕުއާ ނިއު ގިނީގެ ރައްޔިތުންނާއި ސަރުކާރަށް އިހްތިރާމް ކުޑަ އަމަލެއްގެ ގޮތުގައި މިފަދަ ކަމެއް ކުރުމުން، އޭގެ ނަތީޖާއެއްގެ ގޮތުން ވަކި މުއްދަތެއް ނެތް ގޮތަށް އިންޑިއާ އިން މި ގައުމަށް ދަތުރު ކުރުން ވާނީ މަނާކޮށްފައި،" އޭނާ ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން އިންޑިއާ ސަރުކާރުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

އިންޑިއާގެ ފްލައިޓުތަކުގެ އިތުރުން އެއާލައިން އޮޕަރޭޓް ކުރާ ކަޕާޖެޓް އަދި ގަރުޑާ އިންޑޮނީޝިއާގެ ފްލައިޓުތައް ވެސް ވަނީ މަނާކޮށްފަ އެވެ.

އަންގާރަ ދުވަހު ހެނދުނު އިންޑިއާ އިން ދިޔަ ފްލައިޓުގައި ތިބީ ޕަޕުއާ ނިއު ގިނީ، އިންޑިއާ އަދި އިންޑޮނީޝިއާގެ ރައްޔިތުންނެވެ. އޭގެ ތެރެއިން ހަތަރު މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

އިންޑިއާ އިން އެންމެ ފުރަތަމަ ފެނުނު ޑެލްޓާ ވޭރިއެންޓު ފެތުރިދާނެތީ ޕަޕުއާ ނިއު ގިނީ އިން ވަނީ ދަތުރު ކުރުމާ ގުޅޭ ހަރުކަށި ފިޔަވަޅުތަކެއް އަޅާފަ އެވެ.

ބަލިމަޑުކަން ކުރިމަތިވުމުގެ ކުރިން ވެސް ޕަޕުއާ ނިއު ގިނީގެ ސިއްހީ ނިޒާމަށް އޮތީ ބޮޑެތި މައްސަލަތަކާ ދިމާވެފަ އެވެ. އެގޮތުން ބަޖެޓު ނެތުމާއި ޑޮކްޓަރުން ނެތުމުގެ މައްސަލަ ފާހަގަކުރެވެ އެވެ. އެހެންކަމުން ހަލުވިކަމާއެކު ކޮވިޑް ފެތުރެން ފަށައިފި ނަމަ ސިއްހީ ނިޒާމް ހުއްޓޭނެ ކަމަށް އެ ގައުމުގެ ސަރުކާރުން ގަބޫލުކުރެ އެވެ.

ޕަޕުއާ ނިއު ގިނީ އިން މިހާތަނަށް ފެނިފައި ވަނީ ކޮވިޑުގެ 18،000 ކޭސް އެވެ. މިހާރު ވެސް ބައެއް ހޮސްޕިޓަލްތައް ފުރިފައި ވާތީ ވަގުތީ ފެސިލިޓީތައް ގާއިމްކޮށްފައި ވަނީ ބޭރު ގައުމުތަކުގެ އެހީގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox