އިކްރާމްގެ ވާހަކަތަކަށް ނަޝީދުގެ ވަކީލުން ރައްދުދީފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖަލްސާއެއްގައި.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖަލްސާއެއްގައި.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާގެ ތަހުގީގު ނިންމައި، އެ ހަމަލާ ރާވައި ހިންގި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމުގެ ކުރިން ނަޝީދު ރާއްޖެއަށް ވަޑައިގެންނެވުމަށް ޖެހިލުންވާންޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވެ ދިއްގަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިކްރާމް ހަސަން ދެއްކެވި ވާހަކަތަކަށް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުން ރައްދުދީފި އެވެ.

ސޯޝަލް މީޑިއާ ފަދަ މުއާސަލާތީ ވަސީލަތަކުން އިސްލާމްދީނަށް ފުރައްސާރަކުރުން ވެސް ކުށަކަށް ހަދަން ގާނޫނުލްއުގޫބާތު އިސްލާހުކުރަން ހުށަހަޅާފައިވާ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުން އިކްރާމް މިއަދު ވިދާޅުވީ އެ ހަމަލާއަށްފަހު ސަރުކާރުން ވަރުގަދަކޮށްފައިވާ ފިޔަވަޅުތަކުގެ ދަށުން، ނަޝީދަށް ވެސް އިތުރު ސެކިއުރިޓީ ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އަދި އެ ހަމަލާ ރާވައި ހިންގި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމުގެ ކުރިން ރާއްޖެއަށް ވަޑައިގެންނެވުމަށް ޖެހިލުންވާން ކަމަށް ނަޝީދުގެ ފަރާތުން ވިދާޅުވެފައިވާ ވާހަކަތަކަށް އިޝާރާތްކުރައްވައި އިކްރާމް ވިދާޅުވީ ނަޝީދު ޖެހިލުވާންވީ ސަބަބެއް ނެތް ކަމަށެވެ.

ކުރީގެ ރައީސުލްޖުމްހޫރިއްޔާ ނަޝީދުގެ ވަކީލުންގެ ޓީމުން ނެރުނު ބަޔާނެއްގައި ބުނީ އެމަނިކުފާނަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއަށް ފަހު ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއެކު ވެސް، ހަމަލާ ރާވައި ފަންޑުކުރި ފަރާތްތައް އަދި ހިފިފައި ނުވާކަން ފުލުހުންވެސް ބުނެފައިވާ ކަމަށެވެ.

އެހެންކަމުން ​ނަޝީދު ރާއްޖެ ވަޑައިގަތުމުގެ މާހައުލު އޮތީ އަމާންކޮށް ކަމުގައި ދޭހަވާ ގޮތަށް އިކްރާމް ދެއްކެވި ވާހަކައަކީ، ނަޝީދުގެ ފުރާނަފުޅަށް މިހާރުވެސް އޮތް ނުރައްކާގެ ސީރިއަސްކަމަށް އެއްވެސް ފަރުވާލެއްނެތި ދެއްކެވި ޒިންމާދާރުކަން ކުޑަ ވާހަކައެއްކަމަށް ވަކީލުންގެ ބަޔާނުގައިވެ އެވެ.

"ނަޝީދަށް ކުރިމަތި ކުރުވި ހަމަލާއިން އެ މަނިކުފާނުގެ ހިމަގޮހޮރަށް ދާންދެން ފޫއަޅުވާލާފައި ވަނިކޮށް، އީދުއަސްހައްދައިގެން، ހުވަފެން ދައްކައިގެން ރައީސް ނަޝީދު ރާއްޖެ ގެނެވޭތޯ ގަދައެޅުމަކީ، އެ މަނިކުފާނުގެ ހައްޓާއި ލެޔަށް ނުރައްކާވާ ގޮތަށް، އެ ނުރައްކަލަށް ހިތްވަރު ދިނުމުގެ ގޮތުން ކުރާ ކަމެއް ކަމުގައި ދެކެމެވެ،" ބަޔާނުގައިވެ އެވެ.

ހަމަލާއަށް ފަހު ފަރުވާ އަށް ޖަރުމަނަށް ވަޑައިގަތުމަށް ފަހު މިވަގުތު އިނގިރޭސި ވިލާތުގައި ހުންނެވި ނަޝީދު އަންނަ ސެޕްޓެމްބަރު ނިމޭހާ ތަނުގައި ރާއްޖެއަށް ވަޑައިގަންނަވާނެކަމުގެ އިޝާރާތެއް ދެއްވުމާއެކު އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ވަނީ އެމަނިކުފާނަށް އަދި ރައްކާތެރިކަމެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

ނަޝީދުގެ ރައްކާތެރިކަމަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް ސަރުކާރުންނާއި ސިފައިން ކޮށްދެއްވާނެ ކަމަށާއި ސަލާމަތީ ކަންކަން އިތުރަށް ރަނގަޅު ކުރުމަށް ހޯދަން ޖެހޭ ތަކެތި ހޯދައި ކުރަން ޖެހޭ ކަންކަން މިހާރު ވެސް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ހަތަރު މީހެއްގެ މައްޗަށް ދިގު މުއްދަތުގެ ޖަލު ހުކުމްތަކެއް އަންނަ ޖުމްލަ 12 ދައުވާ ވަނީ އުފުލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox