ތާލިބާނުންނަށް އޮތް ރަތް ރޮނގަކީ އަންހެނުންނާ މެދު އަމަލު ކުރާ ގޮތް: އދ.

އަފްގާނިސްތާނުގެ އަންހެނުންތަކެއް. މިހާރު ވެރިކަމުގައި އޮތް ތާލިބާނުން ބުނީ މޫނު ބުރުގާ އެޅުން މަޖުބޫރު ނޫން ކަމަށް.-- ފޮޓޯ: ރޮއިޓާޒް

އަފްގާނިސްތާނުގެ އަންހެނުންތަކެއް. މިހާރު ވެރިކަމުގައި އޮތް ތާލިބާނުން ބުނީ މޫނު ބުރުގާ އެޅުން މަޖުބޫރު ނޫން ކަމަށް.-- ފޮޓޯ: ރޮއިޓާޒް

ޖެނީވާ، ސްވިޓްޒަލޭންޑް (އޯގަސްޓު 24) - އަންހެނުންނާ މެދު ތާލިބާނުން އަމަލު ކުރާ ގޮތަކީ "ރަތް ރޮނގު" ކަމަށް ވިދާޅުވެ، އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ވެރިޔާ، އަފްގާނިސްތާނުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މިޝޭލް ބެޗެލެޓް އެގޮތަށް ވިދާޅުވީ އަފްގާނިސްތާނުގެ ހާލަތާ ގުޅިގެން ބޭއްވި ކުއްލި ސެޝަނެއް ފެށުމުގެ ކުރިންނެވެ. އަންހެނުންގެ ހައްގުތަކަށް އިހްތިރާމް ކުރާނެ ކަމަށް ތާލިބާނުން ބުނެފައި ވާތީ، އެ ވައުދު ފުއްދުމަށް އޭނާ ގޮވާލެއްވި އެވެ.

"މި ވައުދުތައް ހަގީގަތަކަށް ހެދުމުގެ ޒިންމާ އުފުލަން ޖެހޭނީ ތާލިބާނުން. އިންސާނީ ހައްގުތަކަށް އިސްކަންދީ، ޒިންމާދާރު ވެރިކަމެއް ކުރެވޭނެ ގޮތްތައް ތަންފީޒު ކުރަން ތާލިބާނުންނަށް ގޮވާލަން. އިޖުތިމާއީ ރައްކާތެރިކާއި ގުޅުން ބަދަހިކޮށް، ދިގު ހަމަނުޖެހުމުގެ ޝިކާރައަކަށް ވެފައިވާ އެންމެންނަށް އިންސާފު ލިބެން ވާނެ،" އޭނާ ވިދާޅުވި އެވެ.

"އަސާސީ ރަތް ރޮނގަކަށް ވާނީ އަންހެނުންނާއި އަންހެން ކުދިންނާ މެދު ތާލިބާނުން އަމަލު ކުރާ ގޮތް،" ބެޗެލެޓް ފާހަގަކުރެއްވި އެވެ.

"ވަކިން ހާއްސަކޮށް އަންހެން ކުދިންނަށް ރަނގަޅު ސާނަވީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދޭތޯ ބެލުމަކީ އިންސާނީ ހައްގުތަކާ މެދު ތާލިބާނުން އަމަލު ކުރާ ގޮތް ވަޒަން ކުރުމުގައި މުހިއްމު ކަމެއް".

މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު ތާލިބާނުން ވެރިކަމަށް އައުމާއެކު އެތައް ހާސް ބަޔަކު ވަނީ ކާބުލް އެއާޕޯޓަށް ޖަމާވެފަ އެވެ. އެމެރިކާ އާއި ގުޅިފައިވާ އެހެން ގައުމުތަކުން މަސައްކަތް ކުރަނީ އޯގަސްޓު 31 ގެ ކުރިން ވީ އެންމެ ގިނަ އަދަދެއްގެ މީހުން އަފްގާނިސްތާނުން ފުރުވާލުމަށެވެ.

މީގެ ކުރިން ތާލިބާނުންގެ ވެރިކަމުގައި އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތައް ހިފަހައްޓައި، ގިނަ ބަޔަކު އުޅެން ޖެހުނީ ބިރުވެރިކަމެއްގެ ތެރޭގަ އެވެ. މި ފަހަރު ވެރިކަމުގައި ހައްގުތައް ފޯރުކޮށްދޭން ވައުދުވި ނަމަވެސް، އެތައް ހާސް އަފްގާން ރައްޔިތުން ބޭނުންވަނީ ގައުމު ދޫކޮށް ދިޔުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox