ގަވައިދުގެ ސަބަބުން ފުޓްބޯޅަ ބަދަލު މިވަނީ ރަގްބީ އަށް: ސޯލްޝެއާ

Aug 24, 2021, 7:34 AM
ޔުނައިޓެޑްގެ ކޯޗު ސޯލްޝެއާ.-- ފޮޓޯ: އޭއެފްޕީ

ޔުނައިޓެޑްގެ ކޯޗު ސޯލްޝެއާ.-- ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ (އޮގަސްޓް 24) - އިނގިރޭސި ޕްރިމިއާ ލީގުގައި މި ފަހަރު އަމަލު ކުރަމުން އަންނަ ފިޒިކަލް ޗެލެންޖް ގަވާއިދުގެ ސަަބަބުން ފުޓްބޯޅަ ބަދަލުވަނީ ރަގްބީ އަށް ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.

ޕްރިމިއާ ލީގުގައި އާދިއްތަ ދުވަހު ސައުތެމްޓަނާ ދެކޮޅަށް ޔުނައިޓެޑް 1-1 އިން އެއްވަރުވި މެޗުގައި ސައުތެމްޓަނުން ގޯލު ޖެހިއިރު، އެ ޓީމުގެ ޖެކް ސްޓީވެންސް ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭސް އަށް ފައުލުކުރިކަމަށް ޔުނައިޓެޑް ކުޅުންތެރިން ވަރަށް ބޮޑަށް އެޕީލްކުރި އެެވެ. އެކަމަކު ރެފްރީ ކްރެއިގް ޕޯސަން ވަނީ ފައުލެއް ނޫން ކަމަށް ދައްކައިފަ އެވެ.

ފެނާންޑޭސް އަށް ކުރީ ފައުލެއް ނޫން ކަމަށް ނިންމީ މި ފަހަރު ޕްރިމިއާ ލީގުގައި އަމަލުކުރަމުން އަންނަ އެއް ގަވާއިދުގެ ތެރެއިން ކަމަށް ޓޯކްސްޕޯޓްސްގެ ޝޯގައި ވާހަކަ ދައްކަމުން ކުރީގެ ރެފްރީއެއް ވަނީ ބުނެފަ އެވެ. އެ ގޮތުން މި ފަހަރު ލީގުގައި ބޯޅަ ހޯދަން ކުރާ ފިޒިކަލް ޗެލެންޖެއްގައި ބޯޅަ އަށް އެޓޭކްކުރާ ކުޅުންތެރިޔާ އަށް ފައިދާވާ ގޮތަށް ރެފްރީ އަށް ގޮތް ނިންމިދާނެ އެވެ. އެއީ އެ ކުޅުންތެރިޔާ ބޯޅަ ހޯދީ އިދިކޮޅު ކުޅުންތެރިޔާ އަށް ފައުލެއް ނުވާވަރަށް 50-50 ޗެލެންޖަކުން ކަމަށް ބެލުމަށް ފަހު އެވެ.

ސައުތެމްޓަންގެ ސްޓީވެންސް (ކ) ޔުނައިޓެޑްގެ ބްރޫނޯ އަތުން ބޯޅަ ހޯދަނީ.

ޔުނައިޓެޑްގެ ކޯޗު ސޯލްޝެއާ ވަނީ މި ގަވާއިދާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

"އެއީ (ބްރޫނޯ އަށް ސްޓީވެންސް ކުރީ) ޔަގީނުން ވެސް ފައުލެއް. އަހަރެން ކަންބޮޑުވަނީ އަހަރެމެންނާ ދެކޮޅަށް އެކަން ވީމައެއް ނޫން. މިހާރު ފެންނަ މަންޒަރުތަކުން އެބަހީވޭ ފުޓްބޯޅަ އަކީ ކޮންޓެކްޓް ސްޕޯޓެއްވީމަ ވަރަށް ބޮޑަށް މީގެ އަށް ފިޒިކަލް ބައި ވަންނަހެން،" ސޯލްޝެއާ ބުންޏެވެ.

"މިދިޔަ ސީޒަނުގައި ހޭންޑްބޯލް ކަންތައްތައް ހުރީ ބާސްކެޓްބޯޅަ ހެން. މި ފަހަރު ފިޒިކަލް ކަންތައްތައް މިދަނީ ރަގްބީއަށް ވާ ގޮތަށް. މީގެ އުސޫލެއް އޮންނަން ޖެހޭ،"

ޕްރިމިއާ ލީގުގައި މި ހަފްތާގައި ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވެސް ވަނީ ބާންލީގެ ކުޅުންތެރިން ލިވަޕޫލަށް ކުރި ފިޒިކަލް ޗެލެންޖްތަކަކީ ރެސްލިން އިން ފެންނަ ކަހަލަ ކަންތައްތަކެއް ކަމަށް ބުނެފަ އެވެ. ކްލޮޕް ބުނީ އޭނާގެ ނަޒަރުގައި ފިޒިކަލް ޗެލެންޖްތަކަށް ވެސް ގަވާއިދެއްގެ ދަށުން ބަދަލު ގެނެސްގެން އަމަލުކުރަންވީ ކަމަށާއި އެކަން ކުރަންވީ ދެ ފަރާތަށް ހަމަހަމަވާ ފަދަ އުސޫލެއް އޮންނަން ޖެހޭ ގޮތަކަށް ކަމަށެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކެޕްޓަން ރޯއީ ކީން ސްކައިސްޕޯޓްސް ޝޯގައި ވާހަކަ ދައްކަމުން ބުނެފައިވާ ގޮތުގައި ޕްރިމިއާ ލީގުގައި ފިޒިކަލް ފުޓްބޯޅަ ޒަމާނުއްސުރެ ކުޅެމުން އަންނަ ކަމަށާއި މައްސަލަ އަކަށްވަނީ ފަހަކަށް އައިސް މަކަރު ހަދައިގެން ކުޅުންތެރިން ކުރާ ކަންތައްތަކަށް ފަސޭހައިން ފައުލުދޭތީ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox