ބަޑި އާއި ބޮން ހެދި ކަމަށް ތުހުމަތުވާ މީހުން ދައުލަތުގެ އެހީގައި ވަކީލުން ހޯދަން އެދިއްޖެ

ބަޑި އާއި ވަޒަން ހެދި ކަމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ދެ މީހުން --

ބަޑި އާއި ވަޒަން ހެދި ކަމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ދެ މީހުން --

މާލޭ ގެއަކުން އަމިއްލައަށް ހަދާފައިވާ ގިނަ އަދަދެއްގެ ބަޑިތަކަކާއި ކުޑަ ބޮމެއް ފެނުނު މައްސަލަ ކްރިމިނަލް ކޯޓުން ދެ ވަނަ ފަހަރަށް ހިންގާ ޝަރީއަތުގައި ދައުވާ ލިބޭ މީހުން ދައުލަތުގެ ފަރާތުން ވަކީލުން ހަމަޖައްސައިދިނުމަށް އެދިއްޖެ އެވެ.

އެ މައްސަލައިގައި ކުރިމިނަލް ކޯޓުން 2016 ވަނަ އަހަރު ހުކުމްކޮށްފައި ވަނީ ދައުވާ ލިބުނު ދެ މީހުންގެ މައްޗަށް މައްސަލަ ސާބިތުނުވާ ކަމަށެވެ. އެއީ މައްސަލައިގެ ހިމެނޭ ބޮން އަދި ހަތިޔާރު ފެނުނު ކޮޓަރި ކުއްޔަށް ހިފައިގެން އުޅުނު ދަފްތަރު، 7102، ހަސަން ނަސީމު ނެތި ތަން ފާސް ކުރި ކަމަށް ބުނެ، ހެކި ހޯދާފައި ވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ކަނޑައަޅައިގެނެވެ.

އެ މައްސަލަ ފަޅާއަރާފައި ވަނީ ލ. ގަން، ހިމާޔަތް، މޫސާ ޔޫސުފް، ސީރިއާގެ ހަނގުރާމައަށް ދާން އުޅޭ ކަމަށް ތުހުމަތު ވެގެން އޭނާއަށް ފާރަލައި، އެއާޕޯޓަށް ގޮސް އޭނާ ހުއްޓުވި ހިސާބުންނެވެ. ހަތިޔާރު ފެނުނީ ޔޫސުފުގެ ޖީބުގައި އޮތް ތަޅުދަނޑިއެއް ފުލުހުން ހޯދައި އޭނާ އުޅުނު ކޮޓަރިއަށް ގޮސް އެ ތަން ބަލައި ފާސް ކުރުމުންނެވެ.

Advertisement

އެ ތަން ފާސް ކުރިއިރު އަމިއްލައަށް ހަދާފައި ހުރި ފިސްތޯލަތަކަކާއި އެއްކޮށް ހަދައި ނުނިމި އޮތް ކުޑަ އައިއީޑީއެއް ނުވަތަ އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސެއް އަދި ސެޓެލައިޓު ފޯނެއް ފެނިފައިވެ އެވެ.

އެއިރު ކޮޓަރި ކުއްޔަށް ހިފައިގެން އުޅެމުންދިޔަ ހަސަން ނަސީމު، 51، ހުރީ ލ. އަތޮޅުގަ އެވެ. ބަޑިތައް ހެދުމުގެ މޭސްތިރި ކަމަށް ފުލުހުން ޝައްކު ކުރާ ނަސީމަކީ އެއިރު ވެސް ފަލިވަޅު ވޯކްޝޮޕް ނަމަކަށް ކިޔާ މާފަންނުގައި ހުންނަ ދަގަނޑުގެ މަސައްކަތް ކުރާ ތަނެއްގައި ވަޒީފާ އަދާކުރާ މީހެކެވެ. ފަލިވަޅު ވޯކްޝޮޕް ފާސް ކުރިއިރު ވެސް ފުލުހުން ވަނީ ހަތިޔާރުގެ ބައެއް ބައިތައް ހޯދައިފަ އެވެ.

އެ މައްސަލަ ހައި ކޯޓުން ޖެނުއަރީ މަހު ބެލުމަށްފަހު ކަނޑައަޅާފައި ވަނީ ފުލުހުން ހެކި ހޯދާފައި ވަނީ ގާނޫނުއަސާސީއާ ހިލާފަށް ނޫން ކަމަށެވެ. އަދި އެ މައްސަލަ ކްރިމިނަލް ކޯޓުން އަލުން ބަލަންޖެހޭ ކަމަށް ހައި ކޯޓުން ކަނޑައެޅި އެވެ.

ހައި ކޯޓުގެ ހުކުމާ އެއްގޮތަށް ދަށު ކޯޓުގައި މައްސަލަ އަލުން ބަލަން ފެށީ މިދިޔަ އޭޕްރީލް މަހު އެވެ. އެ މަހު ބޭއްވި އަޑުއެހުމުގައި ނިންމާފައިވަނީ ހެކި ވަޒަން ކުރުމާ ގުޅޭ ހިސާބުން މައްސަލަ އަލުން ކުރިއަށް ގެންދިޔުމަށެވެ.

އެގޮތުން، މިއަދު ވަނީ އެކަމަށް އަޑުއެހުމެއް ބާއްވާފަ އެވެ. އަޑުއެހުމުގައި ދައުލަތުން ވަނީ މައްސަލާގައި ހެކިބަސް ދީފައިވާ މީހުންގެ ހެކި ބަހާ ގުޅޭ ގޮތުން ވާހަކަ ދައްކާފަ އެވެ.

ދައުލަތުގެ ވަކީލް ފާހަގަކުރި ގޮތުގައި، ނަސީމާ ގުޅުން އޮންނަ މ. އިރުދޯދިގެ ބަލާފާސްކުރަން ދިޔަ ފުލުހުން ވަނީ އެތަނުން ފެނުނު ހަތިޔާރާ ގުޅޭ ގޮތުން ހެކި ބަސް ދީފަ އެވެ. އެގޮތުން ބަޑިތަކާއި ވަޒަން އަދި ވަޒަން ހަދަން ބޭނުން ކުރާ ތަކެތީގެ އިތުރުން، މައިނެއް ވެސް ކޮޓަރިން ފެނިފައިވެ އެވެ. ބަޑީގެ ތެރޭ ފިސްތޯލަ އާއި ޝޮޓްގަން ވެސް ހިމެނެ އެވެ.

އޭގެއިތުރުން އަލިފާންފޮށިން ބަޑި ބޭސް ކެހުމަށްފަހު ފުޅިފުޅިއަށް އަޅާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ނަސީމް އޭރު ދިރިއުޅެމުން ދިޔަ ލ. ގަންގެ ގެއަކާއި އޭނާއާ ގުޅުން އޮންނަ މާވަށުގެ ގެއެއް ބަލާ ފާސްކުރި އެވެ. އެ ފާސްކުރުމުގެ ތެރެއިން ނަސީމް ބޭނުން ކުރާ ކޮމްޕިއުޓަރަކުން ބަޑި ހަދާނެ ގޮތުގެ ޑައިގްރާމްތަކާއި ކުރެހުންތައް ފެނިފައިވާ ކަމަށް ދައުލަތުން ބުނެ އެވެ.

ފުލުހުން ހޯދި ހަތިޔާރުތައް ތަހުލީލުކުރި ފުލުހުން ވެސް މައްސަލާގައި ވަނީ ހެކި ބަސް ދީފަ އެވެ. އެމީހުން ބުނެފައިވާ ގޮތުގައި އެ ގެއިން ފެނުނު ހަތިޔާރަކީ ރާއްޖޭން ލިބޭ ސާމާނު ބޭނުންކޮށްގެން އަމިއްލައަށް ތައްޔާރުކޮށްފައިވާ ތަކެއްޗެވެ. އަދި، އެ ގެއިން ފެނުނު މައިނަކީ ފައިން އެރިއްޖެ ނަމަވެސް، ގޮވާ ގޮތަށް ތައްޔާރުކޮށްފައި އޮތް އެއްޗެއް ކަމަށެވެ.

ފުލުހުން ވަނީ ނަސީމު ހަދާފައި ކަމަށް ބެލެވޭ ބަޑިތަކާއި ވަޒަންތައް ޓެސްޓު ވެސް ކޮށްފަ އެވެ. އެގޮތުން އެތަނުގައި ތިބި ފުލުހުން ބުނެފައިވާ ގޮތުގައި ހަދާފައިވާ ވަޒަންތައް ފަޔާ ކުރެވެ އެވެ. އަދި ސިފައިންގެ ބެލުމުގެ ދަށުން އެ ބަޑިތައް ޓެސްޓު ކުރިއިރު ގާތްގަނޑަކަށް 100 މީޓަރު ނުވަތަ 380 ފޫޓަށް ވުރެ ދުރަށް ވަޒަން ދަތުރުކޮށްފައިވާ ކަމަށެވެ. އަދި، ފްލައިވުޑްފިލާ ފޫއަޅުވާލި ކަމަށެވެ.

ދައުލަތުން ހެއްކާ ގުޅޭ ގޮތުން ވާހަކަ ދައްކާ ނިމުމުން ޝަރީއަތުން ވަނީ ދައުވާ ލިބޭ ދެ މީހުންނަށް އެ ފުރުސަތު ދީފަ އެވެ. ނަމަވެސް، ނަސީމް ދެއްކީ އެމީހުންނަށް ލިބިފައިވާ ލިޔުންތަކުން އެއްވެސް އެއްޗެއް ސާފު ނުވާ ކަމުގެ ޝަކުވާ އެވެ. އެގޮތުން ފޮޓޯ ކޮޕީ ހައްދާފައިވާ ގޮތުން ފޮޓޯތައް ހުރީ ކަޅުކޮށް ކަމަށާއި އޭގެން އެއްވެސް އެއްޗެއް ސާފުނުވާ ކަމަށް ބުންޏެވެ.

އެހެންވެ، ސާފު ކޮޕީތައް ފޮނުވައިދިނުމަށް މިހާރު ލ. ގަމުގައި ދިރިއުޅޭ އެ ދެ މީހުން އެދުނެވެ. އެ އެދުމާ އެއްގޮތަށް ސާފު ކޮޕީ، 14 ދުވަސް ތެރޭ އެ ދެ މީހުންނަށް ފޯރުކޮށްދިނުމަށް މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހު ދައުލަތަށް އެންގެވި އެވެ. އެއަށްފަހު، ދިފާއުގައި ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް އަޑުއެހުމެއް ތާވަލު ކުރައްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ނަސީމާއި މޫސާ ދެން އެދުނީ ދިފާއުވާން މަސައްކަތް ކުރުމަށް ދައުލަތުގެ ފަރާތުން އެ ދެ މީހުންނަށް ވެސް ވަކީލަކު އައްޔަންކުރުމުގެ އިންތިޒާމް ހަމަޖައްސައިދޭށެވެ. މާލީ ތަނަވަސްކަން ނެތް މީހުންނަށް ޖިނާއީ މައްސަލަތަކުގައި އެޓާނީ ޖެނަރަލްގެ އޮފީސް މެދުވެރިކޮށް ދައުލަތުން ވަކީލުން ހަމަޖައްސައިދެ އެވެ. ގާޒީ ވަނީ އެކަމަށް އެދި ހުށަހެޅުމަށް އެ ދެ މީހުންނަށް އަންގާފަ އެވެ. އޭރަށް އެކަން ކުރިއަށްދާނެ ކަމަށާއި ދެން އަޑުއެހުމެއް ބާއްވާނީ އެ އިންތިޒާމް ހަމަޖެހުމުން ކަމަށް ގާޒީ މިސްބާހު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox