ޓިއުނީޝިއާ މަޖިލީހުގެ ސަސްޕެންޝަން ދިގުދަންމާލައި އިތުރު ނުތަނަވަސްކަމެއް

ޓިއުނީޝިއާގެ ރައީސް ކައިސް ސައީދު.-- ފޮޓޯ: އޭއެފްޕީ

ޓިއުނީޝިއާގެ ރައީސް ކައިސް ސައީދު.-- ފޮޓޯ: އޭއެފްޕީ

ތޫނިސް، ޓިއުނީޝިއާ (އޯގަސްޓު 24) - މީގެ މަހެއްހާ ދުވަސް ކުރިން ބޮޑު ވަޒީރު މަގާމުން ވަކިކޮށް، މަޖިލިސް މެދުކަނޑާލާފައި އޮތް ޓިއުނީޝިއާގައި ވަކި މުއްދަތެއް ނެތް ގޮތަށް މަޖިލިސް މެދުކަނޑާލާފައި ބޭއްވުމަށް ރައީސް ކައިސް ސައީދު އަންގަވައިފި އެވެ.

ހޯމަ ދުވަހުގެ ރޭ ދަންވަރު ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ މަޖިލިސް މެމްބަރުންނަށް ގާނޫނުން ލިބިދޭ ރައްކާތެރިކަން އުވާލާފައި އޮތް އޮތުން ވެސް ދިގުދަންމާލާފައިވާ ކަމަށާއި ގައުމުގެ ހާލަތާ ގުޅޭ ގޮތުން ރައީސް ވަރަށް އަވަހަށް ރައްޔިތުންނާ މުހާތަބު ކުރައްވާނެ ކަމަށެވެ.

މެދުއިރުމައްޗާއި އުތުރު އެފްރިކާގެ ގައުމުތަކުގައި 2010 ވަނަ އަހަރު ހިނގި "އަރަބް ސްޕްރިންގް" އިންގިލާބުތަކަށް ފަހު ކާމިޔާބުކަމާއެކު ޑިމޮކްރެސީ ހިނގަމުންދާ ހަމައެކަނި ގައުމަކީ ޓިއުނީޝިއާގެ ގޮތުގައި މީގެ ކުރިން އޮތީ ބެލެވިފަ އެވެ.

ނަމަވެސް ޑިމޮކްރަސީ ގެނެވުނާ 10 އަހަރު ފަހުން، އެ ގައުމުގެ 12 މިލިއަން މީހުން ދެކޭ ގޮތުގައި މާ ބޮޑު ތަފާތެއް ފެނިފައެއް ނުވެ އެވެ. އެގޮތުން ދިރިއުޅުމުގެ ފެންވަރަށް ކުރިއެރުމެއް އައިސްފައި ނުވާ ކަމަށާއި ސިޔާސީ ތަޅާފޮޅުމުގެ ސަބަބުން ހިތްހަމަނުޖެހޭ ކަމަށް ރައްޔިތުން ބުނެ އެވެ.

އޭގެ އިތުރުން އެންމެ ފަހުން އުވާލި ސަރުކާރުން ވަނީ ގިނަ ކަންކަމުގައި ފެއިލްވެފައި ކަމަށާއި އޭގެ ތެރޭގައި ކޮވިޑް ކޮންޓްރޯލް ކުރުމުން ހިމެނޭ ކަމަށް ރައްޔިތުން ދެކެ އެވެ. އާބާދީގެ ނިސްބަތުން ބަލާއިރު، ދުނިޔޭގައި ކޮވިޑް ޖެހިގެން އެންމެ ގިނަ މީހުން މަރުވެފައިވާ އެއް ގައުމަކީ ޓިއުނީޝިއާ އެވެ.

ސަރުކާރާ މެދު އާއްމުން ހިތްހަމަނުޖެހުން ފާޅުކުރުމުން ބޮޑު ވަޒީރު ހިޝޭމް މެޝީޝީ މަގާމުން ވަކިކޮށް މަޖިލިސް އުވާލުމާއެކު އެއީ ބަގާވާތެއްގެ ގޮތުގައި ޓިއުނީޝިއާގެ އެންމެ ބޮޑު ޕާޓީ އަދި އެކްޓިވިސްޓުން ދަނީ ސިފަކުރަމުންނެވެ.

ޓިއުނީޝިއާގެ ސިޔާސީ ހަރަކާތްތައް ހުއްޓުވުމުގެ އިތުރުން ވާދަވެރިންނާއި، ފަނޑިޔާރުންނާއި ވިޔަފާރިވެރިން ހައްޔަރުކޮށް، ގައުމުން ފުރުން ވަނީ މަނާކޮށްފަ އެވެ. އާ ސަރުކާރެއް އައްޔަނު ކުރައްވައި، ގައުމުގެ ކުރިމަގެއް މަގުޗާޓެއް ނެރުއްވާނެ ކަމަށް ރައީސް ވިދާޅުވިތާ އެއް މަސް ފާއިތުވި އިރުވެސް އެކަން ކުރައްވާފައެއް ނުވެ އެވެ.

ރައީސް ސައީދަކީ ޓިއުނީޝިއާގެ އާއްމު ރައްޔިތުންގެ މެދުގައި ވަރަށް މަގްބޫލް ބޭފުޅެއް ނަމަވެސް ހުދުމުހުތާރު ވެރިކަމެއް ކުރައްވަން މަސައްކަތް ކުރައްވާ ކަމަށް ތުހުމަތުކޮށް ބޭރުގެ ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox