ކެމެރާއެއް ނެތް ފޮޓޯގްރާފަރު؛ ހުނަރުން ފުރިފައި

އައިމިނަތު ޝިފްނާ (ޝިފޫ).

އައިމިނަތު ޝިފްނާ (ޝިފޫ).

މިދިޔަ ހަފުތާގައި އެންމެ ފޯރިގަދަކޮށް ދެކެވުނީ ތ. ބުރުންޏަށް އައި "ރާގޮނޑި އީދު" ގެ ވާހަކަ އެވެ. ހަތަރު ވަރަކަށް އަހަރު ފަހުން އެ ރަށުގެ ރައްޔިތުން ކުރަމުން އައި ދިގު އިންތިޒާރުގެ ނިމުން ނިކަން ފޮނިކޮށް ތަޖުރިބާ ކޮށްލަން ލިބުނު އިރު، އެކަން ރާއްޖޭގެ އެހެން ކަންކޮޅުތަކުގައި ތިބި ފަރާތްތަކަށް ދައްކައިދިނީ އެ ރަށުގައި ތިބި ކުޅަދާނަ ދެތިން ޒުވާނެއްގެ ކެމެރާގެ ލެންސު ތަކުންނެވެ.

އަދިވެސް ރާގޮނޑީގެ ފޯރި އެ ގޮތުގައި ދެމިއޮތް އިރު، އެންމެ ގިނަ ބަޔަކު ލޮލުގައި އަޅައިގަތީ އެ ރަށުގެ ޒުވާނެއް ކަމުގައިވާ އާމިނަތު ޝިފްނާ އޭނާގެ ފޭސްބުކް ޕޭޖު "ޝިފޫ އެމްވީ" ގައި ޕޯސްޓްކޮށްފައިވާ ފޮޓޯ ތަކެވެ.

Advertisement
ޝިފޫގެ ފޮޓޯގްރަފީ
ޝިފޫގެ ފޮޓޯގްރަފީ

ޝިފޫގެ ފޮޓޯގްރަފީ

ޝިފޫގެ ޕޭޖު ހުޅުވާލުމުން އެންމެ ފުރަތަމަވެސް ލޮލުގައި އަޅައިގަންނާނީ ރާގޮނޑީގެ ވަޅޯ މަހާއި، ރިހާކުރެވެ. ފެނިފައި ކުޅުދިޔާ ނުވާނެ، ކާހިތް ނުވާނެ ހަމަ އެންމެ ދިވެއްސެއް ވެސް ހަމަ ހިލާ ނުހުންނާނެ ކަން ކަށަވަރެވެ. އެކަމަކު އެއީ އަދި މި ޒުވާނާގެ ހުނަރުވެރިކަމުގެ ކުޑަ މިންވަރެކެވެ.

މި އޯގަސްޓު މަހުގެ 17 ވީ އަންގާރަ ދުވަހު ބުރުނީ ފަޅުތެރެއަށް ވަން ރާގޮނޑި އައިނާއި އެ ރާގޮނޑިތައް ހިފުމުގެ މަސައްކަތުގައި ރައްޔިތު އެންމެން އުޅުނު ގޮތް އެންމެ ހައެއްކަ ފޮޓޯ އިން ޝިފޫ ދައްކާލަދިނީ ކުރު ފިލްމެއްހާ ފުރިހަމަ ކޮށެވެ.

ޝިފޫގެ ފޮޓޯގްރަފީ
ޝިފޫގެ ފޮޓޯގްރަފީ

ޝިފޫގެ ފޮޓޯގްރަފީ

ޝިފޫ އާއި ފޮޓޯގްރަފީގެ މި ހާއްސަ ގުޅުން ފެށިގެން އަންނަނީ މީގެ އެތައް އަހަރެއްގެ ކުރިއާ އެވެ. އެންމެ ކުޑަ އިރުއްސުރެވެސް މަންމަގެ ފޯނު އަތުޖެހޭ ފަހަރަކު ކޮންމެވެސް ރީތި ފޮޓޯއެއް ނަގާ މި ޒުވާނާ ބުނާ ގޮތުން ފޮޓޯ ނެގުމަކީ އޭނާގެ ހަޔާތުގެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ. އެންމެ ކުޑައިރުއްސުރެ މިއަދާ ހަމައަށްވެސް އޭނާގެ އެންމެ ފޭވަރިޓް ހޮބީ އެވެ.

"ގްރޭޑް 10 ނިންމާފައި އަމިއްލަ ފޯނެއް ލިބުނީ. ލިބުނީމަ އެއިން ފުރަތަމަ ފޮޓޯ ނަގަން ފެށީ. ދެން އެހިސާބުން ކަންނޭނގެ ފޮޓޯނެގުމުގެ ތެރެއަށް ވަދެވުނީ. އޭރު ފޮޓޯތައް ލަނީވެސް އިންސްޓަގްރާމަށް. އެކަމަކު ނޭޗާ ފޮޓޯތައް މާ ބޮޑަށް މީހުންނަށް ކަމުދާން ފެށީމަ ހިތަށް އެރީ އެފްބީ ޕޭޖެއް ހުޅުވަން،" ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށްފައިވާ ޝިފޫ ބުންޏެވެ.

އޭނާ ނެގި ފުރަތަމަ ފޮޓޯތަކަކީ ސެމްސަންގް އެސް 7 އަކުން ނެގި ފޮޓޯތަކެކެވެ. އަދި މިފަހުން އޭނާގެ ޕޭޖުގައި ފެންނަން ހުރި ގިނަ ފޮޓޯތަކަކީ އައި ފޯނު 11 ޕްރޯއަކުން ނަގާފައިވާ ފޮޓޯތަކެކެވެ. ރަށުގައި ދެތިން މީހެއް ކެމެރާއެއް ގެންގުޅޭއިރު، ބައެއް ފަހަރު ފޮޓޯ ނެގުމަށް އެ ކެމެރާތައް ލިބޭ ކަމަށް ޝިފޫ ބުންޏެވެ.

ޝިފޫގެ ވާހަކައިގެ މި ހިސާބުން އަހަރެމެން ދެން ބަލާލަން ޖެހެނީ ހިމަ ފޮދު ވާރޭގެ ހިތްގައިމު އަޑާއި މަންޒަރު ދައްކުވައިދޭހެން އޭނާ ނަގާފައިވާ މި 10 ސިކުންތުގެ ވީޑިއޯ ކޮޅަށެވެ. އެއާއެކު ދެން ފެންނަނީ ބަނބުކެޔޮ ގަހެެއްގެ ފަތެއްގެ މައްޗަށް އަނެއްކާވެސް ވާރޭ ކެރި ޖަހާ މަންޒަރެވެ. ބެކްރައުންޑް އިން ދޫނިތަކުގެ އެކި ރާގުތައް އިވެމުން ދެ އެވެ. ހަމަގައިމުވެސް ނުތަނަވަސްކަން ވެރިވެފައިވާ ކޮންމެ ހިތަކަށް ހިތްހަމަޖެހުމާއި އަރާމު ގެނުވައިދޭނެ އެވެ.

ޝިފޫގެ ފޮޓޯގްރަފީ
ޝިފޫގެ ފޮޓޯގްރަފީ

ޝިފޫގެ ފޮޓޯގްރަފީ

"ވާރޭ އަކީ އަސްލު ވަރަށް ގިނަ މީހުން ލައިކް ވާ ކަމެއް. އެފްބީ ތެރޭގައިވެސް ވަރަށް ޕޮޕިއުލާ ވާނެ އޭގެ އަޑާއި އެއްޗެހި. އެހެންވީމަ ފުރަތަމަ ވިސްނަނީ މީހުންނަށް އެ ޕްރެޒެންޓް ކޮށްދޭނެ ގޮތަކާއި މެދު. ތިކި ޖަހާ ތަން ނަގާނެ ގޮތާއި އެ ހުރިހާ ކަމެއް. ދެން ފޯނުން ނަގާއިރު ވަރަށް އުނދަގޫވެސް ވޭ. އެ ޕޯސްޓަކީ ގޭގަ ހުރި ގަސްތަކެއް ކައިރި ހުރެގެން ފޯނުން ނެގި ވީޑީއޯ ތަކެއް. އަޑުވެސް އެއީ ހަމަ މުޅިން ނެޗުރަލް،" ޝިފޫ އޭނާގެ ވާރޭ ވީޑިިއޯ ތަފްސީލުކޮށް ދިނެވެ.

ބުރުނީ ކައުންސިލް އިދާރާގައި ވަޒީފާ އަދާކުރާ ޝިފޫ އަށް ފޮޓޯ ނެގުމުގެ މަސައްކަތުގައި އޭނާގެ އާއިލާއާއި ރަށުގެ ކުދި ބޮޑު އެންމެންގެ ފަރާތުން ލިބޭ ތަރުހީބު ވަރަށް ބޮޑެވެ. އަދި ޝިފޫ އަތުގައި ޕްރޮފެޝަނަލް ފޮޓޯގްރަފީ ކެމެރާއެއް ނެތަސް، އޭނާ ލައްވައި ފޮޓޯ ނެގުމަށް ރަށުގެ އެންމެން ވެސް ބޭނުންވެ އެވެ.

"އަސްލު ކެމެރާއަކުން ނުނަގާތީ ހަމަ އެއްވެސް އަގަކާ ނުލާ މީހުންނަށް ފޮޓޯ ނަގާދެނީ. އެކަަމަކު ފަހުން ފަހުން އައިސް މީހުން ބުނާނެ ތިވެސް ކުރާ މަސައްކަތެއް ނޫންހޭ، އަގެއް ކިޔަންވާނޭ. އެހެންވެ އައިފޯނުވެސް ލިބުނީމަ ކުޑަ އަގު ލިސްޓެއްވެސް ހަދައިން އުޅެނީ،" ޝިފޫ ކިޔައިދިނެވެ.

ޕޯޓްރެއިޓްސް އަށްވުރެ އަދިވެސް އޭނާ ނަގާހިތްވަނީ ގުދުރަތީ ރީތި މަންޒަރުތައް ދައްކުވައިދޭ ފޮޓޯތަކެވެ. އޭނާގެ ފީޑަށް ބަލާލުމުންވެސް އެކަން ވަރަށް ރަނގަޅަށް ހާމަވެ އެވެ. އުޑުމައްޗަށް އުކާލާފައިވާ ކުލަ ޕެލެޓެއް ފަދަ ސަންސެޓް ފޮޓޯތަކާއި، ހުދު ސާފު ދޮންވެލިގަނޑާއި ޗާލު މޫދުގެ ފޮޓޯތަކެވެ. ކޮންމެ ޕޯސްޓެއްގައިވެސް މާނައެއް އެކުލެވެ އެވެ. އައިޑިއާ އެއް ވެއެވެ. ވާހަކަ އެއް ބުނެދެ އެވެ.

ޒުވާން ޝިފޫގެ އުންމީދުތައް ގިނަ އެވެ. މި ދާއިރާއިން ދެކޭ ހުވަފެންތައް ނުހަނު ފޮންޏެވެ. އެހެން ނަމަވެސް އެހުރިހާ ކަމެއްގެ ކުރިން އޭނާ ބޭނުންވަނީ އަމިއްލަ ކެމެރާއަކާއި މިކަމަށް ބޭނުންވާ އާލާތްތައް އެއްކޮށް، ގިނަ ރީތި އަދި މޮޅު ފޮޓޯތަކެއް ނެގުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

Newsletter

Get the latest news delivered straight to your inbox