ދިއްލީގެ ވައި ސާފުކުރަން ފުރަތަމަ ޓަވަރު ހުޅުވައިފި

ބޮޑެތި ފަންކާތަކަކާ އެކު ދިއްލީގައި އެ ޓަވަރު ހެދީ ދެ މިލިއަން ޑޮލަރު ހޭދަކޮށްގެން.-- ފޮޓޯ: އޭއެފްޕީ

ބޮޑެތި ފަންކާތަކަކާ އެކު ދިއްލީގައި އެ ޓަވަރު ހެދީ ދެ މިލިއަން ޑޮލަރު ހޭދަކޮށްގެން.-- ފޮޓޯ: އޭއެފްޕީ

ނިއު ދިއްލީ، އިންޑިއާ (އޯގަސްޓު 23) - ނިއު ދިއްލީ އަށް ދިމާވެފައިވާ ވައި ތަގައްޔަރުވުމުގެ މައްސަލަ ހައްލު ކުރަން ބޮޑެތި ފަންކާތަކަކާ އެކު ފުރަތަމަ "ސްމޮގް ޓަވަރު" ހުޅުވައިފި އެވެ.

ވިހި މިލިއަން މީހުން ދިރިއުޅޭ ދިއްލީގެ ވައިގެ ތެރޭގައި އިންސާނުންނަށް ނުރައްކާވާ ޕާޓިކަލްތައް ހުރީ، އާއްމުކޮށް ހުންނަން ޖެހޭ މިންވަރަށް ވުރެ 20 ގުނަ އިތުރަށެވެ.

ހޯމަ ދުވަހު ހުޅުވި 25 މީޓަރު އުސް ޓަވަރުގައި ހަރުކޮށްފައިވާ ބިޔަ 40 ފަންކާގެ އެހީގައި ކޮންމެ ސިކުންތަކު 1،000 ކިއުބިކް މީޓަރުގެ ވައި ފިލްޓަރުވެގެން ބޭރު ކުރާނެ އެވެ. އެއީ އެއް އަކަ ކިލޯމީޓަރު ސަރަހައްދުގައި ހިމެނޭ ނުރައްކާތެރި ޕާޓިކަލްތައް މަދު ކުރެވޭނެ މިންވަރުގެ ސާފު ވަޔެވެ.

Advertisement

ޓަވަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދް ކެޖްރިވާލް ވިދާޅުވީ މިއީ ވައި ތަގައްޔަރުވުމާ ދެކޮޅަށް ދިއްލީން ކުރާ މަސައްކަތުގައި މުހިއްމު ދުވަހެއް ކަމަށެވެ.

ޓަވަރާ މެދު ވިސްނަނީ "އެކްސްޕެރިމެންޓެއް"ގެ ގޮތުގައި ކަމަށާއި ނަތީޖާއަށް ބެލުމަށް ފަހު ފައިދާވާ ނަމަ ދިއްލީގައި އިތުރު ޓަވަރުތައް ޖަހާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ޓަވަރު ހަދަން ދެ މިލިއަން ޑޮލަރު ހޭދަވި އެވެ. ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި މުޅި ދިއްލީގެ ވައި ސާފުކުރެވޭ ވަރަށް ޓަވަރު ހަދާ ނަމަ ބޮޑު ހަރަދެއް ދާނެ އެވެ. އޭގެ ބަދަލުގައި ވައި ތަގައްޔަރުވާ ސަބަބުތައް ދެނެގަނެ، އެކަންކަން ހައްލުކުރަން ފައިސާ ހޭދަކުރުން މާ ރަނގަޅު ވާނެ ކަމަށް ބުނެފައިވެ އެވެ.

ވައި ތަގައްޔަރުވާ ސަބަބުތަކުގެ ތެރޭގައި އުޅަނދުން އަރާ ދުމާއި، އެކި ސިނާއަތްތަކުގެ މަސައްކަތުގައި ބޭރު ކުރާ ދުމާއި، ކޮންސްޓްރަކްޝަން މަސައްކަތާއި، ތެލާއި ކުނި އެންދުމުން އަރާ ދުން އަދި ފިނި މޫސުމުގައި ކައިރި ސަރަހައްދުތަކުގެ ދަނޑުތައް އެންދުން ހިމެނެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފައިވާ ގޮތުގައި ދުނިޔޭގައި އެންމެ ބޮޑަށް ވައި ތަގައްޔަރުވެފައިވާ 15 ސިޓީގެ ތެރެއިން 14 ސިޓީ އޮތީ އިންޑިއާގަ އެވެ.

މިދިޔަ އަހަރު ހެދި ދިރާސާއަކުން ދެއްކި ގޮތުގައި ވައި ތަގައްޔަރުވުމުން ދިމާވާ މައްސަލަތަކުގައި އިންޑިއާގައި 2019 ވަނަ އަހަރު 1.67 މިލިއަން މީހުން މަރުވި އެވެ. އޭގެ ތެރެއިން 17،500 މީހުން މަރުވީ ދިއްލީންނެވެ.

ޗައިނާ އިން ވެސް ވަނީ 2018 ވަނަ އަހަރު ބޮޑު ޓަވަރެއް ހަދާފަ އެވެ. ޒިއާން ސިޓީގެ ވައި ތަގައްޔަރުވުމުގެ މައްސަލަ ހައްލު ކުރެވޭތޯ 60 މީޓަރު އުސް ޓަވަރެއް ހެދި ނަމަވެސް، އެ މަސައްކަތް އިތުރަށް ފުޅާކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox