ހިލްޓަން އެއްބަސްވުމުގެ މައްސަލަ: ސުޕްރީމް ކޯޓުގައި ވެސް ސަންއަށް ނާކާމިޔާބު

ސަންގެ ވަކީލުން މިއަދު ސުޕްރީމް ކޯޓުގައި: ހިލްޓަން އެއްބަސްވުމާ ގުޅޭ މައްސަލާގައި ސުޕްރީމް ކޯޓުން ހުކުމް ކުރީ ސަންއާ ދެކޮޅަށް

ސަންގެ ވަކީލުން މިއަދު ސުޕްރީމް ކޯޓުގައި: ހިލްޓަން އެއްބަސްވުމާ ގުޅޭ މައްސަލާގައި ސުޕްރީމް ކޯޓުން ހުކުމް ކުރީ ސަންއާ ދެކޮޅަށް

ނ. އިރުފުށި ރިސޯޓް ހިންގަން ހިލްޓަން އިންޓަނޭޝަނަލް އިން އެއްބަސްވުމަކަށް ދިޔައީ މަކަރާއި ހީލަތުން ކަމަށް ބުނެ ސަން ޓްރެވަލްސް އެންޑް ޓުއާސްއިން ހުށަހެޅި މައްސަލައިގައި ސުޕްރީމް ކޯޓުގައި ވެސް ނާކާމިޔާބުވެއްޖެ އެވެ.

ސަން ޓްރެވަލްއިން 2009 ވަނަ އަހަރު ހިލްޓަންއާ އެކު ހެދި އެއްބަސްވުން 2013 ވަނަ އުވާލީ ރަނގަޅަށް ނޫން ކަމަށް ސިންގަޕޫރް އާބިޓްރޭޝަނުން ކަނޑައަޅައި، ބަދަލުގެ ގޮތުގައި 24 މިލިއަން ޑޮލަރު ދޭން ސަންގެ މައްޗަށް އަމުރުކުރި އެވެ.

އެ އަމުރު އެގޮތަށް ކޮށްފައިވަނިކޮށް، ސަންއިން ވަނީ ހިލްޓަންއާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކޮށްފަ އެވެ. އެ ދައުވާގައި ސަންއިން ބުނީ އިރުފުށީގެ އެއްބަސްވުމަށް ހިލްޓަންއިން ދިޔައީ، އޮޅުވާލައިގެން ކަމަށެވެ. ރިސޯޓް ހިންގުން ހިލްޓަންއާ ހަވާލު ކުރީ އެ ކުންފުނިން ނެރެދޭނެ ނަތީޖާތަކެއްގެ މައްޗަށް ކަމަށާއި ނަމަވެސް، އެގޮތަށް އެކަން ހިނގާފައިނުވާ ކަމަށް ސަންއިން ވަނީ ބުނެފަ އެވެ.

ސަންގެ ވަކީލުން ބުނެފައިވާ ގޮތުގައި ކޮންޓްރެކްޓާ ބެހޭ ގާނޫނުގެ 13 ވަނަ މާއްދާގައިވާ ގޮތުން އަމިއްލަ އިހްތިޔާރުގައި ނޫން ގޮތަކަށް އެއްބަސްވުމެއްގައި ބައިވެރިވެފައިވާ ނަމަ އެއީ ބާތިލް އެއްބަސްވުމެއް ކަމަށް ބުނެފައިވާ ކަމަށާއި ހަގީގަތެއް އޮޅުވާލައިގެން ބައިވެރިކޮށްފައިވާ އެއްބަސްވުމަކީ އަމިއްލަ އިހްތިޔާރުން ބޭރުން ވެފައިވާ އެއްބަސްވުމެއްގެ ގޮތުގައި ބެލެވޭނެ ކަމަށް ވެސް ގާނޫނުގައިވާ ކަމަށެވެ. އެހެންކަމުން، އެފަދަ ގޮތަކަށް ހަގީގަތް އޮޅުވާލައިގެން ހަދާ އެއްބަސްވުންތައް ބާތިލްވާނެ ކަމަށް ވަކީލުން ބުންޏެވެ.

ނަމަވެސް، ސަންގެ އެ ވާހަކަތައް ހިލްޓަން ދޮގުކުރެ އެވެ. އެ ކުންފުނީގެ ވަކީލުން ބުނެފައިވާ ގޮތުގައި، އެއްބަސްވުމަށް ސަންއިން ވަދެފައިވަނީ އެ ކުންފުނީގެ އެކްސްޕާޓުންގެ ލަފާއާ އެކު އަމިއްލަ އިހްތިޔާރުގަ އެވެ. އަދި އެއްބަސްވުން އެކުލަވާލުމަށްޓަކައި ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ވެސް ކޮށްފައިވާ ކަމަށް ބުންޏެވެ.

ހިލްޓަންގެ ވަކީލުން:  މައްސަލަ ނިންމީ ސަންއާ ދެކޮޅަށް
ހިލްޓަންގެ ވަކީލުން: މައްސަލަ ނިންމީ ސަންއާ ދެކޮޅަށް

ހިލްޓަންގެ ވަކީލުން: މައްސަލަ ނިންމީ ސަންއާ ދެކޮޅަށް

އޭގެ އިތުރުން އެއްބަސްވުން އެކުލަވާލިއިރު ދެ ފަރާތުން ވެސް އެއްބަސްވެފައިވަނީ އެއްވެސް ދެބަސްވުމެއް އުފެދިއްޖެ ނަމަ ދާން ޖެހޭނީ އާބިޓްރޭޝަނަށް ކަމަށްކަން ހިލްޓަންއިން ފާހަގަކުރެ އެވެ. އެއީ، އެ އެއްބަސްވުމުގެ ވަށައިގެންވާ ހުރިހާ ކަމަކާއި އެއްބަސްވުމަށް ވަނުމަށް ހިނގި މަޝްވަރާތައް ވެސް ހިމެނޭ ގޮތުންކަން ފާހަގަކުރި އެވެ.

އެހެންކަމުން، އެއްބަސްވުމަށް ވާސިލްވުމަށް ކުރި މަޝްވަރާތަކަށް ހިނގާނީ ރާއްޖޭގެ ގާނޫނުތައް ކަމަށް ސަންއިން ދެކިގެން، އެކަމުގައި ރާއްޖޭގެ ކޯޓުތަކަށް ދިޔުމަކީ އެއްބަސްވުމުގެ ދަށުން އޮތް އިހްތިޔާރެއް ނޫން ކަމަށް ހިލްޓަންއިން ބުނެ އެވެ.

ނަމަވެސް، ސިވިލް ކޯޓުން ސަންގެ ވާހަކަތައް ބަލައިގަނެ، ހިލްޓަންގެ މައްޗަށް އަމުރު ކުރީ ބަދަލުގެ ގޮތުގެ 16 މިލިއަން ޑޮލަރު ދޭށެވެ. އެ ހުކުމް ހިލްޓަންއިން ހައިކޯޓުގައި އިސްތިއުނާފުކުރުމުން، އެ ކޯޓުން ނިންމީ ހިލްޓަންއާ އެއްކޮޅަށެވެ. ސަން ޓްރެވަލްސް އަށް 16 މިލިއަން ޑޮލަރު ދައްކަން ނުޖެހޭ ކަމާއި ހިލްޓަންއަށް 24 މިލިއަން ޑޮލަރު ދައްކަން ސަން ޓްރެވަލްސްގެ މައްޗަށް ހައިކޯޓުން އެ މައްސަލައިގައި އެންގި އެވެ.

ހައިކޯޓުން ބުނެފައިވާ ގޮތުގައި، ހިލްޓަން އާއި ސަން ޓްރެވަލްސްއާ ދެމެދު އޮތް އެއްބަސްވުމުގެ ދަށުން ދެ ފަރާތުގެ ދެމެދުގައި އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ، އެކަމެއް ހައްލު ކުރަން ޖެހެނީ ސިންގަޕޫރު އާބިޓްރޭޝަން މެދުވެރިކޮށެވެ. އަދި އެއްބަސްވުން ބާތިލްކުރި މައްސަލަ އާބިޓްރޭޝަނުން ނިންމާފައި ވަނިކޮށް ސަންއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ފާހަގަކުރީ ވެސް، އާބިޓްރޭޝަނުން ގޮތް ނިންމާފައި ހުރި ކަންތައްތަކެއް ކަމަށް ހައިކޯޓުން ފާހަގަކޮށްފައިވެ އެވެ.

އެ ހުކުމް، ސަންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ދިގު އަޑުއެހުންތަކެއް ކުރިއަށް ގެންގޮސްފައިވެ އެވެ. އަދި، މިއަދު އުއްތަމަ ފަނޑިޔާރު މުހުތަސިމް އަދުނާން ރިޔާސަތުގައި އިންނަވައި، މައްސަލާގައި ހުކުމް ވަނީ އިއްވާފަ އެވެ. އެ ހުކުމް އިއްވެވުމަށް ގާތްގަނޑަކަށް ދޮޅު ގަޑިއިރު ހޭދަވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި، މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަން ޖެހެނީ އާބިޓްރޭޝަންއަށް ދާ މައްސަލަތަކުގައި އެޕްލައިކުރާނެ ގާނޫނުތަކާ ގުޅޭ ގޮތުންނެވެ. އެގޮތުން، މައްސަލައިގައި އެއްބަސްވުމުގައި ހިމެނޭ ކަންކަމަށް އެޕްލައި ކުރާނެ ގާނޫނަކަށް ބަލާއިރު، އެޕްލައި ކުރެވޭނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގާނޫނުތައް ކަމަށް ހުކުމްގައިވެ އެވެ. އެއްބަސްވުމުގައި ބުނެފައިވަނީ އެއްބަސްވުމާ ގުޅިގެން އުފެދޭ ހިލާފުތަކަށް އެޕްލައި ކުރަން ޖެހޭނީ އިންގްލެންޑް ނުވަތަ ވޭލްސްގެ ގާނޫނުތައް ކަމަށެވެ.

ސަން އާއި ހިލްޓަންގެ އެއްބަސްވުމުގައި ދެން އެއްބަސްވެފައިވަނީ ހިލާފެއް އުފެއްދިނަމަ، އެ މައްސަލައެއް ސިންގަޕޫރް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް ހުށަހެޅުމަށެވެ. އާބިޓްރޭޝަން ތަފާތު ޝަރުއީ ނިޒާމެއް އޮންނަ ތަނެއްގައި ހިންގި ނަމަވެސް، އެޕްލައި ކުރަން ޖެހޭނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގާނޫނުތައް ކަމަށް ހުކުމްގައިވެ އެވެ. އެގޮތުން، އެއްބަސްވުމުގައި އާބިޓްރޭޝަނަށް އަމަލު ކުރާނެ ވަކި ގާނޫނެއް ބަޔާންކޮށްފައި ނެތްއިރު، އެ ހާލަތުގައި އެޕްލައި ކުރަން ޖެހޭނީ އިންގްލޭންޑް ނުވަތަ ވޭލްސްގެ ގާނޫނުތައް ކަމަށެވެ. އެއީ، އެއްބަސްވުމަށް ހިންގަން އޮތް ގާނޫނީ ނިޒާމަކީ އެ ނިޒާމް ކަމަށް ބަޔާންކޮށްފައިވާތީ އެވެ.

ދެން ހުކުމްގައި ގޮތެއް ކަނޑައެޅީ އާބިޓްރޭޝަންގެ އިޖުރާއަތްތައް ކުރިއަށް ގެންދާނެ ގާނޫނަކާ ގުޅޭ ގޮތުންނެވެ. އެގޮތުން ހުކުމްގައިވާ ގޮތުގައި ސިންގަޕޫރްގެ އާބިޓްރޭޝަން ގާނޫނުގައިވާ ގޮތުން އެ ގައުމުގެ އާބިޓްރޭޝަން ސެންޓަރުގައި ހިނގާ މައްސަލަތަކުގެ އިޖުރާއަތްތައް ކުރިއަށްދާނީ އެ ގައުމުގެ ގާނޫނާ އެއްގޮތަށެވެ. އެހެންކަމުން އެޕްލައި ކުރަން ޖެހޭނީ ސިންގަޕޫރްގެ ގާނޫނަށެވެ.

ނަމަވެސް، އާބިޓްރޭޝަން ސެންޓަރަކުން ނިންމާ ނިންމުމެއް ރާއްޖޭގައި ތަންފީޒު ކުރެވޭނީ އެކަމަށް އެދި ސިވިލް ކޯޓަށް ހުށަހެޅުމުން، އެފަދަ އަމުރެއް އެ ކޯޓުން ނެރުމުންކަން ސުޕްރީމް ކޯޓުން ފާހަގަކުރި އެވެ. ބޭރުގެ އާބިޓްރޭޝަން ސެންޓަރަކުން ނިންމާ ނިންމުމެއް ތަންފީޒުކުރުން ހުއްޓުވުމުގެ ބާރު ރާއްޖޭގެ ކޯޓުތަކަށް ގާނޫނުން ލިބިދޭ ކަމާއި ރާއްޖޭގެ އާންމު ސިޔާސަތުތަކާ އެ ނިންމުމެއް ހިލާފުވާނަމަ، ތަންފީޒުކުރުން ހުއްޓުވޭނެ ކަމަށް ހުކުމްގައިވެ އެވެ.

އުއްތަމަ ފަނޑިޔާރު ހުކުމް އިއްވަވަނީ: މައްސަލަ ނިންމީ ސަންއާ ދެކޮޅަށް
އުއްތަމަ ފަނޑިޔާރު ހުކުމް އިއްވަވަނީ: މައްސަލަ ނިންމީ ސަންއާ ދެކޮޅަށް

އުއްތަމަ ފަނޑިޔާރު ހުކުމް އިއްވަވަނީ: މައްސަލަ ނިންމީ ސަންއާ ދެކޮޅަށް

އުއްތަމަ ފަނޑިޔާރު އިއްވެވި ހުކުމްގައި ބުނި ގޮތުގައި، ސަން އާއި ހިލްޓަންއިން ވަނީ އެއްބަސްވުމާ ގުޅިގެން އެއްވެސް މައްސަލައެއް ޖެހިއްޖެނަމަ، އެކަމެއްގައި ހައްލު ހޯދަން ދާނީ ސިންގަޕޫރްގެ އާބިޓްރޭޝަން ސެންޓަރު ކަމަށް އެއްބަސްވެފަ އެވެ. އެހެންވެ، އެއްބަސްވުމާ ގުޅޭ މައްސަލަތައް އެ ނޫން ކޯޓަކަށް ހުށަހެޅުން ވާނީ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށް ހުކުމުގައިވެ އެވެ.

އެއްބަސްވުމަކީ، ބާތިލް އެއްޗެއް ކަމަށް އެއްވެސް ތަނަކުން ކަނޑައެޅި ނަމަވެސް، އާބިޓްރޭޝަން މާއްދާގައި ދެމި އޮންނާނެ އެއްޗެއް ކަމަށް ވެސް ހުކުމްގައިވެ އެވެ. އެއީ މިނިވަން މާއްދާއެއް ކަމާއި އެ މާއްދާ ދެމި އޮތުމުގެ ބޭނުމަކީ އުފެދޭ މައްސަލަތަކަށް ހައްލު ހޯދާނެ މަގަކީ އެއީ ކަމުގައިވާތީ ކަމަށް ވެސް ހުކުމްގައި ބުންޏެވެ.

އާބިޓްރޭޝަނުން ގޮތެއް ނިންމާފައިވަނިކޮށް ސަންއިން ސިވިލް ކޯޓަށް އެއްބަސްވުމާ ގުޅޭ ގޮތުން މައްސަލަ ހުށަހަޅާފައިވަނީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ނިންމި އެވެ. އެއީ، އެއްބަސްވުމާ ގުޅޭ ގޮތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގެ ދައުވާގައި ހިމެނޭ ކަންކަމަކީ އާބިޓްރޭޝަންގައި ވެސް އެއާމެދު ވާހަކަ ދެކެވި، ގޮތްތަކެއް ކަނޑައަޅާފައިވާ ނުކުތާތަކެއް ކަމަށްވާތީ ކަމަށް ސުޕްރީމް ކޯޓުން ބުނެ އެވެ.

އެހެންވެ، ސަންއަށް ބަދަލެއް ނަގައިދޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި، ސަންއަށް ބަދަލު ދޭން ޖެހޭ ކަމަށް ހިލްޓަންއަށް ކުރި އަމުރު ގޯސް ކަމަށް ހައިކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުން ތާއިދުކުރި އެވެ. އުއްތަމަ ފަނޑިޔާރުގެ އިތުރުން ދެން ބެންޗުގައި ތިއްބެވީ ފަނޑިޔާރު އައިޝާ ޝުޖޫން އާއި ފަނޑިޔާރު މަހާޒު އަލީ އެވެ.

އުއްތަމަ ފަނޑިޔާރު ހުކުމް އިއްވަވަނީ: މައްސަލަ ނިންމީ ސަންއާ ދެކޮޅަށް
އުއްތަމަ ފަނޑިޔާރު ހުކުމް އިއްވަވަނީ: މައްސަލަ ނިންމީ ސަންއާ ދެކޮޅަށް

އުއްތަމަ ފަނޑިޔާރު ހުކުމް އިއްވަވަނީ: މައްސަލަ ނިންމީ ސަންއާ ދެކޮޅަށް

ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޓެލް ކުންފުނި، ހިލްޓަންއަށް ރާއްޖޭން އާބިޓްރޭޝަން ބަދަލު ހޯދުމަށް ގިނަ އަހަރުތަކެއް މިވަނީ ވެގެން ގޮސްފަ އެވެ. އެކަމާ ގުޅިގެން އެ ކުންފުނިން އެކި ފަހަރު މަތިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ސިންގަޕޫރްގެ އާބިޓްރޭޝަންގެ ނިންމުން ރާއްޖޭގެ ކޯޓަކަށް ތަންފީޒުކުރަން ހުށަހަޅަން ޖެހޭ ކަމަށް ގާނޫނުގައި ބުނާތީ، އެ ކުންފުނިން ސިވިލް ކޯޓަށް މައްސަލަ ވެއްދި އެވެ.

އެ ކޯޓުން ވަނީ އާބިޓްރޭޝަންގެ ނިންމުންތައް އެ ކޯޓަށް ތަންފީޒުކޮށް ނުދެވޭނެ ކަމަށާއި އެ އިހްތިސޯސް އޮތީ ހައިކޯޓަށް ކަމަށް ބުނެފަ އެވެ. ނަމަވެސް، އެ މައްސަލާގައި ހައި ކޯޓުގައި ޝަރީއަތް ހިންގުމަށްފަހު، ނިންމީ އެކަން ތަންފީޒު ކުރެވޭނީ ސިވިލް ކޯޓަށް ކަމަށެވެ. ހައި ކޯޓުން ބުނެފައިވަނީ އެއްބަސްވުމަކީ އާބިޓްރޭޝަނުން ގޮތް ކަނޑައަޅަން ޖެހޭ ގޮތަށް އޮތް އެއްބަސްވުމަކަށްވާއިރު އެކަމުގައި ހައިކޯޓަށް ގޮތް ނުކިޔޭނެ ކަމަށެވެ.

ސިވިލް ކޯޓާއި ހައިކޯޓުން ގޮތެއް ނުނިމިގެން އުޅެނިކޮށް ސިންގަޕޫރްގެ ކޯޓް އޮފް އެޕީލްގައި އާބިޓްރޭޝަންގެ ނިންމުން ސަންއިން އިސްތިއުނާފުކުރި އެވެ. އެ މައްސަލަ ވެސް ނިމުނީ ސަންއާ ދެކޮޅަށެވެ. އެ ކޯޓުން ކަނޑައެޅީ އާބިޓްރޭޝަންގެ ނިންމުން ސައްހަ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox