ސްޓެލްކޯ ސަރަހައްދުގައި ދިރިއުޅޭ މީހުން ބޭނުން ވަނީ ގެ ބަދަލު ކުރަން

ސްޓެލްކޯ ސަރަހައްދު މަތިން ފެންނަ ގޮތް: ސަރަހައްދުގައި އުޅޭ މީހުން ބޭނުން ވަނީ އެތަނުން ބަދަލުވާން -- ފޮޓޯ: އާއިމް ޒަމީރު

ސްޓެލްކޯ ސަރަހައްދު މަތިން ފެންނަ ގޮތް: ސަރަހައްދުގައި އުޅޭ މީހުން ބޭނުން ވަނީ އެތަނުން ބަދަލުވާން -- ފޮޓޯ: އާއިމް ޒަމީރު

ހުޅުމާލޭގައި ގާއިމްކޮށްފައި ހުރި ބިޔަ ކަރަންޓު ޖަނަރޭޓަރު މާލެއާ ގުޅާލިފަހުން ވެސް އިންޖީނުގޭ ސަރަހައްދުގައި ހުރި ކުދި ޖަނަރޭޓަރުތައް ޖައްސާ ކަމަށާއި ބޭނުންވަނީ ދާއިމީ ހައްލެއްގެ ގޮތުން ސްޓެލްކޯ ހިމެނޭ ސަރަހައްދުން ބަދަލުވާން ކަމަށް އެ ހިސާބުގައި ދިރިއުޅޭ ރައްޔިތުން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓާޕްރައިސާސް ކޮމެޓީގެ ފަރާތުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ މަޖިލީހުގައި ބައްދަލު ކުރުމުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ބުނީ ޖަނަރޭޓަރުތަކުގެ އަޑާއި ދުމާއި ވަހާއި ވައިބްރޭޝަންގެ ސަބަބުން ސިއްހީ، ނަފްސާނީ، އަދި ޖިސްމާނީ އެތައް ގެއްލުންތަކެއްވަމުންދާ ކަމަށެވެ.

"ބައެއް ފަހަރު އަޅުގަނޑަށް އެބަ ނިދާފަ އޮވެފަ އެބަ ހޭލެވޭ ތެޅިގަނެގެން. ބައެއް ފަހަރު ހީވޭ މީހާއަށް ވާ ގޮތެކޭ. އެކަމަކު ރަނގަޅަށް ބަލާއިރު ޖަނަރޭޓަރުތައް. ބައެއްފަހަރު ސޯފާގައި އިންނައިރު ހީވާނެ ދޯންޏެއްގައި އިނދެވޭހެން،" އެ ސަރަހައްދުގައި ދިރިއުޅޭ ހަސަން އިޔާޒް ބުންޏެވެ.

ސްޓެލްކޯ ސަރަހައްދުގައި ދިރިއުޅޭ މީހުން ބުނީ ސްޓެލްކޯގެ އިންޓަކަނެކްޝަން ޕްރޮޖެކްޓު ނިމި، ހުޅުމާލޭގެ ބޮޑު ޖަނަރޭޓަރު މާލެއާ ގުޅި ފަހުން ވެސް ކުދިން ޖަނަރޭޓަރުތައް ބޭނުން ކުރަމުންދާ ކަމަށެވެ.

"މިއަދު ހެނދުނު އެތަނުން އެއް ޕަވާހައުސްގެ ދެ ޖަނަރޭޓަރު ހިންގާފަ ހުރި. މި ދޭތެރެއިން އެ ކޮށީގައި ހުރި ހުރިހާ ޖަނަރޭޓަރުތައް ނިއްވާލާފައި ހުރީ އެކަމަކު މިއަދު ހެނދުނު އަޅުގަނޑު ބަލާލިއިރު އެތަނުން ދެ ޖަނަރޭޓަރެއް ހިންގާފަ ހުރީ،" އެ ހިސާބުގައި ދިރިއުޅޭ މީހަކު ބުންޏެވެ.

ނަމަވެސް، ސްޓެލްކޯއިން ބަހައްޓާފައި ހުރި ވަގުތީ ޖަނަރޭޓަރުތަކާއި ހުރިހާ ކުދި ޖަނަރޭޓަރުތަކެއް މިހާރު ނިއްވާލާފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި މިހާރު ބޭނުން ކުރަމުންދަނީ ބޮޑު ދެ ޖަނަރޭޓަރު އެކަނި ކަމަށް ވެސް ސްޓެލްކޯއިން ބުނެ އެވެ.

އޭގެ އިތުރުން އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ބުނެފައި ވަނީ ބޭނުން ވަނީ ދާއިމީ ހައްލެއް ކަމަށެވެ. މާލެއަށް ކަރަންޓު ބޭނުންވާ މިންވަރު އަހަރަކަށްވުރެ އަހަރެއް އިތުރުވަމުންދާއިރު އެ ޑިމާންޑަށް ސްޓެލްކޯ ކޭޓާ ކުރަންޖެހޭނެ ކަމަށް ވެސް އެމީހުން ބުންޏެވެ. އެހެންކަމުން ދާއިމީ ހައްލަކަށް ވާނީ ސްޓެލްކޯގެ އެ "އިންޑަސްޓްރިއަލް ސަރަހައްދުން" އެމީހުން ބަދަލު ކުރުން ކަމަށް އެ ހިސާބުގައި ދިރިއުޅޭ ގެތަކުގެ މީހުން ބުންޏެވެ.

"އެމީހުން ނުވިސްނާނެ ދޯ އަޅުގަނޑުމެން އެ ސަރަހައްދުގައި އުޅޭ ވިއްސަކަށް މީހުންނަކަށް. އެމީހުން ވިސްނަވާނީ މުޅި މާލެއަށް ކަަރަންޓު ދެވޭތޯ. އެއީ ޖަނަރޭޓަރުތައް އެބަ ހިންގަންޖެހޭ އެ ސަރަހައްދުގަ. ކަރަންޓު ވެސް ދޭންޖެހޭ އެބަ. އެހެންވީމަ އެތަން އިންޑަސްޓްރިއަލް ޒޯނެއްގެ ގޮތުގައި ބާއްވާފައި އަޅުގަނޑުމެން މޫވްކޮށްލަދޭށޭ،" އެކަކު ބުންޏެވެ.

އެ ސަރަހައްދުގެ މީހުންނަށް ލިބެމުންދާ އަނިޔާއަށް ހުރިހާ ސަރުކާރަކުން ވެސް ޒިންމާވާންޖެހޭ ކަމަށް އެ ގެތަކުގެ ރައްޔިތުން ދެކެ އެވެ.

"މިއީ ވަރަށް ބޮޑު އަނިޔާއެއް. ހުރިހާ ސަރުކާރަކުން ވެސް މި އައީ މިކަމަށް އިހުމާލުވަމުން. ޕްލޭނެކޭ ބުނަނަނީ އެކަމަކު ދުވަހަކު ވެސް ޕްލޭނަކަށް އެއްވެސް ކަމެއް ނުދޭ. އެއް ސަރުކާރު ބަދަލުވެ އަނެއް ސަރުކާރުން އަންނައިރު އެ ޕްލޭނެއް ނޯންނާނެ. ދެން އަނެއްކާ ވެސް އަނެއް ބަޔަކު ބޭނުންވާ ގޮތަށް ޕްލޭނެއް ހަދަންވީ. މިހާރު އެ ކަމުގައި ދެން އަޅުގަނޑުމެން އިތުރަށް ގެންގުޅެން ނުހަދާށޭ،" ސްޓެލްކޯ ސަރަހައްދު ގެއަކަށް ނިސްބަތްވާ އާބިދާ މިލްނާ ބުންޏެވެ.

ސްޓެލްކޯ ޖަނަރޭޓަރުތަކުގެ މައްސަލައިގައި ކަމާ ގުޅޭ ބައެއް އިދާރާތަކާ ވެސް އެސްއޯއީ ކޮމެޓީން މިއަދު ބައްދަލު ކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox