ނީސްގެ ސަޕޯޓަރުންނާއި މާސޭ ކުުޅުންތެރިންގެ ކުރިމަތިލުމަށް ފަހު މެޗު ހުއްޓާލައިފި

Aug 23, 2021, 3:58 AM
ނީސް އާއި މާސޭ ކުޅުނު މެޗުގެ ތެރެއިން ސަޕޯޓަރުންނާއި މާސޭ ކުޅުންތެރިން ކުރިމަތިލަނީ.

ނީސް އާއި މާސޭ ކުޅުނު މެޗުގެ ތެރެއިން ސަޕޯޓަރުންނާއި މާސޭ ކުޅުންތެރިން ކުރިމަތިލަނީ.

ޕެރިސް (އޮގަސްޓް 23) - ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުގެ ތެރެއިން ނީސްގެ ސަޕޯޓަރުންނާއި މާސޭގެ ކުޅުންތެރިން ކުރިމަތިލުމަކަށް ގޮސް މާރާމާރީ ހިންގުމާ އެކު މެޗު ހުއްޓާލައިފި އެވެ.

ނީސް ދަނޑުގައި ކުޅުނު ރޭގެ މެޗު ފެށިގެން އެ ޓިމުގެ ސަޕޯޓަރުން ދިޔައީ އެކި ވަގުތުތަކުގައި މާސޭ ކުޅުންތެރިންނާ ދިމާލަށް ފުޅި އާއި އެހެނިހެން އެއްޗެހި އުކަމުންނެވެ. މައްސަލަ ގޯސްވީ ދެ ވަަނަ ހާފްގައި މާސޭގެ ޑިމިޓްރީ ޕަޔޭ ކޯނަރެއް ނަގަން ދިޔަ ވަގުތު ސަޕޯޓަރަކު އެއްލި ފުޅިއެއް އޭނާ ގައިގައި ޖެހުމުން އޭގެ ރައްދެއްގެ ގޮތުން ޕަޔޭ ވެސް ނީސް ސަޕޯޓަރުންނާ ދިމާލަށް ފުޅި އުކަން ފެށުމުންނެވެ.

އޭގެ ފަހުން ނީސްގެ ސަޕޯޓަރުންނާއި މާސޭގެ ކުޅުންތެރިންގެ ކުރިމަތިލުމެއް ހިނގިއިރު، މާސޭ ކުޅުންތެރިންނަށް އެކި ވަރުގެ އަނިޔާ ލިބުނެވެ. މެޗު ހުއްޓާލިއިރު، ޑެންމާކްގެ ފޯވާޑް ކެޝްޕާ ޑޯލްބާގްގެ ގޯލާ އެކު ނީސް އޮތީ 1-0 އިން ލީޑުގަ އެވެ.

Advertisement

އަލުން މެޗު ފަށަން ވެގެން ތަކުރާރުކޮށް ރެފްރީ އެންގުމުން ވެސް ރައްކާތެރިކަން ކަށަވަރު ނޫން ކަމަށް ބުނެ، މާސޭ ކުޅުންތެރިން މެޗު ކުޅެން ދެކޮޅު ހެދި އެވެ. އެންމެ ފަހުން ރެފްރީ ނިންމީ މެޗުން ނީސް މޮޅުވީ ކަމަށެވެ.

މާސޭގެ ރައީސް ޕަބްލޯ ލޮންގޯރިއާ ވިދާޅުވީ މެޗު ފެށިގެން ކެނޑިނޭޅި މާސޭ ކުޅުންތެރިންނަށް ހަމަލާ ދެމުންދިޔަ ކަމަށާއި އެންމެ ފަހުން މައްސަލަ ގޯސްވެ މެޗު ހުއްޓާލަން ޖެހުމުން މާސޭ ކުޅުންތެރިން އެދުނީ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށެވެ. އެކަމަކު، މެޗު ހުއްޓާލައި ރެފްރީ ގޮތެއް ނިންމިއިރު، ގެއްލުން ލިބުނީ މާސޭ އަށް ކަމަށް ލޮންގޯރިއާ ވިދާޅުވި އެވެ.

މި ސީޒަނުގައި މާސޭ އިން މޮންޓެޕިއޭއާ ދެކޮޅަށް ކުޅުނު މެޗު ވެސް ސަޕޯޓަރުން ދަނޑަށް ފުޅި އުކައިގެން މެދުކަނޑާލަން ޖެހުނެވެ. ދިހަ ވަރަކަށް މިނިޓަށް މެދުކަނޑާލުމަށް ފަހު މެޗު ފުރިހަމަކުރިއިރު، މާސޭ މޮޅުވީ 3-2 އިންނެވެ.

ލޮންގޯރިއާ ވިދާޅުވީ މިއީ މި ފަހަރު މާސޭ ކުޅުންތެރިންނާ ދިމާލަށް ފުޅި އުކި ދެ ވަނަ މެޗު ކަމަށާއި މިކަން ހުއްޓުވަން ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ.

ފަހުގެ ޚަބަރު

ކޮމްޕެނީ އަށް ހޮސްޕިޓަލްގައި ފަރުވާދެނީ

ބަޔާން މިއުނިކްގެ ދެވަނަ ޓީމުގެ ފަރިތަކުރުންތަކުގައި ހުއްޓާ ހާލު ދެރަވެގެން އެ ކްލަބުގެ ކޯޗު ވިންސެންޓް ކޮމްޕެނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފި. ވައިރަލް ރޯގާއެއްގެ ސަބަބުން ކޮމްޕެނީގެ ހާލަތު ގޯސްވުމާ ގުޅިގެން، ކުރިއަށް އޮތް މެޗުތަކުގައި ޓީމަށް އިރުޝާދުދޭނީ އޭނާގެ އެސިސްޓަންޓް ކޯޗުން ކަމަށް ބަޔާނުން ވަނީ ބުނެފައި

ޔުނައިޓެޑް އުޅެނީ މާ ބޮޑަށް މާޒީގައި: ފެނާންޑޭސް

މެންޗެސްޓާ ޔުނައިޓެޑުން މުސްތަގުބަލަށް ވިސްނުމުގެ ބަދަލުގައި މާ ބޮޑަށް މާޒީގެ ކާމިޔާބީތަކަށް ފޯކަސްކުރާ ކަމަށް އެ ޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް ބުނެފި. އޭނާ މިހެން ބުނީ ކޯމޯ އަތުން ބަލިވި މެޗަށްފަހު، ކްލަބުގެ މިހާރުގެ ހާލަތު ބަދަލުކޮށް މެޗުތަކުން މޮޅުވުމަށް އެންމެން އެކުގައި މަސައްކަތްކުރަން ޖެހޭކަން ފާހަގަކުރަމުން.

ޕީއެސްޖީ އާއި ލިޔޯން ބައްދަލުކުރާ މެޗު ފަސްކުރަން އެދެފި

ފްރާންސްގެ އެކި ސަރަހައްދުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ސަލާމަތީ ސަބަބުތަކަށްޓަކައި ޕީއެސްޖީ އާއި ލިޔޯން ބައްދަލުކުރާ މެޗު ފަސްކުރުމަށް ފުލުހުން ވަނީ އެދިފައި. ތަކެތީގެ އަގުބޮޑުވުމާއި ސިޔާސަތުތަކާ މެދު ހިތްހަމަނުޖެހިގެން ޒުވާނުން ކުރިއަށްގެންދާ މި ހަރަކާތްތަކުގެ ސަބަބުން، ލީގުގެ ބައެއް އެހެން މެޗުތައް ވެސް ފަސްކޮށްފައިވޭ.

ގްރީސް މުބާރާތުގެ ކުއާޓާގައި ނަބާ އާއި ނަބީގެ އަށް ނާކާމިޔާބު

ގްރީސްގައި ބޭއްވި ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުގައި ޑެންމާކްގެ ޕެއާ އަތުން ބަލިވެ، ރާއްޖޭގެ ނަބީހާ އާއި ނަބާހާގެ ޕެއާ މުބާރާތުން ކަޓައިފި. މީގެ އިތުރުން، މި މުބާރާތުގެ ފިރިހެން ޑަބަލްސް އާއި މިކްސް ޑަބަލްސް އިވެންޓްތަކުގައި ވާދަކުރި ރިވައިވަލްގެ ކުޅުންތެރިން ވަނީ ގަދަ 16 އާ ހަމައަށް ދަތުރުކުރި.

މިލާން ބަލިކޮށް ބޯންމައުތަށް ތާރީހީ ނަތީޖާއެއް

ޔުއެފާ ޔޫރޮޕާ ލީގުގައި އޭސީ މިލާން އަތުން 3-0 އިން މޮޅުވެ، ބޯންމައުތުން އެ ކްލަބުގެ ތާރީހުގައި ފާހަގަކޮށްލެވޭ މޮޅެއް ހޯދައިފި. މިލާންގެ ކީޕަރަށް ރަތް ކާޑު ދެއްކުމުން އެ ޓީމުން މެޗުގެ ބޮޑުބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު މި މެޗުގައި، ބޯންމައުތުން ވަނީ ޔޫރޮޕާ ލީގުގައި އެ ޓީމުން ދަމަހައްޓަމުން އަންނަ މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފައި

އޮކްޓޫބަރަކީ ތަށި ލިބޭ މަހެއް ނޫން: ފްލިކް

ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަތުން ބާސެލޯނާ ބަލިވި ނަމަވެސް، އޮކްޓޫބަރު މަހަކީ ތަށި ހޯދާ މަސް ނޫން ކަމަށާއި މިއީ ސީޒަންގެ ކުރީކޮޅު ކަމަށް އެ ޓީމުގެ ކޯޗު ހަންސީ ފްލިކް ބުނެފި. ފްލިކް ފާހަގަކުރި ގޮތުގައި މި މެޗުގައި ހެދުނު ގޯސްތަކުން ދަސްކޮށް، ކުރިއަށް އޮތް މެޗުތަކުގައި ކަންކަން ރަނގަޅު ކުރުމަށް ބާސެލޯނާ އިން މަސައްކަތް ކުރާނެ.

ފުޓްބޯޅައިގެ ފުރަތަަމަ މަލްޓި ބިލިއަނަރަކީ ރޮނާލްޑޯ

މިދިޔަ ސީޒަނުގައި 300 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިގެން، ފުޓްބޯޅަ ކެރިއަރުގައި ދެ ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި ފުރަތަމަ ކުޅުންތެރިޔަކަށް ކްރިސްޓިއާނޯ ރޮނާލްޑޯ ވެއްޖެއެވެ. ފޯބްސްގެ ލިސްޓުގެ އެއްވަނަ ރޮނާލްޑޯ ހޯދިއިރު، 145 މިލިއަން ޑޮލަރާއެކު ދެވަނަ ލިބުނީ ލިއޮނަލް މެސީ އަށެވެ. ރޮނާލްޑޯގެ އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ ސައުދީގެ އަލް ނަސްރުން ލިބޭ މުސާރަ އާއި އިސްތިހާރުތަކުން ލިބޭ ފައިސާއެވެ.

Newsletter

Get the latest news delivered straight to your inbox