ޝަރީއަތުގައި ބަލި ކަމަށް ބުނެ ދޮގު ހަދައި މޭޒުމަތީ ބޯ އެޅި މީހަކު ޖޫރިމަނާކޮށްފި

ޝަރީއަތުގެ އަޑުއެހުމުގައި ނަޒީފް މޭޒުމަތީ ބޯ ޖަހައިގެން --

ޝަރީއަތުގެ އަޑުއެހުމުގައި ނަޒީފް މޭޒުމަތީ ބޯ ޖަހައިގެން --

ޝަރީއަތް ކުރިއަށް ދަނިކޮށް ހުން އައިސްފައިވާ ކަމަށް ބުނެ ދޮގު ހަދައި, މޭޒުމަތީ ބޯ އެޅި މީހަކު ޖޫރިމަނާކޮށްފި އެވެ.

ޖޫރިމަނާ ކޮށްފައިވަނީ ޏ. ފުވައްމުލަކު ޒާވިއާ، އަބްދުﷲ ނަޒީފެވެ. އޭނާއަކީ 2011 ވަނަ އަހަރު ވިލިމާލޭގައި ހިންގި މާރާމާރީއެއްގައި ނ. މާޅެންދޫ ވައިޓްހައުސް، އަހުމަަދު މިރުޒާ އިބްރާހިމް މަރާލި މައްސަލާގައި މަރުގެ ހުކުމް އިއްވާފައިވާ މީހެކެވެ.

ކުރިމިނަލް ކޯޓުން ނަޒީފްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ހައިކޯޓުން ތާއިދުކުރުމުން ނަޒީފް ވަނީ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އެހެންވެ، މިއަދު ވަނީ މައްސަލާގައި ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ބާއްވާފަ އެވެ.

Advertisement

އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށް ގުޅާލައިގެންނެވެ. ނަޒީފް، ޝަރީއަތުގައި ބައިވެރިވީ މާފުށީ ޖަލުންނެވެ. އަޑުއެހުން ފެށުމާއެކު، ނަޒީފް ވަނީ އޭނާގެ ބަލި ހާލަތު ހުރި ގޮތުން އަޑުއެހުން ކުރިއަށް ނުގެންދަން އެދިފަ އެވެ. ނަމަވެސް، ނަޒީފްގެ އަތުގައި ޑޮކްޓަރެއްގެ ލިޔުން ނެތުމުން ޝަރީއަތުން ނިންމީ އަޑުއެހުން ކުރިއަށް ގެންދާށެވެ.

ނަމަވެސް، އަޑުއެހުން ފެށިތަނާ ނަޒީފް މޭޒުމަތީ ބޯ އެޅި އެވެ. އެކަމާ ގުޅިގެން އެއީ މާނަ ކަމެއް ކަމާއި އެކަން ނުކުރުމަށް ފަނޑިޔާރުން އިންޒާރު ކުރެއްވި އެވެ. އެ އިންޒާރަށްފަހު ވެސް ނަޒީފް ދެވަނަ ފަހަރަށް މޭޒުމަތީ ބޯ އަޅައިގެން އޮތެވެ.

އެކަން އިތުރަށް ތަކުރާރުކޮށްފިނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފަނޑިޔާރުން ދެއްވި އެވެ. ނަމަވެސް، ނަޒީފް ބުނަމުން ދިޔައީ އޭނާ ހުން އައިސްފައިވާ ކަމާއި އަޑުއެހުމުގައި އިންނަން އޭނާއަށް އުނދަގޫ ކަމަށެވެ.

އެ ވާހަކަ ނަޒީފް ތަކުރާރު ކުރަމުންދާތީ، ފަނޑިޔާރުން ކަރެކްޝަނަލް ސާވިސްއަށް އެންގީ އޭނާގެ ހުން ބެލުމަށެވެ. އަދި ޖަލުގައި އޭނާއަށް ދީފައިވާ ފަރުވާގެ ތަފްސީލް ދިނުމަށެވެ.

ކަރެކްޝަނަލް ސާވިސްއިން އެ މައުލޫމާތުތައް ކޯޓާ ހިއްސާކުރުމުން، ފަނޑިޔާރުން ނިންމެވީ ނަޒީފް ޝަރީއަތަށް ދޮގު ހަދާފައިވާ ކަމަށެވެ. އެހެންވެ، ޝަރީއަތުގެ ނިޒާމާ ހިލާފު އަމަލެއް ކަމަށް ފަނޑިޔާރުން ނިންމެވި އެވެ. އެކަމުގެ އަދަބެއްގެ ގޮތުން ކޯޓުތަކާ ބެހޭ ގާނޫނުގެ ދަށުން 2،000 ރުފިޔާއިން ނަޒީފް ޖޫރިމަނާ ކުރި އެވެ.

ނަޒީފްގެ މައްސަލާގެ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން އާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަލީ ރަޝީދެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox