އަފްގާނިސްތާނުގެ ކޮންމެ ތިން މީހަކުން އެކަކަށް ބަނޑުހައި ހޫނުކަން

އިރާނުގެ ރެޑް ކްރެސެންޓުން އަފްގާނިސްތާނުގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދެނީ.-- ފޮޓޯ: އޭއެފްޕީ

އިރާނުގެ ރެޑް ކްރެސެންޓުން އަފްގާނިސްތާނުގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދެނީ.-- ފޮޓޯ: އޭއެފްޕީ

ޕެރިސް، ފްރާންސް (އޯގަސްޓު 21) - ހަނގުރާމަ އާއި މާ ބޮޑަށް ހޫނުވުމުގެ ސަބަބުން ކުރިމަތިވެފައިވާ އެކި ކަހަލަ މައްސަލަތަކުގެ ސަބަބުން އަފްގާނިސްތާނުގެ ކޮންމެ ތިން މީހަކުން އެކަކަށް ބަނޑުހައި ހޫނުކަމާ ކުރިމަތިވެފައިވާ ކަމަށް އދ. ގެ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އިން ބުނެފި އެވެ.

ސާދަ މިލިއަން އަފްގާން ރައްޔިތުންނަށް ބަނޑުހައި ހޫނުކަމާ ކުރިމަތިވެފައިވާ ކަމަށް ލަފާކޮށްފައިވާ މި ދަނޑިވަޅުގައި ތާލިބާނުން ވަނީ 20 އަހަރަށް ފަހު އެ ގައުމުގެ ވެރިކަމަށް އައިސްފަ އެވެ.

ޑަބްލިއުއެފްޕީގެ ކަންޓްރީ ޑިރެކްޓަރު މޭރީ އެލެން މެކްގްރޯޓީ ވިދާޅުވީ 2021 ވަނަ އަހަރަކީ ވަކިން ހާއްސަކޮށް އަފްގާން ރައްޔިތުންނަށް އުނދަގޫ އަހަރެއް ކަމަށެވެ. އެގޮތުން ތިން އަހަރުގެ ތެރޭގައި ދެ ވަނަ ފަހަރަށް އާދަޔާ ހިލާފަށް ހޫނުވެ، ދަނޑުތަކަށް ގެއްލުންވެފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"މި އޮތީ ނުރައްކާތެރި ހާލަތެއް. އެންމެ ފަހުގެ ހިސާބުތަކުން ދައްކަނީ 14 މިލިއަން މީހުން އުޅެނީ ބަނޑުހައި ހޫނުކަމުގައި ކަމަށް،" އޭގެ ތެރެއިން ދެ މިލިއަން ކުޑަކުދިންނަށް މެލްނިއުޓްރިޝަންގެ ނުރައްކާ އެބަ އޮތް ކަން ފާހަގަކުރައްވާ މެކްގްރޯޓީ ވިދާޅުވި އެވެ.

ތިރީސް އަހަރު ތެރޭގައި ކުރިމަތިވި އެންމެ ހޫނުގަދަ ދުވަސްތަކާ ހެދި ގޮވާމުގެ އުފެއްދުން ވަނީ 40 ޕަސެންޓު ކުޑަވެފަ އެވެ. އޭގެ އަސަރު ގެރި، ބަކަރި އާއި ކުކުޅު ގެންގުޅޭ މީހުންނަށް ވެސް ދަނީ ކުރަމުންނެވެ.

މެކްގްރޯޓީ ވިދާޅުވީ ތާލިބާނުންގެ ކިބައިން ސަލާމަތް ވާން ބޭނުންވާ ގިނަ ދަނޑުވެރިން މަސައްކަތް ހުއްޓާލުމަށް ފަހު ރައްކާތެރި ހިސާބުތަކަށް ބަދަލުވަމުންދާ ކަމަށެވެ. ހަނގުރާމައިގައި ގިނަ ދަނޑުތަކަށް ގެއްލުންވެފައި ވާއިރު، ބްރިޖާއި މަގު ފަދަ ތަންތަނަށް ވެސް ވަނީ ގެއްލުންވެފަ އެވެ.

"ހަމަނުޖެހުމާއި މޫސުމީ ބަދަލުގެ އަސަރު އެއްވުމުން ކާތަކެތީގެ އަގު ދަނީ މަތިވަމުން،" މި ވަގުތު ވެސް އަފްގާނިސްތާނުގައި ހުންނެވި މެކްގްރޯޓީ ފޯނު މެދުވެރިކޮށް އޭއެފްޕީ އަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތާލިބާނުން ވެރިކަމަށް އައި ނަމަވެސް ޑަބްލިއުއެފްޕީން އަފްގާނިސްތާން ދޫކޮށް ނުދާނެ ކަމަށެވެ. އަދި އަފްގާން ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދެމުން ދާނެ ކަމަށް ވިދާޅުވި އެވެ.

އަފްގާނިސްތާނުގައި ޑަބްލިއުއެފްޕީގެ 480 މުވައްޒަފުން މަސައްކަތް ކުރާއިރު، އޭގެ ތެރެއިން 440 މީހުންނަކީ އަފްގާން ރައްޔިތުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox