ލުބްނާންގެ ތެލުގެ ދަތިކަމަށް ވަގުތީ ހައްލެއް ގެންނަން އެއްބަސްވެއްޖެ

ކާރަކަށް ޕެޓްރޯލް އަޅަނީ. މާލީ އަދި އިގްތިސާދީ ކާރިސާއެއް ދިމާވެފައިވާ ލުބްނާންގައި ތެލުގެ ދަތިކަން ދަނީ ދިމާވަމުން.-- ފޮޓޯ: ގެޓީ

ކާރަކަށް ޕެޓްރޯލް އަޅަނީ. މާލީ އަދި އިގްތިސާދީ ކާރިސާއެއް ދިމާވެފައިވާ ލުބްނާންގައި ތެލުގެ ދަތިކަން ދަނީ ދިމާވަމުން.-- ފޮޓޯ: ގެޓީ

ބެއިރޫތު، ލުބްނާން (އޯގަސްޓު 22) - ލުބްނާނަށް ދިމާވެފައިވާ ތެލުގެ ދަތިކަމަށް ވަގުތީ ހައްލެއް ގެނައުމުގެ ގޮތުން ފިޔުލް ސަބްސިޑީ ފޯރުކޮށްދޭން ނިންމާފައިވާ ކަމަށް ބޮޑު ވަޒީރާއި ރައީސްގެ އޮފީހުން ބުނެފި އެވެ.

ބޮޑު މާލީ ކާރިސާއެއް ކުރިމަތިވެފައިވާ ލުބްނާނަށް ތެޔޮ އިމްޕޯޓް ކުރަމުން ދިޔައީ މަރުކަޒީ ބޭންކުން ކަނޑައެޅި ހާއްސަ އެކްސްޗޭންޖް ރޭޓެއްގެ ދަށުންނެވެ. ނަމަވެސް މި މަހު ކުރީކޮޅު ބޭންކުން ބުނީ ތެލުގެ އިމްޕޯޓަށް ހާއްސަ އެކްސްޖޭންޖް ރޭޓެއް އިތުރަށް ދެވެން ނެތް ކަމަށެވެ.

އެއާއެކު ތެޔޮ އިމްޕޯޓު ކުރާ އަގު ބޮޑު ވާނެ ކަމަށް ލަފާކުރެވޭތީ ޑިސްޓްރިބިއުޓަރުން ވަނީ ސަޕްލައި ނުގެނެސް ހިފަހައްޓާފަ އެވެ. އޭގެ ސަބަބުން ޕެޓްރޯލް ސްޓޭޝަންތަކުގެ ބޭރުގައި ދިގު ކިޔޫތައް ހަދަން ފެށި އެވެ.

ރައީސް އޮފީހުން ބުނީ ފިޔުލް ސަބްސިޑީ އަށް ހާއްސަ ވަގުތީ އެކައުންޓެއް ގާއިމް ކުރަން އެދުމުން ބޭންކް އޮފް ލުބްނާނުން ހުއްދަ ދީފައިވާ ކަމަށެވެ. އެ އެކައުންޓުގެ ދަށުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ތެޔޮ އިމްޕޯޓް ކުރަން ސަބްސިޑީގެ ގޮތުގައި ޖުމްލަ 225 މިލިއަން ޑޮލަރު ދޫކުރާނެ އެވެ.

އެގޮތަށް ނިންމީ ރައީސް އާއި މަރުކަޒީ ބޭންކުގެ ވެރިޔާ އަދި ވަގުތީ ބޮޑު ވަޒީރާއި ފިނޭންސާއި ހަކަތައާ ބެހޭ މިނިސްޓަރުން ބޭއްވި މަޝްވަރާ އަށް ފަހު އެވެ.

މި ވަގުތު ލުބްނާން ފައިސާގެ އަގު އުޅެނީ ޑޮލަރަކަށް 1،507 ގަ އެވެ. ނަމަވެސް ކަޅު ބާޒާރުގައި ފައިސާގެ އަގު ވަނީ 90 ޕަސެންޓު ވެއްޓިފަ އެވެ.

މި އަހަރުގެ ހޫނު މޫސުން ފެށުމާއެކު ލުބްނާންގެ ހަ މިލިއަން މީހުންނަށް ތެލުގެ ދަތިކަން ދިމާވާން ފެށި އެވެ. ވާލްޑް ބޭންކުން ބުނެފައި ވަނީ ލުބްނާނަށް ކުރިމަތިވެފައިވާ ހާލަތަކީ 19 ވަނަ ގަރުނުގެ ފަހުން ދުނިޔޭގެ ގައުމަކަށް އައި އެންމެ ބޮޑު އިގްތިސޯދީ ކާރިސާ ކަމަށެވެ.

ޖެނެރޭޓަރުތަކަށް ބޭނުންވާ ޑީސެލް ތެޔޮ ނުލިބުމުގެ ސަބަބުން ވިޔަފާރިތަކާއި ހޮސްޕިޓަލްތަކާއި ގައުމުގެ އެންމެ ބޮޑު ޓެލެކޮމް އޮޕަރޭޓަރުގެ ހިދުމަތް ވެސް ވަނީ ލިމިޓުކުރަން މަޖުބޫރުވެފަ އެވެ. ލުބްނާންގައި މިހާރު ދުވާލަކު 22 ގަޑިއިރު ކަރަންޓު ނުލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox