އަފްގާނިސްތާނުގައި އަތް ނުލާ ހުރި އެއް ޓްރިލިއަން ޑޮލަރުގެ މިނަރަލް ތާލިބާނަށް ލިބިއްޖެ

ތާލިބާނުންގެ ކޯ ފައުންޑަރު މުއްލާ އަބްދުލް ގަނީ ބަރާދަރް. ތާލިބާނުންނާއި އެމެރިކާއާ ދެމެދު މިދިޔަ އަހަރު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައި.-- ފޮޓޯ: އޭއެފްޕީ

ތާލިބާނުންގެ ކޯ ފައުންޑަރު މުއްލާ އަބްދުލް ގަނީ ބަރާދަރް. ތާލިބާނުންނާއި އެމެރިކާއާ ދެމެދު މިދިޔަ އަހަރު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައި.-- ފޮޓޯ: އޭއެފްޕީ

ޕެރިސް، ފްރާންސް (އޯގަސްޓު 22) - އަފްގާނިސްތާނުގައި އަތް ނުލައި ހުރި އެއް ޓްރިލިއަން ޑޮލަރުގެ އަގުހުރި މިނަރަލް ތާލިބާނުނަށް ލިބިއްޖެ އެވެ.

ވިހި އަހަރަށް ފަހު މިދިޔަ އާދީއްތަ ދުވަހު ތާލިބާނުން ވެރިކަމަށް އައުމާއެކު ބޭރުގެ ފަރާތްތަކުން އަފްގާނިސްތާނަށް ފޯރުކޮށްދޭ އެހީ ވަނީ މެދުކަނޑާލާފަ އެވެ. އެހެންވެ، ތާލިބާނަށް ވަނީ ފައިސާގެ ދަތިކަމާ ކުރިމަތިވެފަ އެވެ.

ދާހިލީ ހަނގުރާމަ އާއި އިންފްރާސްޓްރަކްޗާ ބަލިކަށިވުމުގެ ސަބަބުން ގުދުރަތީ ގޮތުން މުއްސަނދި އަފްގާނިސްތާނަށް ވަނީ މުހިއްމު ގިނަ ވަސީލަތްތަކުގެ ބޭނުން ނުހިފި އެވެ. އެގޮތުން އަގުހުރި އެކި ބާވަތްތަކުގެ މިނަރަލުން ލިބެން އޮތް މަންފާ ވެސް މިހާތަނަށް ހޯދިފައެއް ނުވެ އެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން މިދިޔަ ޖެނުއަރީ މަހު ނެރުނު ރިޕޯޓެއްގައިވާ ގޮތުން އަފްގާނިސްތާނުގައި ހުރި މިނަރަލްގެ ތެރޭގައި ބޯކްސައިޓް، ކޮޕާ، އަޔަން އޯ އަދި ލިތިއަމް ހިމެނެ އެވެ.

ކަރަންޓު ކޭބަލް އުފައްދަން ބޭނުންވާ ކޮޕާ ޓަނެއްގެ އަގު މި އަހަރު ވަނީ 10،000 ޑޮލަރަށް އުފުލިފަ އެވެ. ކަރަންޓުން ދުއްވާ ކާރުގެ ބެޓެރި އާއި ސޯލާ ޕެނެލް އާއި ވިންޑް ފާމް އުފެއްދުމަށް ލިތިއަމް އަކީ މުހިންމު އެއްޗެކެވެ.

އިންޓަނޭޝަނަލް އެނާޖީ އެޖެންސީން ލަފާކުރާ ގޮތުގައި 2040 ވަނަ އަހަރާ ހަމައަށް ދާއިރު ލިތިއަމް އޮތް ޑިމާންޑު 40 ގުނަ އިތުރުވާނެ އެވެ.

އޭގެ އިތުރުން ތިމާވެއްޓާ ރައްޓެހި، ސާފު ހަކަތައިގެ ދާއިރާގައި މުހިންމު ބައެއް މައުދަން ކަމުގައިވާ ނިއޯޑައިމިއަމް، ޕްރެސޯޑައިމިއަމް އަދި ޑިސްޕްރޯސިއަމް ވެސް ގިނަ އަދަދަކަށް އަފްގާނިސްތާނުގައި އެބަ ހުއްޓެވެ.

އަގުހުރި މައުދަނުގައި އަތް ނުލައި ހުރިއިރު، މައިނުތަކުގެ ތެރެއިން ޖަވާހިރު ފަދަ ތަކެތި ހޯދާ ވިއްކުމުގެ މަސައްކަތް މިހާރު ވެސް އެ މީހުން ކުރެ އެވެ. ނަމަވެސް ގަވާއިދާ ހިލާފަށް އެ ތަކެތި ޕާކިސްތާނަށް ސްމަގްލް ކުރާތީ އެ ސިނާއަތުގެ ހަގީގީ ފައިދާ ގައުމަކަށް ނުކުރެ އެވެ.

ތާލިބާން ވެރިކަމަށް އައުމާއެކު ބޭރުގެ އިންވެސްޓަރުން އަފްގާނިސްތާނަށް ދުރަށް ދާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް ޗައިނާ އިން ވަނީ ތާލިބާންއެކު ވިޔަފާރި ކުރަން ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

އެގޮތުން ތާލިބާން ސަރުކާރާއެކު "ރަހުމަތްތެރިކަމުގެ" ގުޅުމެއް ބާއްވަން ތައްޔާރަށް އޮތް ކަމަށް މިދިޔަ ހަފްތާގައި ޗައިނާ އިން ބުންޏެވެ. މިދިޔަ މަހު ޗައިނާގެ ފޮރިން މިނިސްޓަރު ވަނީ ތާލިބާންގެ ވެރިންނާ ބައްދަލުކުރައްވާފަ އެވެ.

އަފްގާނިސްތާނުގެ މެސް އައިނަކް ކޮޕާ އޯ ސަރަހައްދު 30 އަހަރަށް ކުއްޔަށް ހިފުމުގެ ހުއްދަ 2007 ވަނަ އަހަރު ޗައިނާގެ މެޓަލާޖިކަލް ގްރޫޕް ކޯޕަރޭޝަނެއް ލިބުނެވެ. އެ ތަނުން 11.5 މިލިއަން ޓަނުގެ ކޮޕާ ނެގެން އޮތް ނަމަވެސް ހަމަނުޖެހުމުގެ ސަބަބުން މަސައްކަތް އަދިވެސް ނުފެށެ އެވެ.

ނަމަވެސް އަފްގާނިސްތާނުގެ ހާލަތު ހަމައަކަށް އެޅި، ޗައިނާ ހިމެނޭހެން ބައިނަލްއަގްވާމީ މުޖްތަމައިން ތާލިބާން ސަރުކާރު ބަލައިގަންނަން ނިންމުމާއެކު މަސައްކަތް ފަށާނެ ކަމަށް ގްލޯބަލް ޓައިމްސް ނޫހުން ބުނެފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox