ކަރަންޓު ބިލް ބޮޑުވި ސަބަބު މަސް ނިމުމުގެ ކުރިން އެނގޭނެ

ސްޓެލްކޯ: ކަރަންޓް ބިލް ބޮޑުވުމުގެ ޝަކުވާތައް އަންނަނީ ބަލަމުން. -- ފޮޓޯ/ އަދަދު

ސްޓެލްކޯ: ކަރަންޓް ބިލް ބޮޑުވުމުގެ ޝަކުވާތައް އަންނަނީ ބަލަމުން. -- ފޮޓޯ/ އަދަދު

މާލެ ސަރަހައްދުގެ ކަރަންޓު ބިލު މިދިޔަ މަހު އާދަޔާ ހިލާފަށް ބޮޑުވި ކަމަށް ބުނާ މައްސަލަ ބަލައި މިމަހު ނިންމާލެވޭނެ ކަމަށް، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މިއަދު ބުނެފި އެވެ.

މިދިޔަ މަހުގެ ކަރަންޓު ބިލު އޭގެ ކުރީ މަސްތަކާ އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރު ވެފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެއާއެކު ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މިދިޔަ މަހު ފަހުކޮޅު އެކަން ބަލަން ފެށި އެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ޔަޒީދު އަހުމަދު "އަދަދު" އަށް ވިދާޅުވީ ކަރަންޓު ބިލު ބޮޑުވި ސަބަބު ބަލަން ގިނަ ވަގުތު ނަގަނީ ގިނަ ޑޭޓާތަކެއް އެނަލައިޒް ކުރާތީ ކަމަށެވެ.

"ވަރަށް ބޮޑު ޑޭޓާ ތަކެއްގެ އެނަލިސިސް ހަދަމުން ދާތީ ލަސްވަނީ. އަޅުގަނޑުމެން މި ބަލަނީ މި މަސް ނިމުމުގެ ކުރިން ނިންމާލެވޭނެ ކަމަށް،" ޔަޒީދު ވިދާޅުވި އެވެ.

މި ފަހުން އެންމެ ބޮޑު ބިލެއް ޖުލައި މަހުގެ ތެރޭގައި ފޮނުވާފައިވާ ކަމަށް ގިނަ ބަޔަކު ބުންޏަސް ސްޓެލްކޯ އިން ބުނެފައި ވަނީ ބިލް ބޮޑުވާން ޖެހޭ ސަބަބެއް ނެތް ކަަމަށެވެ.

އެ ކުންފުނިން ބުނި ގޮތުގައި މިދިޔަ މަހުގެ ބިލް ބޮޑުކަމަށް ހީވީ, ކޮވިޑާ ގުޅިގެން ޖޫން މަހުގެ ތެރޭގައި ސަބްސިޑީއެއް ދިނުމަށް ފަހު, އެ ސަބްސިޑީ ކަނޑާލައި މި ދިޔަ މަހުގެ ބިލު ފޮނުވުމުންނެވެ.

ސްޓެލްކޯ އިން ބުނެފައި ވަނީ ކޮންމެ މަހަކު ރީޑިން ނަގާއިރު ބިލު ބޮޑު ކަމަށް ފާހަގަ ކުރެވޭ ގެތަކުގެ ރީޑިން ދެވަނަ ފަހަރަށް ނަގައި މީޓަރު ވެސް ޓެސްޓް ކުރާ ކަމަށެވެ. ކުރިއާ ހިލާފަށް ގެތަކުގެ ބިލު ބޮޑުވިކަން ފާހަގަ ނުކުރެވޭ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ.

ބޮޑެތި ކަރަންޓް ބިލުތަކާ ގުޅިފައިވަނީ އޭސީ ކަމަށް ވެސް ސްޓެލްކޯއިން ބުނެ އެވެ. އޭސީގެ މައްސަލައެއް އުޅޭނަމަ ނުވަތަ ގިނަ ވަގުތު އޭސީ ބޭނުން ކުރާނަމަ ބިލު ބޮޑުވާ ކަމަށް ސްޓެލްކޯއިން ބުނެ އެވެ.

މިފަދަ މައްސަލަތައް ކުރިން ބަލަނީ އެނާޖީ އޮތޯރިޓީންނެވެ. މި ސަރުކާރުގައި އެތަން އުވާލައި ފަހުން އުފެއްދި ޔުޓިލިޓީ އޮތޯރިޓީގެ ޒިންމާގެ ތެރޭގައި، އާންމު ބޭނުންތަކުގެ ހިދުމަތްތަކަކީ ރާއްޖޭގައި ދިރިއުޅޭ އެންމެނަށް އެކަށީގެންވާ ހެޔޮ އަގެއްގައި، ހަރުދަނާ، އިތުބާރުހުރި އަދި ދެމެހެއްޓެނިވި ގޮތެއްގެމަތިން، ފޯރުކޮށްދެވޭ ހިދުމަތްތަކަކަށް ހެދުން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox