ބޮމުގެ މައްސަލާގެ ޝަރީއަތް ފަށައި، ވަކީލުން ހޯދަން މުއްދަތު ދީފި

ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ ހަތަރު މީހުން: މިއަދު ވަނީ ޝަރީއަތް ފަށާފައި

ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ ހަތަރު މީހުން: މިއަދު ވަނީ ޝަރީއަތް ފަށާފައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ދައުވާ އުފުލި ހަތަރު މީހުންގެ މައްޗަށް ޝަރީއަތް ހިންގަން މިއަދު ކުރިމިނަލް ކޯޓުގައި ފަށައިފި އެވެ.

ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވަނީ އެ ކަމުގައި އަމަލީ ގޮތުން ބައިވެރިވިކަމުގެ ތުހުމަތުކުރެވޭ އަދުހަމް އަހުމަދު ރަޝީދު، 25، އާއި މުޖާޒް އަހްމަދު 21، އާއި ތަހުމީން އަހްމަދު، 32 ގެ އިތުރުން، އަލީ ހައިޝަމްގެ މައްޗަށެވެ.

އާންމުކޮށް ހަފުތާ ބަންދު ދުވަސްތަކުގައި ކުރިމިނަލް ކޯޓުގައި ޝަރީއަތް ނުހިންގަ އެވެ. ނަމަވެސް، ބޮން ގޮއްވާލި މައްސަލާގެ ޝަރީއަތުގެ ފުރަތަމަ މަރުހަލާ ކަމަށްވާ އިބްތިދާއީ އަޑުއެހުންތައް މިއަދު ފެށީ ބަންދު މަޖިލީހަށްފަހު ވަގުތު އޮތުމުން ކަމަށް ކުރިމިނަލް ކޯޓުން މައުލޫމާތު ދިނެވެ.

Advertisement

އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ އާންމުކޮށް ހުޅުވާނުލަ އެވެ.

ނަމަވެސް، ކުރިމިނަލް ކޯޓުން މިއަދު ބުނި ގޮތުގައި، އިބްތިދާއީ ފުރަތަމަ އަޑުއެހުމުގައި ލިޔުންތައް ލިބިފައިވޭތޯ ޝަރީއަތުން ސާފުކުރި އެވެ. ދައުވާ ލިބޭ ހަތަރު މީހުން ވެސް ވަނީ ލިޔުންތައް ލިބިފައިވާ ކަމަށް ބުނެފަ އެވެ.

އަޑުއެހުމުގައި އަދުހަމް އަހުމަދު ރަޝީދާއި އަލީ ހައިޝަމް ވަނީ ކުރިއަށް ދާން ބޭނުންވަނީ ވަކީލަކާއެކު ކަމަށް ބުނެފަ އެވެ. އެހެންވެ، އެ ދެ މީހުންނަށް ވަކީލަކު އައްޔަން ކުރުމަށް 10 ދުވަހުގެ މުއްދަތެއް މިއަދު ކޯޓުން ދިނެވެ.

އަޑުއެހުމަށް މުޖާޒު އަހުމަދާއި ތަހްމީން އަހުމަދު ހާޒިރުވީ ވަކީލުންނާއެކު އެވެ. އަޑުއެހުމުގައި އެ ދެ މީހުންގެ ފަރާތުން ވަނީ ގިނަ ލިޔެކިޔުންތަކެއް ހުރުމުން އެތަކެތި ދިރާސާ ކުރުމަށް އެކަށީގެންވާ ވަގުތު ދިނުމަށް އެދިފަ އެވެ. އެ ފުރުސަތު ޝަރީއަތުން ދިނެވެ.

ކުރިމިނަލް ކޯޓުން ބުނި ގޮތުގައި، ދެން އަޑުއެހުމެއް ބާއްވާނީ ވަކީލުން އައްޔަން ކުރުމަށާއި ލިޔެކިޔުންތައް ދިރާސާކުރުމަށް އެކަށީގެންވާ ވަގުތު ދިނުމަށްފަހު އެވެ.

މި މައްސަލަ ކުރިއަށް ގެންދަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ.

މިއަދުގެ ބަންދު މަޖިލިސް ބޭއްވީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި އަދުހަމާއި ތަހުމީނު އަދި މުޖާޒުގެ ބަންދު ކޮންމެ 30 ދުވަހަކުން ރިވިއު ކުރަން ޖެހޭނެ ކަމަށް ގާނޫނުގައި އޮތުމުންނެވެ. މިއަދު ކޯޓުން ނިންމާފައިވަނީ ބަންދު ރިިވިއުކުރުމަށްފަހު އެމީހުންގެ ބަންދަށް ބަދަލެއް ގެންނާނެ ތަނެއް ނެތް ކަމަށެވެ.

އަލީ ހައިޝަމް މިއަދާ ހަމައަށް ހުރީ 30 ދުވަހުގެ ބަންދެއްގަ އެވެ. އެ މުއްދަތު މިއަދަށް ހަމަވާތީ ދައުލަތުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އަމުރަކަށް އެދިފަ އެވެ. އެ އަމުރު މިއަދުގެ ބަންދު މަޖިލީހުގައި ނެރުނެވެ.

މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހު ނަޝީދު ދިރިއުޅުއްވާ ގެކޮޅުން ނުކުމެވަޑައިގެން ކާރަށް އަރައިވަޑައިގަންނަވަނިކޮށް، އައިއިޑީ ހަރުކޮށްފައިވާ ސައިކަލު ރިމޯޓަކަށް ފިއްތަލައިގެން ގޮއްވާލިކަމަށް ތުހުމަތުކުރެވޭ އަދުހަމްގެ މައްޗަށް ހަތަރު ދައުވާއެއް އުފުލި އެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން އަދުހަމަށް ކުރާ ދައުވާތަކުގެ ތެރޭގައި ޓެރަރިޒަމްގެ އަމަލެއް ކުރުމާއި، އެފަދަ އަމަލެއް ރޭވުމުގެ އިތުރުން ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުން ހިމެނެ އެވެ.

އަދި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ދައުވާ ވެސް އަދުހަމްގެ މައްޗަށް ވަނީ އުފުލި އެވެ.

ނަމަވެސް، އަދުހަމް އިއުތިރާފުވެ އޭނާ ދައުލަތަށް އެއްބާރުލުން ދެމުން ގެންދާތީ، ލުޔެއްގެ ގޮތުގައި ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ދައުވާ ވަނީ އަނބުރާ ގެނެސްފައިވެ އެވެ.

އަދުހަމްއާއެކު ދައުލަތުން އެއްބަސްވެފައިވަނީ އަދުހަމްގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް އަންނަ ގޮތަކަށް ދެ ދައުވާއެއް ކުރުމަށެވެ. އެއީ 20 އަހަރުގެ އަދަބެއް އަންނަ ޓެރަރިޒަމްގެ އަމަލެއް ކުރުމާއި ތިން އަހަރުގެ އަދަބެއް އަންނަ ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ އެވެ.

އައިއީޑީ ގޮއްވާލުމަށްފަހު އަދުހަމް ފިލުވަން މަސައްކަތް ކުރިކަމަށް ތުހުމަތުކުރެވޭ މުޖާޒްގެ މައްޗަށް ދެ ދައުވާއެއް އުފުލާފައިވެ އެވެ.

އޭގެ ތެރޭގައި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމާއި ކުށެއް ކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވެދިނުން ހިމެނެ އެވެ.

ދެން އެ މައްސަލާގައި ހިމެނޭ ތަހުމީނު އަހުމަދުގެ މައްޗަށް ވެސް ހަތަރު ދައުވާއެއް ވަނީ ކޮށްފަ އެވެ.

އެގޮތުން، ތަހުމީނުގެ މައްޗަށް ވެސް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ކުރުމާއި، އެފަދަ އަމަލެއް ރޭވުމުގެ އިތުރުން ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުން ހިމެނެ އެވެ.

އޭގެ އިތުރުން، ތަހުމީނުގެ މައްޗަށް ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ ވެސް ވަނީ ކޮށްފަ އެވެ.

ހުޅުމާލޭގައި އެ ގޮއްވައިލި ސައިކަލުގައި އައިއީޑީ ހަރުކުރުމުގެ އަމަލީ ގޮތުން ބައިވެރިވިކަމަށް ތުހުމަތުކުރެވޭ އަލީ ހައިޝަމަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުން، ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ އިތުރުން ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox