މާޒިޔާ އިން މި މެޗަށް ނުކުންނަ ގޮތް ތަފާތުވާނެ: އޭޓީކޭ ކޯޗު ހާބާސް

Aug 21, 2021, 7:04 AM
ބެންގަލޫރާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ހާބާސް.-

ބެންގަލޫރާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ހާބާސް.-

އޭއެފްސީ ކަޕްގެ ގްރޫޕް ޑީގައި މިރޭ މާޒިޔާ އިން އިންޑިއާގެ އޭޓީކޭ މޯހަން ބަގާންއާ ދެކޮޅަށް ނުކުންނައިރު، ފުރަތަމަ މެޗަށް ވުރެ ރޭވުންތެރިކަމާއި އެހެން ކަންކަން ވެސް ތަފާތުވާނެ ކަމަށް އޭޓީކޭގެ ކޯޗު އެންޓޯނިއޯ ލޮޕޭޒް ހާބާސް ބުނެފި އެވެ.

ފުރަތަމަ މެޗުން މިދިޔަ ބުދަ ދުވަހު ހަވީރު އޭޓީކޭ ވަނީ 2-0 އިން ބެންގަލޫރު ބަލިކޮށްފަ އެވެ. އަދި އެރޭ ކުޅުނު މެޗުން ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އަތުން މާޒިޔާ ބަލިވީ 2-0 އިންނެވެ. މިރޭ މާޒިޔާ ބަލިކޮށްފިނަމަ އޭޓީކޭ އިން އަނެއް ބުރުގެ ފުރުސަތު ހޯދަން ކުރާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބި މާޒިޔާ ކަޓާނެ އެވެ. އެކަމަކު، މާޒިޔާ މޮޅުވެއްޖެނަމަ އަނެއް ބުރުގެ އުއްމީދު އާވެ، ފަހު މެޗަށް ނުކުންނައިރު މޮޅެއް ހޯދަން ހިތްވަރު ލިބޭނެ އެވެ. އެއީ ހާބާސް ވަރަށް ބޮޑަށް ސަމާލުވާނެ ކަމެކެވެ.

މިރޭގެ މެޗުގެ ކުރިން އިއްޔެ ގަލޮޅު ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާޒިޔާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ވަނީ ކަރުދާހަށް ބަލާއިރު ފޭވަރިޓަކީ އޭޓީކޭ ކަމަށާއި ޕްރެޝަރު ވެސް އޮތީ އެ ޓީމަށް ކަމަށް ބުނެފަ އެވެ.

ވިޑަކޮވިޗްގެ އެ ވާހަކަތަކާ ބެހޭގޮތުން ހާބާސްއާ ސުވާލުކުރުމުން އޭނާ ބުނީ އޭޓީކޭ އަކީ ފޭވަރިޓް ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

"ރެފްރީގެ ފަހު ކަށިގަނޑާ ހަމައިން މެޗު ނިމެނީ. އެ ވަގުތާ ހަމައަށް އަހަރެން ގަބޫލުކުރަނީ ފޭވަރިޓެއް ނޯންނާނެ ކަމަށް. މެޗު ފަށަނީ 0-0 އިން. އަނެއްކޮޅުން ފުރަތަމަ މެޗުތައް ނިމުނު ގޮތުން ރާއްޖޭގެ ޓީމު (މާޒިޔާ) މެޗަށް ތައްޔާރުވާ ވިސްނުން ތަފާތުވާނެ،" ސްޕެއިނުގެ ވެލެންސިއާ އާއި ސެލްޓަ އަށް ކުރިން އިރުޝާދު ދިން ހާބާސް ބުންޏެވެ.

މާޒިޔާއާ ބެހޭ މައުލޫމާތު އެއްކުރީ މީޑިއާތައް މެދުވެރިކޮށް ކަމަށާއި މިހާރު އެއީ އުނދަގޫ ކަމެއް ނޫން ކަމަށް ހާބާސް ވަނީ ބުނެފަ އެވެ. މާޒިޔާ ޓީމަށް ބަލާއިރު ރަނގަޅު ބިދޭސީ ކުޅުންތެރިންނާއި ލޯކަލް ކުޅުންތެރިން އެބަތިބި ކަމަށާއި މެޗަށް ނުކުންނާނީ މާޒިޔާ އަށް ދޭން ޖެހޭ ފުރިހަމަ އިހުތިރާމް ދީގެން ކަމަށް ހާާބާސް ވަނީ ބުނެފަ އެވެ.

ހާބާސް ބުނީ ފުޓްބޯޅައިގައި އޭނާ އަށް ދަސްވެފައިވާ ކަންތައްތަކަށް ބަލާއިރު މެޗެއްގެ ހުރިހާ ކަމެއް ބަދަލުވާން ކުޑަކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވެސް ކަންތައްތަކެއް ހިނގައިފާނެ އެވެ. އެހެންވެ، ކުޅުންތެރިން ހުންނަން ޖެހޭނީ ވަރަށް ސަމާލުވެގެން ކަމަށް ހާބާސް ބުންޏެެވެ.

ފުރަތަމަ މެޗު ހަވީރު ވަގުތު ކުޅެން ޖެހުމުން އޭޓީކޭ އަށް ރަނގަޅަށް ނުކުޅެވުނު ކަމަށް ހާބާސް ވަނީ ބުނެފަ އެވެ. މި މެޗު ރޭގަނޑު ވަގުތުގައި އޮތުމަކީ ހަމައެކަނި އޭޓީކޭ އަށް އޮތް ހިތްހަމަ ޖެހުމެއް ނޫން ކަމަށާއި ރަނގަޅު މެޗެއް ކުޅެން މަަސައްކަތްކުރާ ދެ ޓީމަށް އަދި ފުޓްބޯޅަ އަށް އޮތް މޮޅެއް ކަމަށް ހާބާސް ބުންޏެވެ.

"ފަހަރެއްގައި ކޮންމެ ވަގުތެއްގައި ކުޅުނަސް ރާއްޖޭގެ ޓީމު (މާޒިޔާ) އަށް އެކި ހާލަތްތަކުގައި ކުޅެން ފަސޭހަވެދާނެ. އަހަރެންގެ ވިސްނުމަކީ ދަނޑު ބޭރުން އެ ދައްކާ ވާހަކަތަކަށް ސަމާލުކަން ނުދީ ދަނޑުމަތީގައި އަހަރެމެން ކުރަން ޖެހޭ ކަންކަން ކޮށްގެން މޮޅުވުން،" ހާބާސް ބުންޏެވެ.

އޭޓީކޭ އިން ވަނީ މީގެ ކުރިން 2017 ވަނަ އަހަރުގެ އޭއެފްސީ ކަޕްގައި މާޒިޔާއާ ބައްދަލުކޮށްފަ އެވެ. އެ ފަހަރުގެ ގްރޫޕް ސްޓޭޖުގައި ކަލްކަތާގައި މާޒިޔާ މޮޅުވީ 1-0 އިންނެވެ. އަދި މާލޭގައި 5-2 އިންނެވެ. އޭރު އެ ޓީމު އޮތީ މޯހަން ބަގާން ނަމުގަ އެވެ. އެކަމަކު، ފަހުން އެ ޓީމު ވަނީ އެތުލެޓިކޯ ޑި ކޮލްކަތާ (އޭޓީކޭ)އާ އެއްކޮށްލުމަށް ފަހު އޭޓީކޭ މޯހަން ބަގާންގެ ނަމަށް ރީބްރޭންޑްކޮށް އިންޑިއަން ސުޕަ ލީގު (އައިއެސްއެލް)ގައި ވާދަކުރަން ފަށައިފަ އެވެ.

ހާބާސް އެންމެ ފުރަތަމަ ކޯޗުކޮށްދިނީ އެތުލެޓިކޯ ޑި ކޮލްކަތާ (އޭޓީކޭ)ގެ ނަމުގައި އިންޑިއަން ސުޕަ ލީގުގައި އެ ޓީމު ވާދަކުރިއިރު އެވެ. ފަހުން އޭޓީކޭ މޯހަން ބަގާންގެ ނަމަށް އެ ޓީމު ރީބްރޭންޑް ކުރުމަށް ފަހު ހާބާސްއާ ޓީމު ހަވާލުކުރީ މިދިޔަ އަހަރު މެދުތެރެއިންނެވެ. އޭގެ ކުރިން ހާބާސް ވަނީ ޕޫނޭ ސިޓީ އަށް އިރުޝާދުދީފަ އެވެ.

މާޒިޔާ އާއި އޭޓީކޭ ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox