ކޮވިޑް މަރުތައް އިތުރު ވާތީ ސްރީ ލަންކާ ލޮކްޑައުންކޮށްފި

ކޮވިޑް ކޭސްތައް އިތުރުވެ ސްރީލަންކާގެ ހޮސްޕިޓަލްތަކަށް ވަނީ ބާރު ބޮޑުވެފައި.-- ފޮޓޯ: ރޮއިޓާޒް

ކޮވިޑް ކޭސްތައް އިތުރުވެ ސްރީލަންކާގެ ހޮސްޕިޓަލްތަކަށް ވަނީ ބާރު ބޮޑުވެފައި.-- ފޮޓޯ: ރޮއިޓާޒް

ކޮލޮމްބޯ، ސްރީ ލަންކާ (އޯގަސްޓު 20) - ކޮވިޑް ކޭސްތަކާއި މަރުތައް އިތުރުވެ، ސިއްހީ ތަޖުރިބާކާރުންގެ ޕްރެޝަރާ ހެދި ހުކުރު ދުވަހުން ފެށިގެން ލަންކާ ލޮކްޑައުންކޮށްފި އެވެ.

މީގެ ކުރިން ލޮކްޑައުން ކުރަން ގޮވާލުމުން ރައީސް ގޮތަބަޔާ ރާޖަޕަކްސަ ވަނީ އެކަން ކުރަން ދެކޮޅު ހައްދަވާފަ އެވެ. ނަމަވެސް ހޮސްޕިޓަލްތައް ފުރި، މަރުވާ މީހުންގެ ހަށިތައް އަންދަން ބުރަވަމުން ދާތީ ނިންމެވީ ހުކުރު ދުވަހުން ފެށިގެން 10 ދުވަހަށް ލޮކްޑައުން ކުރުމަށެވެ.

ލޮކްޑައުން ކުރި ކަން އިއުލާނު ކުރެއްވީ ހެލްތު މިނިސްޓަރު ޓްވިޓާގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އެއާއެކު ގިނަ ބަޔަކު ވަނީ ތަކެތި ގަތުމަށް ފިހާރަތަކަށް އެއްވެފަ އެވެ.

އޭގެ އިތުރުން ޕެޓްރޯލް ސްޓޭޝަނުތަކުގައި ވެސް ދިގު ކިޔުތައް އޮތެވެ. އެއާއެކު ސަރުކާރުން ވަނީ ކަންބޮޑުވުމުގައި ތަކެތި ގަނެ، ސްޓޮކް ހުސްކޮށްނުލުމަށް ގޮވާލާފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު 3،800 މީހުން ބަލިވެ، 186 މީހުން މަރުވި އެވެ. ރިކޯޑް މިންވަރަށް އަދަދުތައް މަތިވެފައި ވާއިރު، ކޮވިޑް ބަލި މީހުންގެ އައިސީޔޫ އެނދުތައް ވަނީ އެއްކޮށް ފުރިފަ އެވެ.

ރަސްމީ ތަފާސްހިސާބު ދައްކާ ގޮތުން މިހާތަނަށް ލަންކާ އިން 373،165 މީހުން ކޮވިޑަށް ޕޮޒިޓިވްވެ، 6،790 މީހުން މަރުވެފައި ވެ އެވެ. ނަމަވެސް ހަގީގީ އަދަދު އެއަށްވުރެ ދެ ގުނަ އިތުރުވާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox