އެސްޓްރަޒެނެކާ އަށް ވުރެ އަވަހަށް ފައިޒާ ވެކްސިންގެ ބާރު ކެނޑޭ: ދިރާސާ

ކޮވިޑާ ދެކޮޅަށް ފައިޒާ އިން އުފައްދާފައިވާ ވެކްސިން. އެސްޓްޒެނެކާ ވެކްސިނަށް ވުރެ އަވަހަށް މި ވެކްސިންގެ ބާރު ކެނޑޭ ކަމަށް ދިރާސާއަކުން ދައްކާ.

ކޮވިޑާ ދެކޮޅަށް ފައިޒާ އިން އުފައްދާފައިވާ ވެކްސިން. އެސްޓްޒެނެކާ ވެކްސިނަށް ވުރެ އަވަހަށް މި ވެކްސިންގެ ބާރު ކެނޑޭ ކަމަށް ދިރާސާއަކުން ދައްކާ.

ލަންޑަން، އިނގިރޭސިވިލާތް (އޯގަސްޓު 19) - ކޮވިޑާ ދެކޮޅަށް ބޭނުން ކުރާ އެސްޓްރަޒެނެކާ ވެކްސިނަށް ވުރެ ފައިޒާ ވެކްސިންގެ "އިފެކްޓިވްނަސް" ނުވަތަ ބާރު އަވަހަށް ކެނޑޭ ކަމަށް ބުރާސްފަތި ދުވަހު ޝާއިއުކުރި ދިރާސާއަކުން ދައްކައިފި އެވެ.

"ފައިޒާ ވެކްސިންގެ ދެ ޑޯޒް ޖެހުމުން ކޮވިޑް ބައްޔާ ދެކޮޅަށް ވަގުތުން ވަގުތަށް ލިބޭ ރައްކާތެރިކަން އެސްޓްރަޒެނެކާ އަށް ވުރެ ބޮޑު ނަމަވެސް އޭގެ ބާރު އެސްޓްރަޒެނެކާ އަށް ވުރެ އަވަހަށް ކެނޑޭ،" އޮކްސްފޯޑް ޔުނިވާސިޓީގެ ޓީމަކުން ބުންޏެވެ.

އެ ދިރާސާގެ ހޯދުންތައް ބިނާވެފައި ވަނީ އިނގިރޭސިވިލާތުގެ އޮފީސް ފޯ ނޭޝަނަލް ސްޓެޓިސްޓިކްސް އިން ހެދި ސާވޭއެއްގެ މައްޗަށެވެ. އެ ސާވޭގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މި ހިނގާ އޯގަސްޓު މަހާ ހަމައަށް އެކި ގޭބިސީތަކުގެ މީހުންގެ ޕީސީއާރް ޓެސްޓު ހެދި އެވެ.

އޮކްސްފޯޑް ޔުނިވާސިޓީގެ ނަފީލްޑް ޑިޕާޓްމަންޓް އޮފް މެޑިސިން އިން ބުނީ ސާވޭގެ ހޯދުންތަކުން އެނގުނު ގޮތުގައި ފައިޒާ އާއި އެސްޓްރަޒެނެކާގެ ދެ ޑޯޒް ހަމަކުރުމަށް ފަހު ލިބޭ "އިމުއިނިޓީ" ނުވަތަ ރައްކާތެރިކަން ތަފާތު ކަމަށެވެ.

އެގޮތުން ދެ ޑޯޒް ހަމަކުރާތާ ކުޑަ މުއްދަތެއްގެ ތެރޭގައި ފައިޒާ އިން ލިބޭ ރައްކާތެރިކަން ބޮޑެވެ. ނަމަވެސް ހަށިގަނޑުގައި "ވައިރަލް ލޯޑު" ނުވަތަ ވައިރަސް ހުންނަ މިންވަރު އިތުރުވެ، ބަލީގެ އަލާމާތްތައް ފެންނަ ނަމަ ފައިޒާ ވެކްސިނުން ލިބޭ ރައްކާތެރިކަން އަވަހަށް ކުޑަ ވާން ފަށަ އެވެ.

މި ދިރާސާ ޝާއިއުކޮށްފައި ވާއިރު، ބައެއް ގައުމުތަކުން މިހާރު އަންނަނީ ފައިޒާގެ ބޫސްޓާ ޝޮޓު ދެމުންނެވެ. އެގޮތުން އިޒްރޭލުގެ 58 ޕަސެންޓު މީހުންނަށް ދެ ޑޯޒް ދިނުމަށް ފަހު ބޫސްޓާ ޝޮޓު ދޭން ވަނީ ފަށާފަ އެވެ. އެމެރިކާ އިން ވެސް ތައްޔާރު ވަނީ އެކަން ފެށުމަށެވެ.

އޮކްސްފޯޑްގެ ދިރާސާއިން ދެއްކި އިތުރު ކަމަކީ ކުރިން ބަލި ޖެހިފައިވާ ނަމަ ވެކްސިނުން ލިބޭ ރައްކާތެރިކަން ބޮޑުވާ ކަމެވެ.

ދިރާސާގައި ބައިވެރިވީ އުމުރުން 18 އަހަރުން މަތީގެ 300،000 އަށް ވުރެ ގިނަ މީހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox