އަފްގާނިސްތާނުގެ ކުރީގެ ރައީސް ބޭނުންވަނީ އެނބުރި ގޮސް ވެރިކަމާ ހަވާލުވާން!

އަފްގާނިސްތާނުގެ ކުރީގެ ރައީސް އަޝްރަފް ގަނީ. ތާލިބާނުން ކާބުލްއާ ހަމައަށް ފޯރުމުން ވަނީ ގައުމު ދޫކޮށް ވަޑައިގެންފައި. -- ފޮޓޯ: އޭއެފްޕީ

އަފްގާނިސްތާނުގެ ކުރީގެ ރައީސް އަޝްރަފް ގަނީ. ތާލިބާނުން ކާބުލްއާ ހަމައަށް ފޯރުމުން ވަނީ ގައުމު ދޫކޮށް ވަޑައިގެންފައި. -- ފޮޓޯ: އޭއެފްޕީ

އަބޫ ދާބީ، ޔޫއޭއީ (އޯގަސްޓް 19) - ބޭނުންވެވަޑައިގަންނަވަނީ ގައުމަށް އެނބުރި ގޮސް އަލުން ވެރިކަމަށް އަންނަން ކަމަށް އަފްގާނިސްތާނުގެ ކުރީގެ ރައީސް އަޝްރަފް ގަނީ ވިދާޅުވެއްޖެ އެވެ.

މިދިޔަ އާދީއްތަ ދުވަހު ތާލިބާނުން ވެރިރަށް ކާބުލް އަށް ވަންނަން ތައްޔާރުވުމުން ގަނީ ވަނީ ގައުމު ދޫކޮށް ވަޑައިގެންފަ އެވެ. ޔޫއޭއީގައި ހުންނަވާ ގަނީ ވަނީ ފޭސްބުކް ޕޭޖް މެދުވެރިކޮށް ވީޑިއޯ މެސެޖެއް ނެރުއްވާފަ އެވެ.

އެ ވީޑިއޯގައި ގަނީ ތަކުރާރުކޮށް ވިދާޅުވީ ގައުމު ދޫކޮށް ވަޑައިގެންނެވީ ބޮޑު ލޭއޮހޮރުމަކަށް ޖާގަ ދޭން ބޭނުން ނުވާތީ ކަމަށެވެ. ޔޫއޭއީގައި ހުންނެވުމަށް ނުވިސްނަވާ ކަމަށާއި ގައުމަށް އެނބުރި ދިޔުމާ ގުޅޭ މަޝްވަރާތައް ކުރިއަށްދާ ކަމަށް ގަނީ ވިދާޅުވި އެވެ.

"އަފްގާން ރައްޔިތުންގެ ވެރިކަން ހިމާޔަތް ކުރުމަށް" ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެކަމާ ގުޅޭ ތަފްސީލް ހާމައެއް ނުކުރައްވަ އެވެ.

"ލޭއޮހޮރުވުމާއި ހަމަނުޖެހުމަށް ޖާގަނުދިނުމަށް މި ވަގުތު އަޅުގަނޑު މި ހުރީ ޔޫއޭއީ ގައި،" ވީޑިއޯގައި ގަނީ ވިދާޅުވި އެވެ. ޔޫއޭއީ އިން ވަނީ ގަނީ އެ ގައުމުގައި ހުންނެވިކަން ކަށަވަރުކޮށްދީފަ އެވެ.

އެ ވީޑިއޯގައި ގަނީ ވަނީ ބުދަ ދުވަހު އަފްގާނިސްތާނުގައި ކުރިއަށް ދިޔަ މަޝްވަރާތަކަށް ތާއީދު އޮތްކަން ހާމަކުރައްވާފަ އެވެ. ތާލިބާނުންނާ އެކު މަޝްވަރާގައި ބައިވެރިވީ ކުރީގެ ރައީސް ހާމިދު ކަރްޒާއީ އާއި ފެއިލްވި ސުލްހައިގެ މަޝްވަރާގައި އިސްކޮށް އުޅުއްވި އަބްދުﷲ އަބްދުﷲ އެވެ.

"މި މަޝްވަރާތައް ކާމިޔާބު ވާން އަޅުގަނޑު އެދެން،" ބުދަ ދުވަހު ބޭއްވި ބައްދަލުވުންތަކާ ގުޅޭ ގޮތުން ގަނީ ވިދާޅުވި އެވެ.

އާދީއްތަ ދުވަހު ގަނީ ގައުމު ދޫކޮށް ވަޑައިގެންނެވިކަން އިއުލާނު ކުރެއްވީ ސިޔާސީ ގޮތުން ވާދަވެރި އަބްދުﷲ އެވެ. އޭރު އަބްދުﷲ ވިދާޅުވީ ގައުމު ދޫކޮށް ވަޑައިގެންވުމުން ގަނީއާ މެދު ރައްޔިތުން ދެކޭނީ ގޯސްކޮށް ކަމަށެވެ.

ނަމަވެސް ގަނީ ތަކުރާރުކޮށް ވިދާޅުވީ ގައުމު ދޫކޮށް ވަޑައިގެންނެވީ އަމިއްލަ ފުރާނަ އަށް ނުރައްކާވެދާނެ ކަމުގެ ބިރަކަށް ނޫން ކަމަށާއި ބޮޑު ލޭއޮހޮރުވުމެއް އުފެދުމުގެ ފުރުސަތު ނުދޭންވެގެން ކަމަށެވެ.

"ރައްޔިތުން ވިއްކާލާފައި ރައީސް ފިއްލެވީ އަމިއްލަ ފުރާނަ ސަލާމަތްކޮށް، އަމިއްލަ ފައިދާ އަށް ކަމަށް ދައްކާ ވާހަކަ އަޑު ނޭހުން އޭދުން. އެއީ އެއްވެސް ހަގީގަތެއް ހުރި ވާހަކައެއް ނޫން. އެ ވާހަކަތަކަށް އަޅުގަނޑު ދެކޮޅު ހަދަން"،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު އަފްގާނިސްތާނުން އަރުވާލިއިރު ފައިވާން ބާލައި ބޫޓަށް އަރާލާނެ ވަގުތެއް ވެސް ނުލިބުނު."

ގަނީ ތުހުމަތު ކުރެއްވި ގޮތުގައި ކާބުލް އަށް ނުވަނުމަށް ތާލިބާނުން އެއްބަސްވި ނަމަވެސް، އެ މީހުން އަމަލު ކުރީ އެ އެއްބަސްވުމާ ހިލާފަށެވެ.

"އަޅުގަނޑު އެ ތަނުގައި މަޑު ކުރި ނަމަ، އަނެއްކާ ވެސް އަފްގާން ރައްޔިތުންގެ ލޯ ކުރިމަތީގައި، އިންތިހާބުކޮށްފައި ހުރި ރައީސަކު ދަން ޖައްސާ އަވަހާރަކޮށްލީސް،"

ތާލިބާނުން އެންމެ ފުރަތަމަ 1996 ގައި ވެރިކަމަށް އައިއިރު، އެ މީހުން ވަނީ ކުރީގެ ކޮމިއުނިސްޓް ރައީސް މުހައްމަދު ނަޖީބުﷲ އދ. ގެ އޮފީހުގެ ތެރެއިން ގަދަކަމުން ނެރެ، އާއްމުންގެ ތެރޭގައި އަނިޔާކޮށް، މަގުމަތީގައި ދަން ޖައްސާ އަވަހާރަކޮށްލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox