ޒަމާނީ ގާނޫނީ އޮނިގަނޑަކާއެކު ހެއްކާ ބެހޭ ގާނޫނުގެ އާ ބިލެއް

ބަންޑާރަ ނައިބު ރިފްއަތު: ހެއްކާ ބެހޭ ތަފްސީލީ ބިލެއް ރައީސް އޮފީހަށް ވަނީ ފޮނުވާފައި - ފޮޓޯ: ސަން

ބަންޑާރަ ނައިބު ރިފްއަތު: ހެއްކާ ބެހޭ ތަފްސީލީ ބިލެއް ރައީސް އޮފީހަށް ވަނީ ފޮނުވާފައި - ފޮޓޯ: ސަން

ރާއްޖޭގެ އަދުލުގެ ނިޒާމްގައި އެންމެ ގިނަ ދުވަސްވީ އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި މިވަގުތު އޮތީ ހަރުދަނާ ހެއްކާ ބެހޭ ނިޒާމެއް، އުސޫލުތަކެއް ނެތުމެވެ. މިހާރު ރާއްޖޭގައި ބޭނުން ކުރަމުން އަންނަނީ 1976 ވުޖޫދުކުރި އެންމެ ހަތް މާއްދާގެ މައްޗަށް އެކުލެވޭ ހެއްކާބެހޭ ގާނޫނެވެ.

އެ ގާނޫނުގެ އިތުރުން ދެން ހެއްކާ ގުޅޭ ގޮތުން އޮތީ 1972 ވަނަ އަހަރުގެ ގާނޫނެއް ކަމަށްވާ އަންހެނުންގެ ހެކިބަހުގެ ގާނޫނެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އަދުލުގެ ނިޒާމަށް ހަރުދަނާ ބަދަލުތަކެއް ގެނެސްފައިވީ ނަމަވެސް، އެ ގާނޫނުގެ އުސޫލުތައް ވެސް ހަރުދަނާ ހެއްކާ ބެހޭ ގާނޫނެއް ނެތުމުން ތަންފީޒެއް ނުވެ އެވެ. އެގޮތުން ސިއްރު ހެކިންގެ ހެކި ބަސް ނެގުމުގައި ގާނޫނީ މައްސަލަތަކެއް ހެއްކާ ބެހޭ ގާނޫނެއް ނެތުމުން އުފެދި، ކޯޓު މަރުހަލާތަކުގައި އެކަމާ ގުޅޭ ގޮތުން ގޮތް ނިންމަން ޖެހުނެވެ.

އެހެންވެ، ޖިނާއީ އިޖުރާއަތުގެ ގާނޫނު ފާސްކުރުމަށްފަހު ހެއްކާ ބެހޭ އާ ގާނޫނެއް ގެނައުމުގެ މަސައްކަތް ކުރީ މަޖިލީހުން ވެސް ކުރި އެވެ. ނަމަވެސް، ކޮމިޓީ މަރުހަލާގައި އެ ބިލް ތާށިވެފައި އެތައް ދުވަހަކު އޮތީ އެވެ. އަދި ފަހުން ސަރުކާރުގެ އޮފީހުން ބިލް އަނބުރާ ގެންދިޔައީ އެވެ.

ބިލަށް އިސްލާހުތަކެއް ގެނެސް، މުޅިން އާ ހެއްކާ ބެހޭ ގާނޫނުގެ ބިލެއް ބަންޑާރަ ނައިބުގެ އޮފީހުން އެކުލަވާލައި މަޖިލީހަށް ފޮނުވުމަށް މިއަދު ވަނީ ރައީސް އޮފީހަށް ފޮނުވާފަ އެވެ. ރައީސް އޮފީހަށް ފޮނުވި އާ ބިލްގައި ހެއްކާ ބެހޭ ނިޒާމް ހަރުދަނާ ކުރުމަށް ތަފްސީލީ މާއްދާތަކެއް ހިމަނާފައިވެ އެވެ.

މުޅި ބިލް ބަންޑާރަ ނައިބުގެ އޮފީހުން އާންމެއް ނުކުރެ އެވެ. ނަމަވެސް، އޭގައި ހިމެނޭ މުހިންމު ކަންކަން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގައި މިއަދު ޓްވިޓާގައި ހާމަ ކުރައްވާފައިވެ އެވެ.

އެގޮތުން، ބިލްގައިވާ ގޮތުން ހެއްކާ ބެހޭ އާ ގާނޫނެއްގެ ބޭނުމަކީ ގާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އިންސާފުން ޝަރީއަތް ކުރެވުމުގެ ހައްގު އެގޮތުގައި ކަށަވަރުކޮށްދިނުމަށް ބޭނުންވާ މައިގަނޑު އެއް އަސާސް ކަމުގައިވާ ހެކީގެ އުސޫލުތައް ބަޔާންކުރާ ތަފްސީލީ އަދި ޒަމާނީ ގާނޫނީ އޮނިގަނޑެއް ތައާރުފުކުރުމެވެ.

ބިލުގައި ހެކީގެ ބާވަތްތަކާއި، ހެކި ދަރަޖަކުރެވިގެންވާ ގޮތާއި، ކަމެއް ސާބިތުކުރުމަށް ހެކި ބޭނުންވާ ނިސްބަތާއި، ހެކި ހުށަހެޅުމާއި، ބަލައިގަތުމާއި، ވަޒަންކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި، އެނޫންވެސް ހެއްކާބެހޭ އާންމު އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅާފައިވާނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން މައުލޫމާތު ދިނެވެ.

ހެއްކާ ބެހޭ އާ ގާނޫނު ހިނގާނެ ދާއިރާ

  • އެންމެހައި ކޯޓުތަކުގައި ހިނގާ މަދަނީ އަދި ޖިނާއީ މައްސަލަތަކުގެ މައްޗަށް
  • އެންމެހައި ޓްރައިބިއުނަލްތަކުގައި ހިނގާ މައްސަލަތަކުގެ މައްޗަށް
  • ކަމާގުޅޭ ނިސްބަތަށް، ކަމެއް ތަހުގީގުކޮށް ފިޔަވަޅު އެޅުމުގެ ބާރު ލިބިގެންވާ ދައުލަތުގެ އިދާރާތަކުން ތަހުގީގުކުރާ ނުވަތަ ފިޔަވަޅު އަޅާ މައްސަލަތަކުގެ މައްޗަށް
  • ކަމާގުޅޭ ނިސްބަތަށް، ދައުލަތުގެ އިދާރާއަކުން ތައުދީބީ ފިޔަވަޅު އެޅުމުގެ ބާރު އޮވެގެން ބަލާ މައްސަލަތަކުގެ މައްޗަށް

ބިލްގައި ހެކީގެ ތިން ބާވަތެއް ވެސް ކަނޑައަޅާފައިވެ އެވެ. އެއީ، ޝަފަހީ ހެކި, ކިތާބީ ހެކި އަދި މާއްދީ ގޮތުން ގުޅުން ހެއްކެވެ.

އޭގެ ތެރެއިން ޝަފަހީ ހެއްކަކީ، ހެކިބަސް ދޭ މީހާ ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެ ހުރެ، އެ މަޖިލީހުގައި އަނގަބަހުން ދޭ ބަޔާނެވެ. އަދި ކިތާބީ ހެއްކަކީ، ގާނޫނު ގަބޫލުކުރާ ހެކި ކަމުގައި ކަނޑައަޅާފައިވާ، ވަކި ވާގިއާއެއް ވުޖޫދުގައި އޮތްކަން ހެކިކޮށްދޭ ލިޔުމެވެ.

ކިތާބީ ހެކި ހުށަހެޅޭނީ އަންނަނިވި ދެ ގޮތަކަށެވެ. އެއީ ފުރަތަމަ ދަރަޖައިގެ ކިތާބީ ހެކީގެ ގޮތުގައި ބަލައި ޝަރީއަތަށް ހުށަހަޅާ ލިޔުމެއްގެ އަސްލެވެ. ދެވަނަ ގޮތަކީ ދެވަނަ ދަރަޖައިގެ ކިތާބީ ހެކީގެ ގޮތުގައި ބަލައި ބައެއް އިސްތިސްނާ ހާލަތްތަކުގައި މެނުވީ ޝަރީއަތަށް ބަލައިނުގަނެވޭ ހެއްކެވެ.

ތިންވަނަ ވައްތަރު ކަމަށްވާ މާއްދީ ހެކީގެ ގޮތުގައި ބަލައިގަނެވޭނީ ކިތާބީ ނުވަތަ ޝަފަހީ ހެއްކަށް ނުވާ ގޮތުގައި ހުށަހަޅާ މާއްދީ އެއްޗެކެވެ. ނުވަތަ ފޮރެންސިކް ހެއްކެއް އަދި ވަކި މެޝިނަކުން ވަކި ގޮތަކަށް ނެރެދޭ ނަތީޖާ ނުވަތަ ލިޔުން ނުވަތަ ލޮގެވެ. ފިލްމާއި، ޓޭޕާއި، ފޮޓޯއާއި އެފަދަ އެއްޗެއްސަކީ ވެސް މާއްދީ ހެއްކެވެ.

އޭގެއިތުރުން ސައިންޓިފިކް ދަލީލްތަކާއި ތަހުލީލުތަކުގެ ނަތީޖާ އާއި ކޯޓުގައި ހަދާ ނުވަތަ ދައްކާ ޑެމޮންސްޓްރޭޝަންތަކާއި އެކްސްޕެރިމަންޓުތަކާއި ގްރާފްތަކާއި ޗާޓުތަކާއި މެޝިން ބޭނުންކޮށްގެން ހަދާ ނުވަތަ ދައްކާ އެއްޗެހި ވެސް މާއްދީ ހެކީގެ ގޮތުގައި ބަލައިގަނެވޭނެ އެވެ.

ހެކި ބެސް ނެގުމުގެ ތިން މަރުހަލާއެއް

އާ ބިލްގައި ހެކި ބަސް ނެގުމުގެ މަރުހަލާތަކެއް ވުޖޫދުކޮށްފައިވެ އެވެ. އެގޮތުން ހެކި ބަސް ނެގުން ވަނީ ތިން މަރުހަލާއެއްގެ މައްޗަށް އެކުލަވާލާފަ އެވެ.

ފުރަތަމަ މަރުހަލާއަކީ އެގްޒެމިންކުރުމުގެ މަރުހަލާ އެވެ. މިއީ މައްސަލައިގައި ހެކިބަސްދޭ މީހާއާ އެ މީހާ ހުށަހެޅި ފަރާތުން ސުވާލުކުރުމުގެ މަރުހަލާ އެވެ.

ދެވަނަ މަރުހަލާއަކީ ކްރޮސް-އެގްޒެމިންކުރުމުގެ މަރުހަލާ އެވެ. މި މަރުހަލާއަކީ އެގްޒެމިނަކުރުމުގެ މަރުހަލާ ނިމުމުން، ހެކިބަސްދޭ މީހާ ދިން ހެކިބަހުގެ މައްޗަށް، އެ މީހާއާ މައްސަލައިގައި ހިމެނޭ އަނެއް ފަރާތުން ސުވާލުކުރުމުގެ މަރުހަލާ އެވެ.

ފަހު މަރުހަލާއަކީ ރީ-އެގްޒެމިންކުރުމުގެ މަރުހަލާ އެވެ. މިއީ ކްރޮސް-އެގްޒެމިންކުރުމުގެ މަރުހަލާ ނިމުމުން، މައްސަލައިގައި ހެކިބަސްދޭ މީހާ ހުށަހެޅި ފަރާތުން އެ މީހާއާ އަލުން ސުވާލުކުރުމުގެ މަރުހަލާ އެވެ.

ބިލުގެ ތިންވަނަ ބައިގެ ދަށުން، ހެކި ވަޒަންކުރުމުގެ ބައެއް އުސޫލު ތަފްސީލުކޮށްފައިވެ އެވެ. އެގޮތުން، ރައުޔުގެ އުސޫލާއި، އިހްތިމާލުގެ އުސޫލާއި، ނާދިރުވުމުގެ އުސޫލާއި އަދި އިތުބާރުގެ އުސޫލާގުޅޭ ހަމަތައް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

އަދި އިވުނު ކަމަށް ބުނާ ހެކީގެ ތެރެއިން ޝަރީއަތަށް ބަލައިގަނެވޭ ހެއްކާއި، އެއިން ހެއްކެއް ޝަރީއަތަށް ބަލައިގަނެވިދާނެ ހާލަތްތައް ބިލުގައި ތަފްސީލުކޮށްފައިވެ އެވެ.

ހެކީގެ ގޮތުގައި ހުށަނޭޅޭނެ، އިމްތިޔާޒް ލިބިގެންވާ ކަންކަން

ހެކީގެ ގޮތުގައި ހުށަނޭޅޭނެ، އިމްތިޔާޒު ލިބިގެންވާ ކަންކަން ބިލުގެ ސޯޅަވަނަ ބާބުގައި ބަޔާންކޮށްފައިވާނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން މައުލޫމާތުދެ އެވެ. އޭގެ ހިމެނެނީ ތިރީގައިވާ ކަންކަމެވެ.

  • ދެމަފިރިންގެ މެދުގައި ދެކެވޭ ވާހަކަތައް ނުވަތަ ހިއްސާކުރެވޭ މައުލޫމާތު
  • ދައުލަތުގެ އިދާރާއަކުން އުފައްދާ ނުވަތަ ގެންގުޅޭ ނުވަތަ ބަލަހައްޓަމުންދާ މައުލޫމާތުގެ ތެރެއިން، ގާނޫނެއްގެ ދަށުން ދޫކުރުން މަނާކުރެވިގެންވާ ނުވަތަ ހިފެހެއްޓިގެންވާ މައުލޫމާތު
  • ދައުލަތުގެ މުވައްޒަފަކަށް އޭނާގެ މަގާމުގެ ހައިސިއްޔަތުން ލިބިފައިވާ ސިއްރު މައުލޫމާތު (ރަސްމީ މުއާމަލާތްތައް)
  • ކުށެއް ކުރި ކަމުގެ މައުލޫމާތު ހާމަކުރާ ފަރާތް އަންގައިދޭ މައުލޫމާތު
  • ވަކީލާއި މުވައްކިލާ ދެމެދު ބަދަލުކުރެވޭ މައުލޫމާތު
  • ގާނޫނީ ލަފާދޭ މީހުންނާއެކު ކުރެވޭ މުއާމަލާތް
  • ނޫސްވެރިންނާއެކު ކުރެވޭ މުއާމަލާތު

މި ބިލް ގާނޫނަކަށް ބަދަލުވުމާއެކު، މިހާރު އަމަލު ކުރަމުންދާ ހެއްކާ ބެހޭ ގާނޫނާއި އަންހެނުންގެ ހެކި ބަހުގެ ގާނޫނު އުވިގެންދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox