ސްޓެލްކޯ ކައިރީގައި އުޅޭ މީހުންނާ އެސްއޯއީ ކޮމިޓީން ބައްދަލުކުރަނީ

ސްޓެލްކޯ އިންޖީނުގެ: އެ ސަރަހައްދުގައި އުޅޭ މީހުންގެ ހައްގުތައް ގެއްލިފައިވާ ކަމަށް އެޗްއާރްސީއެމުން ވެސް ވަނީ ބުނެފަ -- ފޮޓޯ: އާއިމް ޒަމީރު

ސްޓެލްކޯ އިންޖީނުގެ: އެ ސަރަހައްދުގައި އުޅޭ މީހުންގެ ހައްގުތައް ގެއްލިފައިވާ ކަމަށް އެޗްއާރްސީއެމުން ވެސް ވަނީ ބުނެފަ -- ފޮޓޯ: އާއިމް ޒަމީރު

ސްޓެލްކޯ އިންޖީނުގޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ގެތަކަށް، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓާޕްރައިސަސް (އެސްއޯއީ) ކޮމެޓީގެ ފަރާތުން ޒިޔާރަތް ކުރުމަށް މިއަދު ނިންމައިފި އެވެ.

މަޖިލީހުގެ ކޮމެޓީން އެގޮތަށް ނިންމީ ސްޓެލްކޯގެ ޖަނަރޭޓަރުތަކާއި ދުން ހޮޅިތަކުގެ ސަބަބުން އެ ހިސާބުގައި ދިރިއުޅޭ ރައްޔިތުންނަށް ތަފާތު ގެއްލުންވަމުންދާ ކަމަށް ބުނެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި ގަރާރުގެ މަސައްކަތް ކުރުމުގެ ތެރޭގަ އެވެ.

އެސްއޯއީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އޮތީ މުގައްރިރާއި ނައިބު މުގައްރިރު ހޮވުމެވެ. އަދި މަސައްކަތް ކުރިއަށްގެންދާ ގޮތް ވެސް ކޮމެޓީން މިއަދު ވަނީ ރާވައިފަ އެވެ.

Advertisement

އެގޮތުން ސްޓެލްކޯ، މާލޭ ޔުޓިލިޓީ ކުންފުނި، މާލޭ ސިޓީ ކައުންސިލް އާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީ ހިމެނޭ ގޮތަށް ޖުމްލަ ހަތް މުއައްސަސާއަކާ ބައްދަލު ކުރުމަށް ކޮމެޓީން ވަނީ ނިންމައިފަ އެވެ.

ކޮމިޓީގެ މުގައްރިރު، ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ ވިދާޅުވީ ސްޓެލްކޯ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރާނީ އެންމެނާ އެއްކޮށް އެއް ދުވަހެއްގައި ކަމަށެވެ. އަދި އަންނަ އާދީއްތަ ދުވަހަށް އެ ބައްދަލުވުން ބާއްވަން ވަނީ ނިންމައިފަ އެވެ.

ގަވާއިދުގައި ބުނެފައިވާ ގޮތުން ކަރަންޓު ދޭ އިންޖީނުގެ ބަހައްޓަންޖެހޭނީ މީހުން ދިރިއުޅޭ ސަރަހައްދާ އެންމެ މަދުވެގެން 200 ފޫޓު ދުރުގަ އެވެ. ނަމަވެސް ސްޓެލްކޯގެ ބައެއް އިންޖީނުތައް ހުރީ މީހުން ދިރިއުޅޭ ގެތަކާ އެއަށްވުރެ މާ ކައިރީގަ އެވެ.

ސްޓެލްކޯ އިންޖީނުގެތަކާއި ދުންހޮޅިތަކުގެ ސަބަބުން އެ ސަރަހައްދުގެ ހުންނަ ގ. ފެހިހިރި އާއި ގ. ރަސްރޯނުގައި ދިރިއުޅޭ ރައްޔިތުންގެ އަސާސީ ހައްގުތައް ގެއްލިފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ވެސް ވަނީ ބުނެފަ އެވެ.

އެ މައްސަލައިގައި ސްޓެލްކޯއިން ބުނެފައި ވަނީ މީހުން ދިރިއުޅޭ ސަރަހައްދާ ކައިރީގައި ޖަނަރޭޓަރުތައް ބަހައްޓަންޖެހުނީ މާލެއަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް މަޖުބޫރުވެގެން ކަމަށެވެ.

އެކަމަކު ސްޓެލްކޯއިން ބަހައްޓާފައި ހުރި ވަގުތީ ޖަނަރޭޓަރުތަކާއި ހުރިހާ ކުދި ޖަނަރޭޓަރުތަކެއް މިހާރު ނިއްވާލާފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ. އެގޮތުން ހުޅުމާލޭގެ ބިޔަ އިންޖީނުގެ މާލެ އަދި ހުޅުލެއާ ގުޅާލިފަހުން މިހާރު ބޭނުން ކުރަމުންދަނީ ބޮޑު ދެ ޖަނަރޭޓަރު އެކަނި ކަމަށް ވެސް ސްޓެލްކޯއިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox