ދިވެހި ކޯޗުންނަށް ހުޅުވުނު ދޮރުން ސުޒޭން ބޭނުމީ ގައުމު އެއްބައިވަންތަކުރަން

ގައުމީ ކޯޗު އަލީ ސުޒޭން: ސާފް ޗެމްޕިއަންޝިޕާ މެދު ސުޒޭންގެ އުއްމީދު ބޮޑު.-- އަދަދު ފޮޓޯ: ހުސެއިން ޝަޔާހު -- އަދަދު ގްރެފިކްސް: އަހުމަދު އިހުސާން

ގައުމީ ކޯޗު އަލީ ސުޒޭން: ސާފް ޗެމްޕިއަންޝިޕާ މެދު ސުޒޭންގެ އުއްމީދު ބޮޑު.-- އަދަދު ފޮޓޯ: ހުސެއިން ޝަޔާހު -- އަދަދު ގްރެފިކްސް: އަހުމަދު އިހުސާން

އަންނަ އޮކްޓޫބަރު މަހު މާލޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަކީ ގައުމު އެއްބައިވަންތަ ކުރަން އަނެއްކާ ވެސް ލިބިގެންދާ ފުރުސަތެއް ކަމަށާއި ދިވެއްސަކު ގައުމީ ކޯޗުގެ މަގާމު މަސައްކަތް ކުރަން ފުރުސަތު ލިބިގެން ދިއުމަކީ ހުރިހާ ދިވެހި ކޯޗުންނަށް ހުޅުވުނު ދޮރެއް ކަމަށް ގައުމީ ޓީމުގެ ކޯޗުކަމާ ދާދި ފަހުން ހަވާލުވި އަލީ ސުޒޭން ބުނެފި އެވެ.

ގައުމީ ޓީމުގެ ކޯޗުގެ މަގާމުގައި ކުރިން ހުރި ނެދަލެންޑްސްގެ މާޓިން ކޫޕްމަންގެ ކޮންޓްރެކްޓް އުވާލުމަށް ފަހު އެފްއޭއެމްގެ ލީޑަޝިޕުން ނިންމީ ސާފް ޗެމްޕިއަންޝިޕްގައި ކޯޗިން ޓީމު ވެސް ދިވެހި ކުރުމުގެ ގޮތުން ގައުމީ ކޯޗުގެ މަގާމަށް ދިވެއްސަކު ހަމަޖައްސާށެވެ. އެ ގޮތުން ވަގުތީ ކޯޗަކަށް ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗު ސުޒޭން ހަމަޖެއްސި އެވެ. އޭނާ ކުރިން ހުރީ ކޫޕްމަންގެ އެސިސްޓަންޓް ކޯޗަކަށެވެ.

"އަދަދު" އަށް ދިން އިންޓަވިއުއެއްގައި ސުޒޭން ބުނީ މި ފުރުސަތު ދިނުމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ޝުކުރު އަދާކުރަން ބޭނުންވާ ސަބަބަކީ ދިވެހިންނަށް އިތުބާރު ކުރުމުން ކަމަށެވެ.

"އަޅުގަނޑަށް މަގާމު ހަވާލުކުރީމަ އެކަންޏެއް ނޫން ދިވެހި ކޯޗުންނާ ދޭތެރޭ އެފްއޭއެމްގެ އެ އޮތް ޔަގީންކަން. އެ ހާމަ ވެގެން ވަރަށް ރަނގަޅަށް ގޮސްފި. މިއީ ހަމަގައިމު ވެސް ރަނގަޅު ފާލެއް ކުރިއަށް އޮތްތަނުގައި ދިވެހި ކޯޗުން ކުރިއަށް ދިއުމުގައި ބޮޑު މޯޓިވޭޝަނަކަށް ވާނެ،" ސުޒޭން ބުންޏެވެ.

އެންމެ ފަހުން ގައުމީ ކޯޗެއްގެ ގޮތުގައި ވަގުތީ ގޮތުން ނަމަވެސް ދިވެއްސަކު ފެނުނީ 2016 ވަނަ އަހަރު އެވެ. އެއީ އޭޝިއަން ކަޕް ކޮލިފައިންގައި ޔަމަނާ ދެކޮޅަށް ކުޅުނު މެޗެއްގަ އެވެ. އެ މެޗުގައި ގައުމީ ޓީމުގެ ހެޑް ކޯޗެއްގެ ޒިންމާ އުފުލީ އިސްމާއިލް މަހްފޫޒް (އިންމަ) އެެވެ. އިންމަ ވަނީ ސުޒޭންގެ އެސިސްޓަންޓް ކޯޗަަކަށް ހަމަޖައްސައިފަ އެވެ.

މިދިޔަ ޖޫން މަހު ވޯލްޑް ކަޕް ކޮލިފައިން މެޗެއްގެ ތެރެއިން ސުޒޭން.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ތޭވީސް އަހަރުން ދަށުގެ ގައުމީ ޓީމުގެ ހެޑް ކޯޗަކަށް ވެސް ދާދި ފަހުން ހަމަޖެއްސި ސުޒޭން ބުނީ ސީނިއާ ޓީމުން ދިވެހިންނަށް މި ލިބުނު ފުރުސަތަކީ ދިވެހި ކޯޗުންނަށް ހުޅުވިގެން ދިޔަ ބޮޑު ދޮރެއް ކަމަށާއި މަގާމުގައި އޭނާ ހުއްޓަސް ކުރިއަށްދާނީ ހުރިހާ ދިވެހި ކޯޗުންގެ އެއްބާރުލުމާ އެހީތެރިކަމާ އެކުގައި ކަަމަށެވެ.

"އެއީ ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެކި ފެންވަރުތަކުގެ ގައުމީ ޓީމުތަކުގައި ދިވެހި ކޯޗުންނަށް ފުރުސަތު ހުޅުވިގެންދާނެ ކަމެއްގެ ގޮތުގައި ދެކެނީ. ވަރަށް އުފަލާ އެކު ހުރިހާ ދިވެހި ކޯޗުންގެ ވެސް ތާއީދާ އެއްކޮށް މި މަގާމު ބަލައިގަތީ. އަޅުގަނޑު އަދި ހެޑް ކޯޗަކަށް ހުރި ކަމުގައި ވިޔަސް އެންމެން އެއްކޮށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި މި ރާއްޖޭގައި މި އޮންނަ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުން ބޭނުމަކީ،" ސުޒޭން ބުންޏެވެ.

ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ރާއްޖޭން އެންމެ ފުރަތަމަ ހޯދީ 2008 ވަނަ އަހަރު ސްރީލަންކާ އާއި ރާއްޖޭގައި ބޭއްވިއިރު، ރާއްޖޭން ދެ ވަނަ ފަހަރަށް ސަރަހައްދުގެ ޗެމްޕިއަންކަން ހޯދީ އެންމެ ފަހުން 2018 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި މުބާރާތުގަ އެވެ. ރާއްޖެ އަކީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނެވެ.

ސުޒޭން ބުނީ ތަށި ދިފާއުކުރުމުގެ އަމާޒުގައި މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ސްކޮޑު އެކުލަވާލުމުން މީޑިއާ އަށް އަދި ފުޓްބޯޅައިގެ އެންމެންނަށް ވެސް ހާމަވެގެންދާނެ އެއް ކަމަކީ ސްކޮޑު ނެގުމުގައި ގެންގުޅޭ މިންގަނޑު ރަނގަޅުވުން ކަމަށެވެ.

"ރާއްޖޭގައި ނެގެން އޮތް އެންމެ ވަރުގަދަ ގައުމީ ޓީމުކަން އަޅުގަނޑުމެން މި ނަގަނީ. އޭގެއިން ވެސް ވަރަށް ބޮޑު އެއްބައިވަންތަ ކަމެއް އުފެދިގެންދާނެ ފުޓްބޯޅަ އާއިލާ ތެރޭގައި ވެސް ހުރިހާ ދިވެހިން ތެރޭގައި ވެސް،" ސުޒޭން ބުންޏެވެ.

"ސްކޮޑު އަޅުގަނޑުމެން ނަގާނީ މި ވަގުތު ނެގެން އޮތް އެންމެ ރަނގަޅު ކުޅުންތެރިން. ވަކި އުމުރުފުރާ އަކަށް ބެލުމެއްނެތި ވަކި ކްލަބެއް ވަކި ތަޖުރިބާއެއް ބެލުމެއް ނެތި އެންމެ ރަނގަޅަށް ކުޅޭ ކުޅުންތެރިންގެ ސްކޮޑެއް،"

އެފްއޭއެމުން ވަނީ ދާދި ފަހުން 2023/2024 އަށް މުޅި ރާއްޖެ އަށް ދިވެހި ޕްރިމިއާ ލީގު ފުޅާކުރަން ޕްލޭން އިއުލާނުކޮށްފަ އެވެ. ސުޒޭން ބުނީ އެ ޕްލޭން އިއުލާނުކުރުމުން ވެސް ދިވެހި ފުޓްބޯޅައިގެ ފޯރިއަށް ރަނގަޅު ކަންކަން ފާހަގަކުރެވުނު ކަމަށެވެ. އަދި އެހެން އެކަން ކުރިއަށް ދަނިކޮށް ރާއްޖޭގައި ސާފް ޗެމްޕިއަންޝިޕް ބޭއްވުމުގެ ފުރުސަތު ލިބުމުން އިތުރަށް ދިވެހި ފުޓްބޯޅައިގެ ފޯރިގަދަ ކުރަން ފުރުސަތު ލިބޭނެ ކަމަށް ސުޒޭން ގަބޫލުކުރެ އެވެ.

"ސާފް ޗެމްޕިއަންޝިޕް ބޭއްވުމުގެ ފުރުސަތު ލިބުން މިއީ ފުޓްބޯޅައިގައި މި އޮތް ރޫހު ނޫނީ އަޅުގަނޑުމެންގެ ގައުމުގައި މިހާރު އޮތް ތަފާތު ހިޔާލުތަކުގެ ތެރެއިން އެއް ރޫހެއްގައި އެންމެން ނުކުމެ އެއްބައިވަންތަކަން ގެންނަން ވަރަށް ރަނގަޅު ޕްލެޓްފޯމެއް. އިރާދަކުރެއްވިއްޔާ އެކަން ފެނިގެންދާނެ ސާފް ޗެމްޕިއަންޝިޕް ނިމިގެންދާއިރު،" ސުޒޭން ބުންޏެވެ.

ފަސް ގައުމުގެ މެދުގައި މި ފަަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުރިއަށްދާއިރު، މެޗުތައް އޮންނާނީ އޮކްޓޫބަރު 1-13 އަށެވެ.

ރާއްޖޭން ކުޅޭ ފުރަތަމަ މެޗުގައި އޮކްޓޫބަރު މަހު އެއް ވަނަ ދުވަހު ކުޅޭނީ ނޭޕާލާ ދެކޮޅަށެވެ. ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި އޮކްޓޫބަރު މަހުގެ ހަ ވަނަ ދުވަހުގެ ރޭ ބައްދަލުކުރާނީ ބަންގްލަދޭޝްއާ އެވެ. އޭގެ ދެ ދުވަސް ފަހުން އޮކްޓޫބަރު އަށް ވަނަ ދުވަހު ހަވީރު ސްރީ ލަންކާއާ ކުޅޭނެ އެވެ. އަދި ފަހު މެޗުގައި އޮކްޓޫބަރު 11 ވަނަ ދުވަހުގެރޭ ބައްދަލުކުރާނީ އިންޑިއާއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox