ބަލަންވީ ތާލިބާނުން ދައްކާ ވާހަކައަކަށް ނޫން، ހިންގާ އަމަލުތަކަށް: ޔޫކޭ

އިނގިރޭސި ވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަން.--

އިނގިރޭސި ވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަން.--

ލަންޑަން، އިނގިރޭސި ވިލާތް (އޯގަސްޓު 18) - އިނގިރޭސި ވިލާތުން އަފްގާނިސްތާނުގެ ތާލިބާން ސަރުކާރާ މެދު ގޮތެއް ނިންމާނީ ހިންގާ އަމަލުތަކަށް ބަލައިގެން ކަމަށް އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެ އެވެ.

އަފްގާނިސްތާނުގެ ހާލަތާ ގުޅިގެން ޕާލިމެންޓު މެމްބަރުންގެ ޗުއްޓީ ކުރުކޮށްލުމަށް ފަހު ބޭއްވި ކުއްލި ބައްދަލުވުމުގައި ބޮރިސް ވިދާޅުވީ އަފްގާން ފަސްގަނޑު ދޫކޮށް ފައުޖުތައް ދިޔުމުގައި އިނގިރޭސި ވިލާތުން އަމަލު ކުރީ ރަނގަޅަށް ކަމަށެވެ.

އިނގިރޭސި ވިލާތުގެ 306 ރައްޔިތުން ރައްކާތެރިކަމާ އެކު އަނބުރާ ގައުމަށް ގެނެސްފައިވާ ކަމަށާއި "ރީސެޓްލްމަންޓް ޕްރޮގްރާމް" ގެ ދަށުން އަފްގާނިސްތާނުގެ 2،052 ރައްޔިތުންނަށް އިނގިރޭސި ވިލާތަށް ދިރިއުޅުން ބަދަލުކުރެވޭ ގޮތް ހަދާފައިވާ ކަމަށް ބޮރިސް ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި އިތުރު 2،000 އަށް ވުރެ ގިނަ އަފްގާން ރައްޔިތުން އެ ޕްރޮގްރާމްގެ ދަށުން ފޯމު ހުށަހަޅާފައިވާ ކަމަށާއި އަދިވެސް އެތައް ހާސް ބަޔަކަށް އިނގިރޭސި ވިލާތުގައި އުޅުމުގެ ފުރުސަތު ދޭނެ ކަމަށެވެ.

"އިނގިރޭސި އޮފިޝަލުން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން ދަނީ މި އުނދަގޫ ހާލަތުގައި އަފްގާނިސްތާން ދޫކޮށް ދެވެން އޮތް ދޮރު ހުޅުވާފައި ބެހެއްޓުމަށް އަދި ރީސެލްޓްމަންޓް ޕްރޮގްރާމަށް ޝަރުތު ހަމަވާ, ނަމަވެސް ފޯމު ހުށަހަޅާފައި ނުވާ މީހުން ދެނެގަނެ އެ މީހުންނަށް އެ ފުރުސަތު ފަހިކޮށްދޭން,"

ތާލިބާންގެ ވެރިކަމެއްގައި އަފްގާނިސްތާނުގައި އުޅެން ޖެހިލުންވާ ރައްޔިތުންނަށް އިނގިރޭސި ވިލާތުގައި އުޅެވޭނެ މަގުފަހިކޮށްދޭ ހާއްސަ ޕްރޮގްރާމް އިއުލާނު ކުރީ މިދިޔަ އަންގާރަ ދުވަހު އެވެ. އެންމެ ފުރަތަމަ އެ ފުރުސަތު ދޭނީ 5،000 އަފްގާން ރައްޔިތުންނަށެވެ. ދިގު މުއްދަތުގައި 20،000 އަފްގާން ރައްޔިތުންނަށް އެ ފުރުސަތު ލިބޭނެ އެވެ.

އިނގިރޭސި ސަރުކާރުން ބުނީ އިސްކަންދޭނީ އަފްގާނިސްތާނުގައި ދިރިއުޅުމަށް ނުރައްކާ އޮތް މީހުންނަށް ކަމަށެވެ. އެއީ އަންހެނުންނާއި ކުޑަ ކުދިން އަދި ފިލަން މަޖުބޫރުވެފައިވާ އެކި ދީންތަކުގެ މައިނޯރިޓީ މީހުންނެވެ. އެ އެންމެންނަށް ވެސް މުއްދަތެއް ނެތް ގޮތަށް އިނގިރޭސި ވިލާތުގައި އުޅެވޭނެ އެވެ.

އެ ޕްރޮގްރާމް ހިންގަނީ ސީރިއާގެ 20،000 ރެފިއުޖީންނަށް އިނގިރޭސި ވިލާތަށް ހިޖުރަ ކުރަން ފުރުސަތު ދޭން 2014 ވަނަ އަހަރުން ފެށިގެން ހިންގަމުންދާ ޕްރޮގްރާމް އަސްލަކަށް ބަލައިގެންނެވެ.

އަފްގާނިސްތާނުގައި ތިބި މީހުން އަނބުރާ ގައުމަށް ގެނައުމަށް 900 އެއްހާ އިނގިރޭސި ސިފައިން ދަނީ ކާބުލްގައި ހަރަކާތްތެރިވަމުންނެވެ.

ޕާލިމެންޓުގައި ބޮރިސް އަށް ކުރިމަތިވެވަޑައިގެންނެވި އެންމެ ހޫނު ސުވާލުތައް ގުޅިފައި ވަނީ އެމެރިކާ އާއި ނޭޓޯގެ ސިފައިން އަފްގާން ފަސްގަނޑު ދޫކޮށް ދިޔުމުގެ ނާކާމިޔާބީއާ އެވެ. ބޮރިސް ނިސްބަތްވެވަޑައިގަންނަވާ ކޮންޒަވޭޓިވް ޕާޓީން ވެސް އެ ސުވާލުތައް ފެންމަތިކުރި އެވެ.

ބޮރިސް ވިދާޅުވީ އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި ހުޅަނގުގެ އެހެން ގައުމުތަކުގެ ވެރިންނާ މަޝްވަރާ ކުރުމަށް ފަހު، ތާލިބާން ވެރިކަން މި ވަގުތު ބަލައިގަތުމަކީ ހެދޭނެ ގޯހެއް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

"އަފްގާނިސްތާނުގެ ކުރިމަގާ މެދު ކަންބޮޑުވާ ގައުމުތަކުން އެކުގައި މަސައްކަތްކޮށް، އާ ސަރުކާރުގެ އަމަލުތައް ވަކި ގޮތަކަށް ބަހައްޓަން ޝަރުތުކުރަން ޖެހޭ. އެ ސަރުކާރު ބަލައިގަތުމާ މެދު ގޮތް ނިންމޭނީ އޭގެ ފަހުން،"

"މި ސަރުކާރާ މެދު އަޅުގަނޑުމެން ގޮތް ނިންމާނީ އަމަލުތަކަށް ބަލައިގެން، ދައްކާ ވާހަކަތަކެއް އަޑު އަހައިގެންނެއް ނޫން. ޓެރަރިޒަމާއި ކުށްތަކާއި ޑްރަގް އަދި އިންސާނީ އެހީ އާއި އަންހެން ކުދިންގެ ތައުލީމު ލިބިގަތުމުގެ ހައްގާ މެދު އެ ސަރުކާރުން އަމަލު ކުރާ ގޮތަށް ބަލައިގެން."

މިދިޔަ އަންގާރަ ދުވަހު ތާލިބާނުން ވައުދުވީ އަފްގާނިސްތާނުގައި ބަދަލު ހިފުމުގެ އެއްވެސް ހަރަކާތެއް ނުހިންގުމަށާއި އަންހެނުންގެ ހައްގުތަކަށް އިހްތިރާމް ކުރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox