ލިޔުންތައް ކިޔަން ނޭނގިގެން ނިހާންގެ ޝަރީއަތް ކުރިއަށް ނުދިޔަ

މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި ނިހާން: އަޑުއެހުން ކުރިއަށް ނުގެންދެވުނު.

މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި ނިހާން: އަޑުއެހުން ކުރިއަށް ނުގެންދެވުނު.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތުހުމަތުގައި ބޮޑެތި ދައުވާތަކެއް އުފުލާފައިވާ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކުއާ ދެކޮޅަށް ހުރި ލިޔެކިޔުންތަކެއް ކިޔަން ނޭނގުމުން ޝަރީއަތުގެ އަޑުއެހުން ކުރިއަށް ނުގެންދެވި ހުއްޓާލަން ޖެހިއްޖެ އެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މެދުވެރިކޮށް ރިޝްވަތު ނަގައި، އެ ފައިސާ ލޯންޑާކޮށްފައިވާ ކަމުގެ ތުހުމަތަށް ނިހާންގެ މައްޗަށް ހަ ދައުވާއެއް ކުރެ އެވެ. އެއީ މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ތިން ދައުވާއަކާއި ރިޝްވަތު ލިބިގަތުމަށް އެދުމުގެ ދެ ދައުވާއެކެވެ.

މި ދައުވާތައް ސާބިތުވެއްޖެނަމަ ނިހާންގެ މައްޗަށް ބޮޑު ޖަލު ހުކުމެއް އަންނާނެ އެވެ.

Advertisement

ސިޔާސީ މައިދާނަށް ދުރަށް ޖެހިފައިވާ މަޖިލީހުގެ ކުރީގެ މެޖޯރިޓީ ލީޑަރުގެ މައްޗަށް ދައުވާތައް އިއްވުމަށާއި ޖަވާބުދާރީވުމަށް މިއަދު ހެނދުނު ކުރިމިނަލް ކޯޓުގައި އަޑުއެހުން ތާވަލުކުރި އެވެ. އެ އަޑުއެހުން ފައްޓަވައި މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް އެންގެވީ ނިހާންގެ މައްޗަށް ދައުވާތައް ދައުލަތުން އިއްވުމަށެވެ.

ނަމަވެސް، ނިހާންގެ ވަކީލް ހުސްނީމުބާރަކު އަތް ނަންގަވައި ފުރުސަތަކަށް އެދުނެވެ. އެ ފުރުސަތުގައި ވަކީލް ފާހަގަ ކުރެއްވީ ނިހާންގެ މައްޗަށް ހުށަހަޅާފައިވާ ލިޔުންތައް ނުސާފު ކަމާއި އެ ކިޔަން ނޭނގޭ ކަމެވެ.

ދައުލަތުން މީގެ ކުރިން ވަނީ ލިޔުންތަކުގެ ހާޑް ކޮޕީތައް ނިހާންއަށް ރައްދުކޮށްފަ އެވެ. އަދި އެ ލިޔުންތައް ނުސާފު ކަމަށް އޭރު ދިފާއުން ފާހަގަކުރުމުން ދައުލަތުން ސިޑީއަކަށް އަޅާފައި އެ ފަރާތުން އެދުނު ލިޔުންތައް ފޯރުކޮށްދިނެވެ. ނަމަވެސް، ވަކީލް ހުސްނީމުބާރަކު ވިދާޅުވި ގޮތުގައި ސޮފްޓް ކޮޕީ ހޯދަން އެދުނު ހުރިހާ ލިޔެކިޔުމެއް ސީޑީގައި ނެތެވެ.

އެކަމަކު ދައުލަތުގެ ވަކީލް ޝާމާ ނަސީރު ވިދާޅުވީ ނިހާންގެ ފަރާތުން އެދުނު ހުރިހާ ލިޔުމެއް ސީޑީގައި ހުންނާނެ ކަމަށެވެ. އަދި، އެ ފަރާތުން އަދިވެސް އެދޭނަމަ، ސޮޕްޓް ކޮޕީތައް ފޯރުކޮށްދެވިދާނެ ކަމަށެވެ. ނަމަވެސް، މައްސަލާގައި ކުރިން ވެސް ހުރިހާ ލިޔެކިޔުމެއްގެ ހާޑް ކޮޕީ ނިހާންއާ ހަވާލުކޮށްފައިވާތީ، ލިޔުންތައް ނުލިބިގެން ޝަރީއަތުގެ އަޑުއެހުން ކުރިއަށް ނުގެންދެވޭނެ ހާލަތެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވަކީލް ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލުގެ އެ ވާހަކަތަކަށް ރައްދު ދެއްވީ ނިހާންގެ ވަކީލް އަހުމަދު ޝާފިއު އެވެ. އޭނާ ވިދާޅުވި ގޮތުގައި ދައުވާތަކަށް ޖަވާބުދާރީވުމަށް އެކަށީގެންވާ ފުރުސަތާއި ވަސީލަތްތައް ލިބުމަކީ ގާނޫނު އަސާސީން ކަށަވަރުކޮށްފައިވާ ހައްގެކެވެ. އެހެންކަމުން، އެ ލިޔުންތަކެއްގެ މައްޗަށް ބިނާކޮށް ދައުވާއަށް ޖަވާބުދާރީވާން ޖެހޭ ލިޔުންތަކެއް ވާންވާނީ ސާފު، ކިޔަން އެނގޭ ލިޔުންތަކަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި، އެކަމަކީ ލިޔުންތައް ދައުވާ ލިބޭ ފަރާތަށް ލިބިފައިވޭތޯ ޝަރީއަތުން ކަށަވަރު ކުރާއިރު ބަލަން ޖެހޭނެ ކަމެއް ކަމަށް ވެސް ޝާފިއު ވިދާޅުވި އެވެ.

"ނުސާފު ދައުލަތަށް ވެސް ޔަގީން ނުވާ ލިޔުންތަކެއް ހުށަހަޅައިގެން ދިފާއުވާން ޖެހުމަކީ އެންމެ ބޮޑު ހައްގު ނިގުޅައިގަތުން،" ޝާފިއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ސާފު ނުވާ ލިޔުންތައް މައްސަލައިން އުނިކުރަން ޖެހެ އެވެ.

މިއަދުގެ އަޑުއެހުމުގެ ތެރެއިން
މިއަދުގެ އަޑުއެހުމުގެ ތެރެއިން

މިއަދުގެ އަޑުއެހުމުގެ ތެރެއިން

އެއާއެކު ގާޒީ އަލީ އާދަމް ދައުލަތާ ސުވާލެއް އަމާޒު ކުރެއްވި އެވެ. ގާޒީ އެއްސެވީ "ހާޑް ކޮޕީތައް ވެސް ނުސާފީތޯ؟" އެވެ.

ޖަވާބުގައި ދައުލަތުގެ ވަކީލް ވިދާޅުވީ ލިޔުންތަކުގައި ހުރި އެއްޗެއް ކިޔަން އެނގޭ ކަމަށާއި ކިޔަން ނޭނގޭ ވަރަށް ހުރި ލިޔުމެއް ނެތް ކަމަށެވެ.

އިތުރަށް ވަކީލް ޝާމާ ވިދާޅުވީ ދައުލަތަށް ހުށަހަޅޭނީ ދައުލަތަށް ލިބިފައިވާ ލިޔުންތަކެއް ކަމަށާއި އަދި ލިބިފައިވާ ލިޔުންތަކެއް އިތުރަށް ސާފުކޮށް ނުދެވޭނެ ކަމަށެވެ.

ދައުލަތަށް ރައްދު ދެއްވަމުން ވަކީލް ހުސްނީމުބާރަކު ވިދާޅުވީ ލިޔުންތައް ނުސާފު ކަމާއި ކިޔަން ނޭނގޭ ކަމަށް ބުނަނީ ބަހާނާއެއްގެ ގޮތުން ޝަރީއަތް ލަސްކުރުމަށް ނޫން ކަމަށާއި ހަގީގަތުގައި ވެސް ލިޔުންތަކުގައި ހުރި އެއްޗެއް ސާފުނުވާ ކަމަށެވެ.

އެއާއެކު ގާޒީ އަލީ އާދަމް ނިންމެވީ މިއަދުގެ އަޑުއެހުން ކުރިއަށް ނުގެންދިޔުމަށެވެ. އަދި ތިން ދުވަހުގެ ތެރޭ މައްސަލާގެ ހުރިހާ ލިޔެކިޔުމެއްގެ ހާޑް ކޮޕީ ނިހާންއަށް ފޯރުކޮށްދިނުމަށް އެންގެވި އެވެ.

މިއަދުގެ އަޑުއެހުން އޮންލައިންކޮށް ކުރިއަށް ގެންގޮސްފައިވާއިރު ނިހާންގެ ފަރާތުން އަދި ދައުލަތުން ވެސް ވަނީ ކޯޓަށް ހާޒިރުވެ އެ މައްސަލާގެ ޝަރީއަތް ކުރިއަށް ގެންދާ ގޮތަށް ހަމަޖެއްސުމަށް އެދިފަ އެވެ. އެހެންވެ، ގާޒީ ވެސް ވަނީ އެގޮތަށް ނިންމަވާފަ އެވެ.

އޭގެ އިތުރުން އަޑުއެހުން ނިންމާލައްވަމުން ގާޒީ އަލީ އާދަމް ވިދާޅުވީ ތަންތަނުން ހުށަހަޅާ ލިޔުންތައް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އެއީ ކިޔަން އެނގޭ ސާފު ލިޔުންތަކެއްތޯ ބެލުމަށްފަހު ބަލައިގަތުމަށް އެދޭ ކަމަށެވެ. އަދި، މި މައްސަލާގައި ލިޔުންތަކަކީ ކިޔަން އެނގޭ ފަދަ ލިޔުންތަކެއްތޯ ޝަރީއަތުން ވެސް ސާފު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ނިހާންގެ މައްޗަށް މިއަދު ވެސް ދައުވާ އިއްވިފައިނުވާއިރު، ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް މީގެކުރިން މައުލޫމާތު ދެއްވާފައިވާ ގޮތުން މި މައްސަލާގައި ނިހާންގެ ރޮލެކްސް ގަޑިއަކާއި ލަކްޒަރީ އެޕާޓްމެންޓެއް ނަގައިދޭން ވަނީ އެދިފަ އެވެ. ނިހާން މިހާރު ވެސް ދިރިއުޅުއްވަނީ ހުޅުމާލޭގައި ހުންނަ އެޕާޓްމެންޓްގަ އެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތުހުމަތު އޭރުގެ ސިޔާސީ ގޮތުން ނުފޫޒުގަދަ ނިހާންގެ މައްޗަށް ކުރެވޭއިރު އޭނާގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓާފަ އެވެ.

ނިހާންގެ މައްޗަށް ދައުވާ އުފުލައި، ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނި ގޮތުގައި ވިލިމާލެ ދާއިރާގެ މެންބަރުކަމުގައި އަދި މާލިއްޔަތު ކޮމެޓީގެ މުގައްރިރުގެ މަގާމުގައި ހުރިއިރު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަރިހު ރިޝްވަތަށް އެދި، ރިޝްވަތު ގަބޫލުކޮށްފައިވެ އެވެ.

އަދި، ނިހާންއަށް ލިބިފައިވާ އެއްވެސް ފައިސާއެއް ލިބުނުކަން އޭނާ 2014 އިން ފެށިގެން 2019 އާ ދެމެދު ހުށަހަޅާފައިވާ މާލީ ބަޔާންތަކުގައި ހިމަނާފައިނުވާކަން ވެސް ޕީޖީ އޮފީހުން ފާހަގަކޮށްފައިވެ އެވެ.

މިހާރު ޖުމްހޫރީ ޕާޓީގެ އާންމު މެންބަރެއްގެ ގޮތުގައި ހުންނެވި ނިހާން ވަނީ އޭނާގެ މައްޗަށް ކުރެވޭ ހިޔާނާތުގެ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox