"މެސީ"ގެ ކަކޫ ހަލާކުވި މާޒީ އާއި ޓާފުން ދުވާފަރަށް ގެނުވި އުފާވެރިކަން

ދުވާފަރުގެ ރީތި ޓާފު ދަނޑުގައި ފުޓްބޯޅަ ކުޅެނީ

ދުވާފަރުގެ ރީތި ޓާފު ދަނޑުގައި ފުޓްބޯޅަ ކުޅެނީ

ރ. ދުވާފަރުގެ ކުޅިވަރު ދަނޑުގެ ބައެއްގައި ސިންތެޓިކް ޓާފުން ގަދަ ފެހިކަން ގެނެސްދީފައި އޮތް ރީތި ފުޓްބޯޅަ ކޯޓުގެ "ސެންޓަ ސްޕޮޓް" ގައި ހުރެ ފާތުމަތު މިއުޝާ، ނުވަތަ އަތޮޅުގެ އެންމެންގެ މަޝްހޫރު ނަމުން ނަމަ މެސީ، މިވާހަކައެއް ފަށައިގެން ނިންމީ ވެސް މި ދަނޑެއްގެ ވާހަކަ އިންނެވެ. އެއީ އޭނާގެ "ހެޕީ ގްރައުންޑް" އެވެ.

ރީތި ޓާފް ދަނޑެއްގެ ކުލަ އިހަށް ދުވަހު ޖެހުނަސް، އެ ދަނޑުގެ ވެލިގަނޑުގައި އޭނާގެ ލެޔާއި ދަލުގެ ތެތްކަން އަދިވެސް އެބަހުއްޓެވެ. ދަނޑު މެދުގައި ރާޅު ރާޅަށް އުފުލިފައި ހުރި ކުދި ގާތަކުގައި އަޅައިގަނެފައި ވެއްޓޭ ބޮނޑީގައި ކުދިންގެ ރޯ ރުއިމާއި، ވާރެއިން ރެކިގެން ދަނޑުމަތީގައި ބާއްވާ ހަރަކާތްތަކުގައި ބޯ ހިރަފުހުގެ ތެރެއަށް ގަހަނާ ގެއްލުމާއި މިހެން ގޮސް މިކަހަލަ ކިތަންމެ ހާދިސާއެއްގެ ކަޅާއި ހުދުގެ މަންޒަރުތަކެއް އެ ދަނޑުގައި އޭނާ ތަޖުރިބާކުރި މާޒީގެ ހަނދާނުގައި ހަރުލާފައި ވެއްޖެ އެވެ. އެ ހުރިހާ ހަރުކަށި ކަމަކާ އެކު ވެސް، އެންމެ ފޮނި ހުވަފެނުގެ ބިންގާ އޭނާ އެޅީ އެ ދަނޑު މަތީގަ އެވެ. އެއީ އޭނާ އަށް މުހިއްމު ތަނެކެވެ. އޭނާ ފަދައިން ފުޓްބޯޅައިގެ ހުވަފެން ދެކޭ އެރަށުގެ އެތައް ޒުވާނުން ތަކަކަށް އެ ދަނޑު މުހިއްމުކަން ބޮޑެވެ.

މެސީ: އޭނާ އަކީ ފުޓްބޯޅައަށް އާދަޔާ ހިލާފަށް މޮޅު ކުއްޖެއްގެ ގޮތުގައި ދުވާފަރާއި އަތޮޅު ރަށްތަކުގައި ވެސް މަޝްހޫރު ކުއްޖެއް

Advertisement

"ދަނޑުގައި ޓާފް އެޅިގެން ދިޔައިމަ އެއީ އަޅުގަނޑުމެންގެ އުންމީދު އާވާ ކަމެއް. އެ ދަނޑު މަތިން ފުޓްބޯޅައިގެ ކެރިއަރު ފަށައިގެން ރަށާއި އަތޮޅު ފެންވަރުގައި ގިނަ ކާމިޔާބީތަކެއް އަޅުގަނޑަށް ލިބިއްޖެ. ޓާފް ދަނޑާއެކު ދެން އިރާދަކުރެއްވިއްޔާ އަމާޒު ކުރާނީ ގައުމީ ފެންވަރުގެ ކުޅުންތެރިއަކަށް ވާން،" ދުވާފަރާއި އަތޮޅު މުބާރާތްތަކުން ވެސް އެއްވަނަ ހޯދަމުން އަންނަ ވިހި އަހަރުގެ އަންހެން ފުޓްބޯޅަ ކުޅުންތެރިޔާ މެސީ ބުންޏެވެ.

ދުވާފަރުގެ މައި ދަނޑު
ދުވާފަރުގެ މައި ދަނޑު

:ދުވާފަރުގެ މައި ދަނޑު: ގަލޮޅު ދަނޑަށް ވުރެ ޖާގަ ބޮޑު މި ދަނޑުގެ ބައެއްގައި ޓާފް އެޅިގެން ދިއުމަކީ ރަށުގެ ޒުވާމުންނަށް ލިބުނު ބޮޑު އުފަލެއް

"އަޅުގަނޑު ހަނދާންވޭ ދަނޑުގެ ބިންގަނޑު އެކި ގޮތް ގޮތަށް އޮންނާތީ ކުޅޭ އިރު ވަރަށް އަނިޔާ ވާނެ. ވެއްޓި ކަކޫ ހަލާކުވާ ކޮންމެ ފަހަރަކު ނުކުޅެވި ހަފްތާއެއް ވަރު ދާނެ."

ސްކޫލް ދައުރުއްސުރެ ފުޓްބޯޅަ ކުޅެންފެށި ގޮތަށް ހަފްތާ ބަންދު ތަކުގައި ވެސް ދަނޑަށް ފުޓްބޯޅަ ކުޅެންދާ މެސީ އުފާވަނީ އެ ޓާފް ދަނޑާ އެކު އޭނާ އަށް ރަށުގައި ހުރެގެން އުންމީދުކުރާ ފެންވަރަށް ޕްރެކްޓިސްކުރެވޭނެ މަގު ފަހިވެގެން ދިޔައިމަ އެވެ.

މާޝާ މުހައްމަދު:  ގައުމީ ފެންވަރުގެ ފުޓްބޯޅަ ކުޅުންތެރިއަކަށް ވުމުގެ އަޒުމުގައި ހުރި 22 އަހަރުގެ މާޝާ އަށް ވެސް ލިބިފައިވަނީ ދަނޑުގައި ޓާފް އެޅުމުން ބޮޑު އުފަލަކާއި ހިއްވަރެއް

އެކަމަކު މި އުފާވެރިކަން 4500 އަށްވުރެ ގިނަ މީހުންގެ ރައްޔިތެއް އޮންނަ ދުވާފަރުގައި އީދެއް ހެން ފާހަގަކުރާ މާ ބޮޑު އެހެން ސަބަބެއް އެބަ އޮތެވެ.

އަބްދުއްސަލާމް ސާ: އޭނާގެ ނަޒަރުގައި ރަށުން މިހާރަށްވުރެ މާ މޮޅެތި ފުޓްބޯޅަ ކުޅުންތެރިން ތަކެއް ޓާފް ދަނޑުތަކާ އެކު އުފެދިގެންދާނެ

"ބޮޑު ދަނޑުގެ ޓާފް އެޅުން ހަމަޖެހިގެން، އެ ޓާފް ރަށާ ހަމައަށް އައި އިރު ރަށުގެ ޕްރައިމަރީ ސްކޫލާއި ސެކަންޑްރީ ސްކޫލުގެ ގޯތިތެރޭގައި އޮންނަ ޕްލޭ ގްރައުންޑް ގައި ވެސް ޓާފް އެޅޭނެ މަގު ހަމަޖެހިގެން އެ ޓާފް ވެސް ލިބުނު،" ރަށު ޕްރައިމަރީ ސްކޫލްގެ ހިންގުމާ ހަވާލުވެގެން ހުންނެވި މުހައްމަދު އަނީސް ވިދާޅުވި އެވެ.

ރީތި ދަނޑަކާ އެކު އަނީސްގެ ދަރިވަރުންނަށް ސްކޫލު މިހާރު ރައްކާތެރި މާހައުލަކަށް ބަދަލުވެއްޖެ އެވެ. ސްކޫލުން ބާއްވާ ކޮންމެ ހަރަކާތެއް ރަށުގެ އެކި ތަންތާނގައި ބޭއްވުމުގެ ބަދަލުގައި ގޯތީގައި އޮތް ރީތި ޓާފް ބިންކޮޅުގައި ދެން ބޭއްވޭނެ އެވެ. ނާސަރީ އެލްކޭޖީ ކުދިން ބިންމައްޗަށް ވެއްޓި އަނިޔާވެދާނެތީ ޓީޗަރުން އަބަދު ފާޅުކުރާ ކަންބޮޑުވުންތައް ދެން ނިމުމަކަށް އަންނާނެ އެވެ.

ޕްރައިމަރީ ސްކޫލްގެ މިނީ ޓާފް ދަނޑު: މި ދަނޑާއެކު ސްކޫލް މާހައުލު ތުއްތު ކުދިންނަށް ރައްކާތެރި ތަނަކަށް ބަދަލުވެފައިވާކަން އެކްޓިން ޕްރިންސިޕަލް ފާހަގަކުރެއްވި

ދެ ސްކޫލުގެ ތެރެއިން ޕްރައިމަރީ ސްކޫލުގެ އިމާރާތްތަކުގެ މެދުގައި ހުސްކޮށް އޮތް ބިމުގައި އަޅާފައި އޮތީ ޕްރޮޕޯޝަން ހަމަވާ މިނީ ޓާފް ދަނޑެކެވެ. ސެކަންޑްރީ ސްކޫލުގެ ދަނޑު މިނީ ދަނޑަކަށްވުރެ ބޮޑެވެ. އެކަމަކު އާދައިގެ ފުޓްސަލް ދަނޑަކަށްވުރެ ކުޑަ އެވެ.

ރަށްރަށުގެ ސްކޫލު ތަކުގައި ޓާފް ދަނޑު އެޅުމަކީ އާންމުކަމެއް ނޫނެވެ. މިހާރު ވެސް ގޯތި ތެރޭގައި ޓާފް އަޅާފައިވާ ސްކޫލުތައް އަތޮޅުތެރޭގައި މަދެވެ.

"ފަހަރުގައި ހިތަށް އަރާފާނެ ޓާފް ދަނޑެއް ލިބިގެން މިހާ އުފާ ކުރަންވީ ސަބަބެއް ކޮބައިހޭ. އަޅުގަނޑުމެން ވަރަށް އިންތިޒާރު ކޮށް ކޮށް ތިއްބައި ތިން ދަނޑުގެ ޓާފް އެއްކޮށް ހަމަޖެހިގެން މި ދިޔައީ. މިއީ ދުވާފަރަށް ލިބޭ ތަރައްގީ އެއް. އުންމީދެއް. ރަށަށް އަންނަ ކޮންމެ ތަރައްގީ އަކީ އުފަލެއް،" ސްކޫލްގެ ޓާފް އެޅުމުގެ މަސައްކަތުގައި އުޅުއްވި އެ ސްކޫލްގެ ޓީޗަރު ހުސައިން މުހައްމަދު ބުންޏެވެ.

ކުރިން ފަސްޓް ޑިވިޝަނަށް ކުޅުނު އިބްރާހިމް މުހައްމަދު: އޭނާ ދެކޭ ގޮތުގައި ފުޓްބޯޅައަށް ރަށުގައި ޒުވާނުނ ް ބިނާކުރުމަށް މި ދަނޑުތަކާ އެކު ގިނަ ފުރުސަތުތަކެއް ފަހިވެގެން ދާނެ

އެ މަސައްކަތުގައި އިސްކޮށް ތިބީ ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދާއި ކައުންސިލާއި ރަށުގެ ޒުވާނުންނެވެ. އެހީ ދިން ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ އެމްޑަބްލިޔުއެސްސީ އާއި އެމްޓީސީސީ އެވެ.

ހުސެން ބުނީ، ދުވާފަރުގައި ފުޓުބޯޅައަށް ލޯބިކުރާ ބޮޑު ޒުވާން ޖީލެއް އެބަ އޮތް ކަމަށެވެ. އެ ރަށަކީ ޒުވާނުން ގިނަ ރަށަކަށް ވާތީ ދަނޑުތަކާ އެކު ފުޓްބޯޅައިގައި ގައުމަށް ނަން ހޯދައިދޭނެ ވަރުގެ ޖޯޝު ހުރި ޒުވާނުންތަކެއް އުފެއްދިދާނެ ކަމުގެ އުންމީދު ބޮޑުކޮށް އެބައޮތް ކަމަށެވެ.

ހުސެން އެ ބުނީ ތެދެކެވެ. ރަށަށް އަންނަ ކޮންމެ ތަރައްގީ އަކީ އުފަލެކެވެ. އެ އުފަލުގެ އަސްލު ޖަޒުބާތުތައް ދުވާފަރުން ފެންނާނީ ރަށުގެ މޮނިޓަރިން އުވި މައި ދަނޑުގައި ކުޅުންތެރިން ހަރަކާތްވެލުމުންނެވެ. ސްކޫލުތަކަށް ކުދިން ނިކުމެ ރަށުތެރެ އަށް ދިރުމެއް ލިބުމުންނެވެ.

އޭރުން ތިން ޓާފް ދަނޑާ އެކު ދުވާފަރަށް "އީދެއް" އަންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox