ހެއިޓީ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 2000 އާ ގާތަށް

ބިމާ ހަމަވެފައިވާ ގެޔެއްގެ ދަށުން މީހުން ފެނޭތޯ ބަލަނީ.-- ފޮޓޯ: ރޮއިޓާޒް

ބިމާ ހަމަވެފައިވާ ގެޔެއްގެ ދަށުން މީހުން ފެނޭތޯ ބަލަނީ.-- ފޮޓޯ: ރޮއިޓާޒް

ޕޯޓް އޯ ޕްރިންސް، ހެއިޓީ (އޯގަސްޓު 18) - މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހެއިޓީ އަށް އައި 7.2 މެގްނިޓިއުޑްގެ ބިން ހެލުމުގައި މަރުވި މީހުންގެ އަދަދު 1،941 އަށް އަރައިފި އެވެ.

ކެރީބިއަން ސަރަހައްދުގައި އޮންނަ ހެއިޓީގެ ސިވިލް ޕްރޮޓެކްޝަން އެޖެންސީން ބުނީ އަނިޔާވި މީހުންގެ އަދަދު 9،900 އަށް އަރާފައިވާ ކަމަށެވެ. އޭގެ އިތުރުން 60،000 ގެ ބިމާ ހަމަވެފައިވާ ކަމަށާއި 76،000 ގެޔަށް ގެއްލުން ލިބުނު ކަމަށް އެ އިދާރާއިން ބުންޏެވެ.

ބިންހެލުން އައިސްފައި ވަނީ ތޮއްޖެހިފައިވާ ވެރިރަށް، ޕޯޓް އޯ ޕްރިންސްގެ 160 ކިލޯމީޓަރު ހުޅަނގުންނެވެ.

އެ ހާދިސާގައި ގެދޮރު ގެއްލިފައިވާ އެތައް ހާސް މީހުންނަށް އިތުރު ހިތާމަޔާ ކުރިމަތިވީ ގަދަ ވަޔާއި ބޯ ވާރެއާ އެކު ތޫފާން ގްރޭސް އެރުމުންނެވެ.

އެމެރިކާގެ ނޭޝަނަލް ހަރިކޭން ސެންޓަރުން ވަނީ ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ހިނގާފާނެ ކަމުގެ އިންޒާރު ދީފަ އެވެ.

ދެހާސް ދިހަ ވަނަ އަހަރު އައި 7.0 މެގްނިޓިއުޑްގެ ބިން ހެލުމުގައި ވެރިރަށް ޕޯޓް އޯ ޕްރިންސް އާއި ކައިރި އެހެން ސިޓީތައް އެއްކޮށް ބިމާ ހަމަވި އެވެ. އެ ފަހަރު 200،000 މީހުން މަރުވެ، 300،000 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވި އެވެ.

އެ ގައުމަށް އަނެއްކާވެސް ބޮޑު ބިންހެލުމެއް އައިސްފައި ވާއިރު މީގެ މަހެއްހާ ކުރިން ބަޔަކު ދިން ހަމަލާއެއްގައި ރައީސް ޖޮވެނެލް މޮއިޒް ވަނީ އަވަހާރަކޮށްލާފަ އެވެ. ފަގީރުކަމާއި ގޭންގު ހަމަނުޖެހުން އިންތިހާއަށް އޮތް ހެއިޓީގެ ކޮވިޑުގެ ހާލަތު ވެސް ގޯހެވެ.

ހޮނިހިރު ދުވަހުގެ ބިން ހެލުމަށް ފަހު އެމެރިކާ އިން ވަނީ 15.4 ޓަނުގެ ކާބޯތަކެތީގެ އެހީ ހެއިޓީ އަށް ފޮނުވާފަ އެވެ. މެކްސިކޯ އިން ވަނީ ބޯފެނާއި ބޭހުގެ އެހީ ފޮނުވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox