ކަރަންޓު ކެނޑޭތީ ލުބްނާންގެ ހޮސްޕިޓަލްތައް ބަންދުކުރަން ޖެހުމުގެ ބިރު!

ތެލުގެ ދަތިކަމާ ހެދި ކަރަންޓުގެ ހިދުމަތް ނުލިބި، ހޮސްޕިޓަލްތަކުން ހިދުމަތް ހޯދުމަށް ދަތިވެފައި ވާތީ ލުބްނާންގެ ރައްޔިތުން މުޒާހަރާ ކުރަނީ. -- ފޮޓޯ: އޭއެފްޕީ

ތެލުގެ ދަތިކަމާ ހެދި ކަރަންޓުގެ ހިދުމަތް ނުލިބި، ހޮސްޕިޓަލްތަކުން ހިދުމަތް ހޯދުމަށް ދަތިވެފައި ވާތީ ލުބްނާންގެ ރައްޔިތުން މުޒާހަރާ ކުރަނީ. -- ފޮޓޯ: އޭއެފްޕީ

ބެއިރޫތު، ލުބްނާން (އޯގަސްޓު 18) - ލުބްނާނަށް ދިމާވެފައިވާ ތެލުގެ ދަތިކަމާ ހެދި ހޮސްޕިޓަލްތަކުން ކަރަންޓު ކެނޑި، ބަންދުކުރަން ޖެހިދާނެ ކަމުގެ ބިރު ބޮޑުވެއްޖެ އެވެ.

އެކަމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ މި ހަފްތާގައި ތެޔޮ ޓޭންކަރެއް ގޮވައި 28 މީހުން މަރުވި އުތުރުގެ ސަރަހައްދަށެވެ. އުތުރު އައްކަރް ސަރަހައްދުގެ މަގުބައްތި އާއި ފޯނު ލައިންތަކުގެ ހިދުމަތް ވެސް ވަނީ ކެނޑިފަ އެވެ.

އައްކަރް ސަރަހައްދުގައި ހުންނަ އަލް ތްލެއިލް އަވަށުގައި މި ހަފްތާގައި ތެޔޮ ޓޭންކަރެއް ގޮވައި ގިނަ ބަޔަކު މަރުވިއިރު، އެ ސަރަހައްދުގެ ހޮސްޕިޓަލްތަކުގައި ފަރުވާ ދެވޭނެ ގޮތެއް ނެތި އަނިޔާވި މީހުން ގެންދަން ޖެހުނީ އެތައް ކިލޯމީޓަރެއް ދުރުގައި ހުރި ޓްރިޕޮލީގެ ހޮސްޕިޓަލަކަށެވެ.

މި އަހަރުގެ ހޫނު މޫސުން ފެށުމާއެކު ލުބްނާންގެ ހަ މިލިއަން މީހުންނަށް ތެލުގެ ދަތިކަން ދިމާވާން ފެށި އެވެ. ވޯލްޑް ބޭންކުން ބުނެފައި ވަނީ ލުބްނާނަށް ކުރިމަތިވެފައިވާ ހާލަތަކީ 19 ވަނަ ގަރުނުގެ ފަހުން ދުނިޔޭގެ ގައުމަކަށް އައި އެންމެ ބޮޑު އިގްތިސާދީ ކާރިސާ ކަމަށެވެ.

ޖެނެރޭޓަރުތަކަށް ބޭނުންވާ ޑީސެލް ތެޔޮ ނުލިބުމުގެ ސަބަބުން ވިޔަފާރިތަކާއި ހޮސްޕިޓަލްތަކާއި ގައުމުގެ އެންމެ ބޮޑު ޓެލެކޮމް އޮޕަރޭޓަރުގެ ހިދުމަތް ވެސް ވަނީ ލިމިޓުކުރަން މަޖުބޫރުވެފަ އެވެ. ލުބްނާންގައި މިހާރު ދުވާލަކު 22 ގަޑިއިރު ކަރަންޓު ނުލިބެ އެވެ.

އާދީއްތަ ދުވަހު ތެޔޮ ޓޭންކަރު ގޮވި އައްކަރް ސަރަހައްދުގެ ހޮސްޕިޓަލްތަކުގައި ގަބުރުތައް ރައްކާކޮށްފައި ހުރިއިރު، ކަރަންޓު ގޮސް، އިންޓަނެޓާއި ފޯނުގެ ހިދުމަތް ކެނޑިފައި ވާތީ ސިއްހީ އޮފިޝަލުން ދަނީ ހާލަތު ރަނގަޅު ކުރުމަށް އެދި އާދޭސް ކުރަމުންނެވެ.

"އަޅުގަނޑުމެންގެ އަތުގައި ހުރީ 700 ލީޓަރުގެ ޑީސެލް ސްޓޮކެއް. އޭގެން ވާނީ އެންމެ ދުވަހަކަށް،" އައްކަރް ސަރަހައްދުގައި ހުންނަ ހަލްބާ އަވަށުގެ ރަހަލް ހޮސްޕިޓަލުގެ ޑިރެކްޓަރު ރިއާދް ރަހަލް ވިދާޅުވި އެވެ.

އެ ހޮސްޕިޓަލާ ކައިރީގައި ހުންނަ އެލް ޔޫސުފް ހޮސްޕިޓަލުގައި ވެސް ހުރީ ބުދަ ދުވަހުގެ ހެނދުނާ ހަމައަށް ބޭނުން ކުރެވޭ ވަރުގެ ޑީސެލް ސްޓޮކެއް އެކަންޏެވެ. އެ ތަނުގެ ޑިރެކްޓަރުގެ އެސިސްޓަންޓް، ނަތަލީން އެލް ޗާރް ވިދާޅުވީ ފޯނު ލައިންތަކުން ހިދުމަތް ނުލިބޭ ކަމަށެވެ.

"އިއްޔެ އިން ފެށިގެން ލޭންޑްލައިންތަކުން ހިދުމަތެއް ނުލިބޭ... އަޅުގަނޑުމެންނަށް ކުރެވުނުހާ މަސައްކަތެއް މި ކުރަނީ ޑީސެލް ލިބޭތޯ،" އޭނާ އޭއެފްޕީ އަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހޮސްޕިޓަލަށް ޑީސެލް ފޯރުކޮށްދޭ ސަޕްލަޔަރު ސްޓޮކް ފޮނުވުން ލަސް ކުރީ އުތުރު ލުބްނާންގެ ހައިވޭގައި ހަމަލާއެއް އަތުވެދާނެ ކަމުގެ ބިރަށް ކަމަށެވެ. ފަހަކަށް އައިސް އެ ހައިވޭގައި ގްރޫޕުތަކުން ނިކުމެ ޓޭންކަރުތަކަށް ހަމަލާ ދީ ތެޔޮ ސްޓޮކް ހިފެހެއްޓުމުގެ ހާދިސާތައް ދަނީ ހިނގަމުންނެވެ.

ލުބްނާންގެ ރަސްމީ ނޭޝަނަލް ނިއުސް އެޖެންސީ (އެންއެންއޭ) އިން ބުނީ ޑީސެލް ނުލިބި ކަރަންޓު ކެނޑެމުންދާތީ އޮގެރޯ ޓެލެކޮލް ޕްރޮވައިޑަރަށް ވަނީ އިންޓަނެޓާއި، ލޭންޑްލައިން އަދި މޮބައިލް ފޯނުގެ ހިދުމަތް ވެސް އައްކަރްގެ ބައެއް ހިސާބުތަކުން ކަނޑާލަން ޖެހިފައިވާ ކަމަށެވެ.

އެއާއެކު އެ ސަރަހައްދުގެ ބޭންކުތަކާއި، ވިޔަފާރިތަކާއި، ދައުލަތުގެ އިދާރާތަކުގެ ހިންގުން ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

އޮގެރޯ ކުންފުނީގެ ވެރިޔާ އިމާދް ކްރެއިދޭ ވިދާޅުވީ ހާލަތު ރަނގަޅު ނުވާ ނަމަ ގައުމުގެ އެހެން ސަރަހައްދުތަކުން ވެސް ހިދުމަތް ކަނޑާލަން މަޖުބޫރު ވާނެ ކަމަށެވެ.

ބެއިރޫތުގެ ދެކުނުގައި އޮންނަ ސަރަހައްދުތަކުގައި ޕެޓްރޯލް އެޅުމަށް ކިޔު ދަމާފައި އޮތް ގޭސް ސްޓޭޝަނެއްގައި ވަނީ ބަޑި ޖެހުމުގެ ހާދިސާއެއް ވެސް ހިނގާފަ އެވެ.

އެންއެންއޭ އިން ބުނީ ބަޑި ޖެހުމުގެ ހާދިސާގައި ބަޔަކަށް އަނިޔާވުމުން ސިފައިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލް ހާމަކޮށްފައެއް ނުވެ އެވެ.

ސެކިއުރިޓީ އޮފިޝަލަކު އޭއެފްޕީ އަށް ބުނީ އެ ހާދިސާ ހިނގީ ގޭސް ސްޓޭޝަނުގައި ގަވާއިދާ ހިލާފަށް ރައްކާކޮށްފައި ހުރި ޕެޓްރޯލް ސްޓޮކް ގެންދަން ސިފައިން މަސައްކަތް ކުރުމުން ކަމަށެވެ.

ބަޑި ޖެހި މީހުން ބުނީ ގަވާއިދާ ހިލާފަށް ޕެޓްރޯލް ސްޓޮކެއް ފޮރުވާފައި ހުރިކަން ސިފައިންނަށް އެނގުނީ ގޭސް ސްޓޭޝަނުގެ ވެރިޔާ އެކަން ރިޕޯޓު ކުރުމުން ކަމަށެވެ. އެހެންވެ، ބަދަލު ހިފުމުގެ ގޮތުން އެ ގޭސް ސްޓޭޝަނުގައި ރޯކޮށްލި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯ އާއި ވީޑިއޯތަކުން ފެންނަނީ ގްރޫޕަކުން މެޝިން ބަޑިތައް ބޭނުންކޮށްގެން ހަމަލާދޭ މަންޒަރެވެ.

ތެލުގެ ދަތިކަން ދިމާވުމާއެކު ޑިސްޓްރިބިއުޓަރުން ވަނީ ސްޓޮކް ހިފެހެއްޓުމަށް ފަހު އަގުބޮޑުކޮށް ވިއްކަން މަސައްކަތްކޮށްފަ އެވެ. އެއާއެކު ސިފައިން ގޭސް ސްޓޭޝަންތައް ބަލައި ފާސްކުރަން ފެށީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox