އަފްގާނިސްތާނުގެ ނައިބު ރައީސް ހުންނެވީ ތާލިބާނުންނަށް ދޫދޭ ގޮތަކަށް ނޫން!

އަފްގާނިސްތާނުގެ ޕަންޖްޝީރް ވާދީ. މިއީ ތާލިބާނުންނަށް ނުހިފި އޮތް ހިސާބެއް.-- ފޮޓޯ: އޭއެފްޕީ

އަފްގާނިސްތާނުގެ ޕަންޖްޝީރް ވާދީ. މިއީ ތާލިބާނުންނަށް ނުހިފި އޮތް ހިސާބެއް.-- ފޮޓޯ: އޭއެފްޕީ

ޕަންޖްޝީރް، އަފްގާނިސްތާން (އޯގަސްޓު 17) - އަފްގާނިސްތާނުގެ ސަރުކާރު ވެއްޓި، ތާލިބާނުން ވެރިރަށް ކާބުލް ހިފިއިރު ނައިބު ރައީސް އަމްރުﷲ ސާލިހް ވިދާޅުވީ އެންމެ ވާހަކަ އެކެވެ. އެއީ ތާލިބާނުންނަށް އަމާން ނުދެއްވާނެ ކަމެވެ.

ރިޕޯޓުތައް ބުނާ ގޮތުން ސާލިހް މި ވަގުތު ހުންނެވީ ފިއްލަވައިގެން ގޮސް، ތާލިބާނުންނަށް ނުހިފި އޮތް ހަމައެކަނި ބޮޑު ސަރަހައްދު، ކާބުލްގެ އިރު އުތުރުން އޮންނަ ޕަންޖްޝީރް ވާދީގަ އެވެ.

"އަޅުގަނޑުގެ އަޑު އެހި އެތައް މިލިއަން ބަޔަކަށް ދެރައެއް ނުދޭނަން. އަޅުގަނޑު ދުވަހަކު ވެސް ތާލިބާނުންނާ އެކު އެއް ފުރާޅެއްގެ ދަށުގައި މަޑު ނުކުރާނަން، ދުވަހަކު ވެސް!،" އާދީއްތަ ދުވަހު ފިއްލެވުމުގެ ކުރިން ޓްވިޓާގައި އެމަނިކުފާނު ލިޔުއްވި އެވެ.

އޭގެ އެއް ދުވަސް ފަހުން ސޯޝަލް މީޑިއާގައި އާއްމުވި ފޮޓޯތަކުން ސާލިހް ފެނިވަޑައިގަންނަވަނީ ތާލިބާނުންނާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި ނަން މަޝްހޫރު، އަހްމަދު ޝާހް މަސްއޫދްއާ އެކު އެވެ. މަސްއޫދް އަކީ ސާލިހްގެ މުދައްރިސްގެ ދަރިއެކެވެ.

ފަރުބަދަތަކުން ވަށާލާފައިވާ ޕަންޖްޝީރް ވާދީގައި ސާލިހް އާއި މަސްއޫދް އެކުގައި މަސައްކަތް ކުރައްވަނީ ތާލިބާނާ ދެކޮޅަށް ލަޝްކަރެއް އުފެއްދުމަށެވެ. މަސްއޫދަކީ މިހާރު ވެސް ތާލިބާނާ ދެކޮޅު ގިނަ ހަނގުރާމަވެރިންތަކެއްގެ ކޮމާންޑަރެވެ.

"ހުރި ހިތްވަރަކާ އެކު ހަނގުރާމަ ކުރާނަން"

ގުދުރަތީ ގޮތުން ދިފާއީ ސިފަތަކެއް ލިބިފައިވާ ޕަންޖްޝީރް ވާދީ މީގެ ކުރިން ދުވަހަކު ވެސް ތާލިބާނުންނަށް ހިފިފައެއް ނުވެ އެވެ. އޭގެ ކުރިން އަފްގާނިސްތާނަށް އަރައިގެން އުޅުނު ސޯވިއެޓް ޔޫނިއަންގެ ސިފައިންނަށް ވެސް އެތަނެއް ނުހިފުނެވެ.

"ތާލިބާނުން ޕަންޖްޝީރަށް އެތެރިވިޔަ ނުދޭނަން. އަހަރުމެންގެ ހުރި ހިތްވަރަކާއި ބާރަކާ އެކު އެ މީހުންނާ ދެކޮޅަށް ހަނގުރާމަ ކުރާނަން،" ނަން ހާމަ ނުކުރަން އެދި ވާހަކަދެއްކި ޕަންޖްޝީރްގެ ރައްޔިތަކު އޭއެފްޕީއަށް ބުންޏެވެ.

އެފަދަ ހަނގުރާމައެއް ޕަންޖްޝީރްގައި ފަށައިފި ނަމަ އެކަން ވާނީ ސާލިހްގެ ހަޔާތުގައި ތާލިބާނުންނާ ދެކޮޅަށް ކުރައްވާ ދިގު ހަނގުރާމައިގެ އާ އެޕިސޯޑަކަށެވެ. ނައިބު ރައީސަށް ވެވަޑައިގެންނެވުމުގެ ކުރިން އެމަނިކުފާނު ވަނީ ޖާސޫސީ ވެރިޔެއްގެ އިތުރުން ހަނގުރާމަވެރިއެއްގެ ގޮތުގައި ވެސް އުޅުއްވާފަ އެވެ.

ޅަ އުމުރުގައި މައިންބަފައިން އަވަހާރަވުމުން ސާލިހް އެންމެ ފުރަތަމަ ހަނގުރާމަ ކުރެއްވީ 1990 ގެ އަހަރުތަކުގައި މަސްއޫދުގެ ބައްޕައާ އެކު އެވެ. އެއަށްފަހު ސަރުކާރުގައި މަސައްކަތް ކުރެއްވުމަށް ފަހު 1996 ގައި ތާލިބާނުން ވެރިކަމަށް އައުމާއެކު ކާބުލް ދޫކޮށް ވަޑައިގެންނެވި އެވެ.

އަފްގާނިސްތާނުގެ ނައިބު ރައީސް.-- ފޮޓޯ: އޭއެފްޕީ
އަފްގާނިސްތާނުގެ ނައިބު ރައީސް.-- ފޮޓޯ: އޭއެފްޕީ

އަފްގާނިސްތާނުގެ ނައިބު ރައީސް.-- ފޮޓޯ: އޭއެފްޕީ

އޭގެ ފަހުން ތާލިބާނުން ވަނީ ސާލިހްގެ އަންހެން ކޮއްކޯފުޅު ރަހީނު ކުރުމަށް ފަހު އަނިޔާކޮށްފަ އެވެ. ބޭނުމަކަށްވީ ސާލިހް ހައްޔަރު ކުރެއްވުމެވެ.

"ތާލިބާނާ މެދު އަޅުގަނޑު ދެކޭ ގޮތް މުޅި އުމުރަށް ބަދަލުވީ 1996 ގައި ދިމާވި ހާދިސާއާ ހެދި،" މިދިޔަ އަހަރު ޓައިމް މަޖައްލާގެ އެޑިޓޯރިއަލްގައި ސާލިހް ލިޔުއްވި އެވެ.

"ހަނގުރާމަ ކުރިއަށް"

ސެޕްޓެމްބަރު 11، 2001 ގައި އަލް ގައިދާ އިން އެމެރިކާއަށް ހަމަލާ ދިން އިރު ސާލިހަކީ އޭރު އަފްގާނިސްތާނުގައި އޮތް ތާލިބާން ވެރިކަމާ ދެކޮޅު ހަނގުރާމަވެރި އެކެވެ. އެމެރިކާއިން އަފްގާނިސްތާން ފަސްގަނޑަށް އެރި ފަހުން ސާލިހް ވެވަޑައިގެންނެވީ އެމެރިކާގެ އިންޓެލިޖެންސް އިދާރާ (ސީއައިއޭ) އަށް މުހިއްމު ލީޑަރަކަށެވެ.

އެއާއެކު އަފްގާނިސްތާނުގައި މުޅިން އަލަށް އުފެއްދި ޖާސޫސީ އިދާރާ، ނޭޝަނަލް ސެކިއުރިޓީ ޑައިރެކްޓަރޭޓް (އެންޑީއެސް) ގެ ވެރިޔަކަށް ސާލިހް އައްޔަނު ކުރެއްވީ 2004 ވަނަ އަހަރު ތާލިބާނަށް ފަހު އައި ހުޅަނގުން ތާއީދު ކުރި އަފްގާން ސަރުކާރުންނެވެ.

އެންޑީއެސްގެ ވެރިޔާގެ ގޮތުގައި ހުންނަވާ ސާލިހް ވަނީ ތާލިބާނުންގެ ތެރެއިންނާއި ޕާކިސްތާނު ބޯޑަރު ސަރަހައްދުން ގިނަ މުހިއްމު މައުލޫމާތުތަކެއް ހޯދަން ޖާސޫސުންގެ ނެޓްވޯކެއް ގާއިމްކުރައްވާފަ އެވެ.

ސާލިހް އެއްކުރެއްވި ޖާސޫސީ މައުލޫމާތުން ފަޅާ އެރި މުހިއްމު އެއް ކަމަކީ ޕާކިސްތާނުގެ ސިފައިން ތާލިބާނުންނަށް އެހީވަމުން ދިޔަ ކަމެވެ.

ގިނަ ކާމިޔާބީތަކާ އެކު ސާލިހްގެ ކެރިއަރުގައި ވަނީ ބޮޑެތި ގޮންޖެހުންތަކާ ވެސް ކުރިމަތިވެވަޑައިގެންފަ އެވެ. އެގޮތުން ކާބުލްގައި 2010 ވަނަ އަހަރު އޮތް ސުލްހައިގެ މަޝްވަރާ ބައްދަލުވުމަކަށް ހަމަލާ ދިނީ ޖާސޫސީ އިދާރާ ފެއިލްވުމުން ކަމަށް ނިންމާ މަގާމުން ވަކިކުރެއްވި އެވެ.

އޭގެ ފަހުން ސާލިހް ގެންދެވީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ތާލިބާނުންނާއި ޕާކިސްތާނުގެ ސިފައިންނަށް ފާޑުކިޔުއްވަމުންނެވެ.

އަފްގާން ސަރުކާރުގެ މަގާމަކަށް އޭނާ އަނެއްކާ ވެސް ވަޑައިގެންނެވީ 2018 ވަނަ އަހަރު އެވެ. އެއީ ރައީސް އަޝްރަފް ގަނީ އާއެކު އިންޓީރިއާ މިނިސްޓަރު ކަމެވެ.

އޭގެ ފަހުން ސާލިހް ވަނީ މި ވަގުތު ގައުމު ދޫކޮށް ވަޑައިގެން ހުންނެވި ގަނީގެ ނައިބު ރައީސްގެ މަގާމަށް އައިސްފަ އެވެ.

މިދިޔަ އަހަރު ސާލިހްގެ ކާރުކޮޅަށް ތާލިބާނުން ދިން ހަމަލާއަށް ފަހު ދުން އަރަނީ.-- ފޮޓޯ: އޭއެފްޕީ
މިދިޔަ އަހަރު ސާލިހްގެ ކާރުކޮޅަށް ތާލިބާނުން ދިން ހަމަލާއަށް ފަހު ދުން އަރަނީ.-- ފޮޓޯ: އޭއެފްޕީ

މިދިޔަ އަހަރު ސާލިހްގެ ކާރުކޮޅަށް ތާލިބާނުން ދިން ހަމަލާއަށް ފަހު ދުން އަރަނީ.-- ފޮޓޯ: އޭއެފްޕީ

އެމެރިކާ ސިފައިން މިދިޔަ މޭ މަހު އަފްގާނިސްތާން ދޫކޮށް ދާން ފަށަން ތައްޔާރުވުމާ އެކު ތާލިބާނުން ވަނީ ސާލިހް އަވަހާރަކޮށްލުމަށް ގިނަ އަދަދެއްގެ ހަމަލާތައް ދީފަ އެވެ.

އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހު ސާލިހް ދަތުރު ކުރައްވަމުން ގެންދެވި ކާރަށް އަމާޒުކޮށް ކާބުލްގައި ދިން ބޮމުގެ ހަމަލާއެއްގައި 10 މީހުން މަރުވި އެވެ.

އެ ހަމަލާދިންތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސާލިހް ވީޑިއޯއެއް އާއްމުކުރެއްވި އެވެ. ވައަތުގައި ބެންޑޭޖް އަޅައިގެން ހުންނަވައި ވައުދުވެވަޑައިގެންނެވީ "ހަނގުރާމަ ހުއްޓާނުލާ ކުރިއަށް ދާނެ" ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox