ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން ވާދަނުކުރާނެ

Aug 17, 2021, 3:43 AM
2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ބޫޓާނާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގެ ތެރެއިން-

2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ބޫޓާނާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގެ ތެރެއިން-

އަންނަ އޮކްޓޫބަރު މަހު މާލޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަނުކުރެވޭނެކަން ބޫޓާނުން ރަސްމީކޮށް އަންގައިފި އެވެ.

މި މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ސައުތު އޭޝިއަން ފުޓްބޯޅަ ފެޑެރޭޝަން (ސާފް)ގެ ބައްދަލުވުމުގައި ރާއްޖޭން މުބާރާތް ހޯސްޓް ކުރުމުގެ ބިޑް ކާމިޔާބު ކުރިއިރު، އެ ބައްދަލުވުމުގައި ބޫޓާނުން ވަނީ ސާފް ޗެމްޕިއަންޝިޕްގައި ބައިވެރިވުމާ މެދު ގޮތެއް ނިންމަން ވަގުތު ކޮޅެއް ދޭން އެދިފަ އެވެ.

ބޫޓާނުން މިހާރު ނިންމާފައިވަނީ އޮކްޓޫބަރު މަހު 1-15 އަށް މާލޭގައި ބާއްވަން ތާވަލުކޮށްފައިވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަނުކުރާ ގޮތަށެވެ. އެއީ ކޮވިޑް-19ގެ ސަބަބުން ޒަރޫރީ ނޫން ކަންކަމުގައި ބޫޓާންގެ މީހުންނަށް މި ވަގުތު ދަތުރުކުރުމުގެ ހުއްދަ ނެތުމުންނެވެ.

މިހާތަނަށް 2003 ވަނަ އަހަރުން ފެށިގެން ބޭއްވި އަށް ސާފް ޗެމްޕިއަންޝިޕްގައި ވެސް ބޫޓާން ވާދަކުރި އެވެ. އެ ޓީމުގެ ނަތީޖާ އެންމެ ރަނގަޅީ 2008 ވަނަ އަހަރު ރާއްޖެ އާއި ސްރީ ލަންކާ ގުޅިގެން މުބާރާތް ހޯސްޓްކުރިއިރު އެވެ. އެ ފަހަރު ބޫޓާނުން ވަނީ ސެމީ ފައިނަލުގައި ކުޅެފަ އެވެ. އެ ޓީމު ބަލިވީ ގަލޮޅު ދަނޑުގައި ކުޅުނު ސެމީ ފައިނަލްގައި އިންޑިއާ އަތުން 2-1 އިންނެވެ.

ބޫޓާންގެ އިތުރުން މި ވަގުތު ފީފާގެ ސަސްޕެންޝަނެއްގައި އޮތް ޕާކިސްތާން ވެސް މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ނުކުޅޭނެ އެވެ.

ފަސް ގައުމުގެ މެދުގައި ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕް ބާއްވާއިރު، މުބާރާތް ކުރިއަށްދާނީ ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލް ކުޅޭ ގޮތަށެވެ. ލީގު ބުރަށް ގުރުއަތުލާން ފަސޭހަ ކުރުމުގެ ގޮތުން ގައުމުތައް ތަރުތީބުކުރާނީ މުބާރާތުގެ ޝެޑިއުލް ކަންކަން ނިންމާއިރު ފީފާ ރޭންކިން އޮންނަ ގޮތަށް ބަލައިގެންނެވެ.

މި މަހު 12 ވަނަ ދުވަހު ނެރުނު ފީފާގެ ރޭންކިން އަށް ބަލާއިރު، ސަރަހައްދުން ރޭންކިންގެ އެންމެ ކުރީގައި އޮތީ އިންޑިއާ އެވެ. އެ ޓީމު އޮތީ ދުނިޔޭގެ 105 ވަނައިގަ އެވެ. ރާއްޖެ އޮތީ ދުނިޔޭގެ 158 ވަނައިގަ އެވެ. ނޭޕާލް އޮތީ 168 ވަނައިގަ އެވެ. ބޫޓާން 187 ވަނައިގައި އޮތްއިރު، ބަންގްލަދޭޝް އޮތީ 188 ވަނައިގަ އެވެ. ޕާކިސްތާން 198 ވަނައިގައި އޮތްއިރު، ސްރީލަންކާ އޮތީ 205 ވަނައިގަ އެވެ.

އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕް ބޭއްވީ 2018 ވަނަ އަހަރު ބަންގްލަދޭޝްގެ ޑާކާގަ އެވެ. މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ވެސް މިދިޔަ އަހަރު ބަންގްލަދޭޝްގައި ބާއްވަން ނިންމި މުބާރާތެކެވެ. އެކަމަކު، މި އަހަރަށް ފަސްކުރަން ޖެހުނީ މިދިޔަ އަހަރު ކޮވިޑް-19ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުންނެވެ.

ގިނަ މަސައްކަތްތަކެއް ކޮށްގެން މި އަހަރު ވެސް ބަންގްލަދޭޝްގައި މުބާރާތް ހޯސްޓްކުރަން ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވި އެވެ. އެންމެ ބޮޑަށް ދިމާވީ ކޮވިޑް-19 ގެ ހާލަތު އެ ގައުމުގައި ރަނގަޅުނުވުމުގެ މައްސަލަ އާއި ރަނގަޅު ސްޕޮންސަރެއް ހަަމަނުޖެހުމުގެ ކަންބޮޑުވުންތަކެވެ.

ބަންގްލަދޭޝްގައި މުބާރާތް ހޯސްޓް ކުރެވޭ ގޮތް ނުވުމުން ޖެހުނީ މުބާރާތް ބާއްވާނެ ގައުމެއް ކަނޑައަޅަން އަލުން ބިޑަށް ހުޅުވާލާށެވެ. އެންމެ ފުރަތަމަ ރާއްޖެ އާއި އިންޑިއާ އަދި ނޭޕާލުން މުބާރާތް ހޯސްޓްކުރަން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް އިންޑިއާ އިން ރަސްމީކޮށް ބިޑް ނުކުރެ އެވެ. ރާއްޖޭން ބިޑް ކާމިޔާބުކުރީ ނޭޕާލާ ވާދަކޮށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox