އަފްގާނިސްތާނުގައި އޮތް "ޓެރަރިސްޓް ނުރައްކަލާ" ދެކޮޅަށް ދުނިޔެ އެކުގައި ތެދުވުމަށް ގޮވާލައިފި

އދ. ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް.-- ފޮޓޯ: އޭޕީ

އދ. ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް.-- ފޮޓޯ: އޭޕީ

އދ.، އެމެރިކާ (އޯގަސްޓު 16) - "އަފްގާނިސްތާނުގައި އޮތް ޓެރަރިސްޓް ނުރައްކަލާ" ދެކޮޅަށް ދުނިޔެ އެކުގައި ތެދުވުމަށް އދ. ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ގޮވާލައްވައިފި އެވެ.

ގުޓެރޭޒް އެގޮތަށް ވިދާޅުވިއިރު، 20 އަހަރަށް ފަހު އާދީއްތަ ދުވަހު ތާލިބާނުން ވަނީ އަލުން އަފްގާނިސްތާނުގެ ވެރިކަމަށް އައިސްފަ އެވެ.

"އަފްގާނިސްތާނަކީ ޓެރަރިސްޓް ޖަމާއަތްތަކުން ބޭނުން ކުރަން އޮތް ޕްލެޓްފޯމަކަށް އަލުން ވިޔަ ނުދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައިން އެކުގައި މަސައްކަތް ކުރަން ޖެހޭނެ،" އަފްގާނިސްތާނާ ގުޅޭ ގޮތުން ބޭއްވި އދ. ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ޖަލްސާއެއްގައި ގުޓެރޭޒް ވިދާޅުވި އެވެ.

ނިއު ޔޯކުގައި ހުންނަ އދ. ގެ މައި އިދާރާގައި ކުއްލި ޖަލްސާއެއް ބޭއްވީ އާދީއްތަ ދުވަހު ތާލިބާނުން ކާބުލް އަށް ވަންނަން ތައްޔާރުވުމާއެކު އެ ގައުމުގެ ރައީސް އަޝްރަފް ގަނީ ގައުމު ދޫކޮށް ވަޑައިގެންނެވުމުންނެވެ.

"ސަލާމަތީ މަޖިލީހާއި މުޅި ބައިނަލްއަގްވާމީ މުޖުތަމައަށް އަޅުގަނޑު ގޮވާލަނީ އެކުގައި ތެދުވެ، އެކުގައި މަސައްކަތްކޮށް، އެކުގައި ފިޔަވަޅު އެޅުމަށް،" ގުޓެރޭޒް ވިދާޅުވި އެވެ.

އޭގެ އިތުރުން "އަފްގާނިސްތާނުގައި އޮތް ޓެރަރިސްޓް ނުރައްކާ ހިފެހެއްޓުމަށާއި އަސާސީ އިންސާނީ ހައްގުތަކަށް އިހްތިރާމް ކުރާނެކަން ޔަގީން ކުރުމަށް ގައުމުތަކަށް ލިބިފައިވާ ހުރިހާ ވަސީލަތެއް ބޭނުން ކުރުމަށް" އޭނާ ގޮވާލެއްވި އެވެ.

ވިހި އަހަރުވީ އަފްގާނިސްތާނުގެ ހަނގުރާމަ ނިންމާލާފައި ވަނީ އަލުން ތާލިބާނުންގެ ވެރިކަން ގާއިމްކޮށް، ކާބުލްގެ މަގުތަކުގައި ފޯރިމަރަން ހަނގުރާމަވެރިން ނިތުމާ އެކު އެވެ.

އަފްގާނިސްތާނުގެ ވެރިކަމަށް ތާލިބާނުން އައުމުން ހޯމަ ދުވަހު ވެރިރަށް ކާބުލްގެ އެއާޕޯޓުން ފެނުނީ ހިތްދަތި މަންޒަރެކެވެ. އެތައް ހާސް އަފްގާން ރައްޔިތުން އެއާޕޯޓަށް ޖަމާވެ، އެމެޖެންސީގައި ފުރަމުން ދިޔަ ފްލައިޓުތަކުގައި ގައުމުން ދެވޭތޯ މަސައްކަތް ކުރި އެވެ.

ގުޓެރޭޒް ވިދާޅުވީ އަފްގާން ރައްޔިތުންނަށް "ފުރިހަމަ އެއްބާރުލުން ދޭން ހައްގު" ކަމަށެވެ.

"ކުރިއަށް އޮތީ މުހިއްމު ދުވަސްތަކެއް. ދުނިޔެ މި އޮތީ ބަލަން. އަފްގާނިސްތާނުގެ ރައްޔިތުން އެކަހެރިކޮށްލެވިގެން ނުވާނެ".

އަފްގާނިސްތާނުގައި "އިންސާނީ ހައްގުތައް ނެގެހެއްޓުމަށްޓަކައި އެއް އަޑަކުން ވާހަކަ ދެއްކުމަށް" ގުޓެރޭޒް ގައުމުތަކަށް ގޮވާލެއްވި އެވެ.

"ބުރަ މަސައްކަތުން ހޯދި އަފްގާން އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތައް ރައްކާތެރި ކުރުން ވަރަށް މުހިއްމު" ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ގުޓެރޭޒް ވަނީ "ބައިނަލްއަގްވާމީ އިންސާނީ ގާނޫނުތަކަށް އިހްތިރާމުކޮށް ރައްކާތެރިކޮށް ހިތުމަށާއި ވަކިވަކި ފަރުދުންގެ މިނިވަންކަމަށް އިހުތިރާމް ކުރުމަށް" ތާލިބާނުންނަށް ގޮވާލައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox