އެއާލައިންތަކުން އަފްގާން ވައިގެ ސަރަހައްދާ ދުރަށް

ތާލިބާނުން ވެރިކަމަށް އައުމުން އަފްގާނިސްތާނުގެ އާއިލާތަކުން އެހެން ގައުމުތަކަށް ފުރުމަށް ކާބުލް އެއާޕޯޓަށް ޖަމާވެފައި.-- ފޮޓޯ: އޭއެފްޕީ

ތާލިބާނުން ވެރިކަމަށް އައުމުން އަފްގާނިސްތާނުގެ އާއިލާތަކުން އެހެން ގައުމުތަކަށް ފުރުމަށް ކާބުލް އެއާޕޯޓަށް ޖަމާވެފައި.-- ފޮޓޯ: އޭއެފްޕީ

ޕެރިސް، ފްރާންސް (އޯގަސްޓު 16) - އަފްގާނިސްތާނުގެ ވައިގެ ސަރަހައްދުން ދަތުރު ނުކުރުމަށް އެ ގައުމުގެ އޭވިއޭޝަން އޮތޯރިޓީން އެންގުމުން، ބައިނަލްއަގްވާމީ އެއާލައިންތަކުން އެ ސަރަހައްދާ ދުރަށް ޖެހިއްޖެއެވެ.

އަފްގާނިސްތާނުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން އެއާލައިންތަކަށް ނެރުނު ނޯޓިސްއެއްގައި ބުނީ ކާބުލްގެ ވައިގެ ސަރަހައްދުގެ ކޮންޓްރޯލް ސިފައިންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެހެންކަމުން އެ ސަރަހައްދުން ދަތުރު ކުރަން ހަމަޖެހިފައިވާ ހުރިހާ ފްލައިޓެއް އެހެން މަގަކުން ދިޔުމަށް އެއާލައިންތަކަށް ގޮވާލާފައި ވެ އެވެ.

އަފްގާނިސްތާނުގެ ފުރިހަމަ ކޮންޓްރޯލް އާދީއްތަ ދުވަހު ތާލިބާނުން ނެގުމުން ގިނަ އެއާލައިންތަކުން ނިންމީ އެ ގައުމުގެ ވައިގެ ސަރަހައްދުން ދަތުރު ނުކުރުމަށެވެ.

އޮސްޓްރިއަން އެއާލައިންސް، ބްރަސެލްސް އެއާލައިންސް، ޔޫރޯވިންގްސް، ސްވިސް އަދި އެއާ ފްރާންސް ހިމެނޭ ލުފްތަންސާ ގްރޫޕުން ބުނީ މުއްދަތެއް ނެތް ގޮތަށް އަފްގާން ވައިގެ ސަރަހައްދަށް ނުވަންނަން ނިންމާފައިވާ ކަމަށެވެ.

އޭގެ ސަބަބުން ލުފްތަންސާ ގްރޫޕުން އިންޑިއާ އަށް ކުރާ ފްލައިޓުތައް އެއް ގަޑިއިރު ލަސްވާނެ ކަމަށް އަންގާފައި ވެ އެވެ. އަފްގާން ވައިގެ ސަރަހައްދަށް ނުވަންނަން ނިންމީ ފްލައިޓްތަކުގެ ރައްކާތެރިކަމަށްޓަކައި ކަމަށް ލުފްތަންސާ އިން ބުންޏެވެ.

އޭގެ އިތުރުން އެއާ ފްރާންސުން ބެންކޮކާއި، ހޯ ޗީ މިން ސިޓީ، ނިއު ދިއްލީ އަދި ސިންގަޕޫރަށް ކުރާ ދަތުރުތައް ވަނީ ރީރައުޓްކޮށްފަ އެވެ.

ބްރިޓިޝް އެއާވޭޒް އިން ނެރުނު ބަޔާނެއްގައި ބުނީ މި ވަގުތަށް އަފްގާން ވައިގެ ސަރަހައްދު ބޭނުން ކުރުން ހުއްޓާލާފައިވާ ކަމަށެވެ.

ސިންގަޕޫރު އެއާލައިންސުން ބުނީ އަފްގާނިސްތާނުގައި ހިނގަމުންދާ ކަންކަމަށް ރިއާޔަތް ކުރުމަށް ފަހު އެ ސަރަހައްދަށް ނުވަނުމަށް ނިންމާފައިވާ ކަމަށެވެ.

ވާޖިން އެޓްލާންޓިކުން ބުނީ އިސްލާމްއާބާދާއި، ލާހޯރު، މުމްބާއީ އަދި ނިއު ދިއްލީ އަށް ކުރާ ފްލައިޓުތައް ދާނީ އަފްގާން ވައިގެ ސަރަހައްދަށް ނުވަދެ ކަމަށެވެ. އަދި އެންމެ މުހިއްމު ކަމަކީ ކަސްޓަމަރުންގެ ރައްކާތެރިކަމާއި ސިއްހަތު ކަމަށް ބުންޏެވެ.

ވިހި އަހަރަށް ފަހު އަފްގާނިސްތާނުގެ ވެރިކަމަށް ތާލިބާނުން އައުމުން ހޯމަ ދުވަހު ވެރިރަށް ކާބުލްގެ އެއާޕޯޓުން ފެނުނީ ހިތްދަތި މަންޒަރެކެވެ.

އެތައް ހާސް އަފްގާން ރައްޔިތުން އެއާޕޯޓަށް ޖަމާވެ، އެމެޖެންސީގައި ފުރަމުން ދިޔަ ފްލައިޓުތަކުގައި ގައުމުން ދެވޭތޯ މަސައްކަތް ކުރި އެވެ.

އެމެރިކާ އިން ވަނީ އަފްގާނިސްތާނުގައި ތިބި އެމެރިކާ އެމްބަސީ މުވައްޒަފުންނާއި އެމެރިކާގެ އެހެން ރައްޔިތުން ރައްކާތެރިކަމާ އެކު އަނބުރާ ގައުމަށް ގެނައުމުގެ މަސައްކަތް ކުރުމަށް 6،000 ސިފައިން ކާބުލް އަށް ފޮނުވާފަ އެވެ.

އެމެރިކާ ރައްޔިތުންގެ އިތުރުން އެ ގައުމުން އަފްގާނިސްތާނުގައި ހިންގި އޮޕަރޭޝަނުގައި ތަރުޖަމާނުންނާއި އެހެން ވަޒީފާތަކުގައި އުޅުނު އަފްގާން ރައްޔިތުން ވެސް އެމެރިކާ އަށް ގެންދާނެ އެވެ.

ފްރާންސާއި، ޖަރުމަނު އަދި އޮސްޓްރޭލިއާ ހިމެނޭހެން އެހެން ގައުމުތަކުން ވެސް ވަނީ ރައްޔިތުން ބަލައި ޗާޓަރު ފްލައިޓުތައް ކާބުލް އަށް ފޮނުވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox