ކޮވިޑާ ދެކޮޅަށް ސިހުރު ހަދަން ހިތްވަރު ދިން ލަންކާ ހެލްތު މިނިސްޓަރު ވަކިކޮށްފި

ސްރީލަންކާގެ ކުރީގެ ހެލްތު މިނިސްޓަރު ޕަވިތްރާ ވަންނިއަރައްޗީ.-- ފޮޓޯ: ނިއުސް ފަސްޓް

ސްރީލަންކާގެ ކުރީގެ ހެލްތު މިނިސްޓަރު ޕަވިތްރާ ވަންނިއަރައްޗީ.-- ފޮޓޯ: ނިއުސް ފަސްޓް

ކޮލޮމްބޯ، ސްރީލަންކާ (އޯގަސްޓު 16) - ސްރީލަންކާގައި ކޮވިޑް ކޭސްތަކާއި މަރުތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި އެ ބައްޔާ ދެކޮޅަށް ސިހުރު ހަދައި "ޖާދޫގެ ބޭސްތައް" ބުއިމަށް ހިތްވަރު ދިން ހެލްތު މިނިސްޓަރު އެ މަގާމުން ދުރުކޮށްފި އެވެ.

ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ އޮފީހުން ވަނީ ހެލްތު މިނިސްޓަރުގެ މަގާމުން ޕަވިތްރާ ވަންނިއަރައްޗީ ދުރުކޮށް މީޑިއާ މިނިސްޓަރު ކެހެލިޔާ ރަމްބުކްވެއްލާ އަށް އެ މަގާމު ދީފަ އެވެ. ރަމްބުކްވެއްލާ އަކީ ސަރުކާރުގެ ތަރުޖަމާނުގެ މަގާމު ވެސް ފުރުއްވާ ބޭފުޅާ އެވެ.

ހެލްތު މިނިސްޓަރުކަމުން ދުރުކުރި ވަންނިއަރައްޗީ އަށް މިދިޔަ ޖެނުއަރީ މަހު ކޮވިޑް ޖެހި އައިސީޔޫގައި ފަރުވާ ދިނެވެ. ނަމަވެސް އޭނާ ފަހުން ވަނީ ސިހުރު ހަދާ މީހެއްގެ ކައިރިން ހޯދި "ޖާދޫގެ ބޭހެއް" ކޮވިޑާ ދެކޮޅަށް އާއްމުންގެ ތެރޭގައި ބޮއެ، އެކަން ޕްރޮމޯޓުކޮށްފަ އެވެ.

އޭގެ އިތުރުން 21 މިލިއަން މީހުން ދިރިއުޅޭ ލަންކާގައި ބަލިމަޑުކަން ނިމުމަކަށް އަންނާނީ "ހުރުމަތްތެރިވެގެންވާ" ފެން، ކޯރެއްގެ ތެރެއަށް އެޅުމުން ކަމަށް ފާދިރީއަކު ބުނުމުން، މިދިޔަ ނޮވެމްބަރު މަހު އޭނާ އެކަން ވެސް ކުރި އެވެ.

ކޮވިޑާ ގުޅޭ ތަފާސްހިސާބު އާއްމު ކުރުމުގައި އޮޅުވާލާކަން ފަޅާއެރުމުން މިދިޔަ ހަފްތާގައި ލަންކާގެ ހެލްތު މިނިސްޓްރީއަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ.

ހެލްތު މިނިސްޓަރުކަމުން ދުރުކުރި ނަމަވެސް ވަންނިއަރައްޗީ އަދިވެސް އިންނަވާނީ ކެބިނެޓު މެމްބަރެއްގެ ގޮތުގަ އެވެ. އެއީ ހެލްތުގެ ބަދަލުގައި މުހިއްމުކަން ކުޑަ، ޓްރާންސްޕޯޓުގެ މިނިސްޓަރުކަމަށް އޭނާ ކަނޑައަޅާފައި ވާތީ އެވެ.

މިދިޔަ ހަފްތާގައި ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު ދުވާލަކު 150 އަށް ވުރެ މައްޗަށް ދިޔަ އެވެ. ކޮންމެ ދުވަހަކު 3،000 އަށް ވުރެ ގިނަ ކޭސް ދަނީ ފެންނަމުންނެވެ. ލޮކްޑައުން ކުރަން ސަރުކާރުން ދެކޮޅު ހެދި ނަމަވެސް، މިދިޔަ ހަފްތާގައި ވަނީ ފިޔަވަޅުތައް ހަރުކަށިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox