އަފީފްގެ ހިތްހަމަނުޖެހުމަކީ އެމްޑީޕީއަށް ވުރެން އަދާލަތަށް ރައީސް އިތުބާރު ކުރެއްވުން

އަފީފްގެ ކެމްޕޭންގައި ރައީސް ސޯލިހާއި ރައީސް ނަޝީދުގެ އަރިހުގައި: އޭނާ ވިދާޅުވަނީ ރައީސަށް ކަންބޮޑުވެވަޑައިގެންނެވި މައްސަލަ ބަލަން އޭނާ ވެސް ޕާޓީގައި އެދިވަޑައިގެންނެވި ކަމަށް.

އަފީފްގެ ކެމްޕޭންގައި ރައީސް ސޯލިހާއި ރައީސް ނަޝީދުގެ އަރިހުގައި: އޭނާ ވިދާޅުވަނީ ރައީސަށް ކަންބޮޑުވެވަޑައިގެންނެވި މައްސަލަ ބަލަން އޭނާ ވެސް ޕާޓީގައި އެދިވަޑައިގެންނެވި ކަމަށް.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ އަދާލަތު ޕާޓީގެ މެމްބަރެއް ނޫން ކަމެއް ވެސް އެނގިވަޑައިނުގަންނަވާ ކަމަށް ދެންނެވީ އެމްޑީޕީއަށް ވުރެން މާބޮޑަށް އަދާލަތު ޕާޓީއަށް އިތުބާރު ކުރައްވައި އިސްކަން ދެއްވާތީ ކަމަށް ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް މިއަދު ވިދާޅުވެއްޖެ އެވެ.

އަފީފްގެ މި ތުހުމަތު ރައީސަށް އަނެއްކާވެސް އަމާޒުކުރެއްވީ އެމަނިކުފާނަކީ, އެމްޑީޕީގެ އެންމެ އިސް ލީޑަރު ކަމަށާއި ވެރިކަމުގައި ދެމިހުންނަވަން ބޭނުންވަނީ ވެސް އެމްޑީޕީގެ މެޖޯރިޓީއާ އެކުގައި ކަަމަށް މިދިޔަ ބުރާސްފަތިދުވަހު ވިދާޅުވެފައި ވަނިކޮށެވެ. އަފީފް ދެއްކެވި ވާހަކަތަކަށް ނިސްބަތްކުރައްވައި ރައީސް ވިދާޅުވެފައި ވަނީ ޕާޓީގެ ސީނިއާ ބޭފުޅެއްގެ ގޮތުގައި ހުންނަވައި އަފީފް، އެމަނިކުފާނާ ގުޅޭ ގޮތުން ދެއްކެވި ވާހަކައިގެ ހަގީގަތް ބަލަން ޗެއާޕާސަން ހަސަން ލަތީފްގެ އަރިހުން އެދިވަޑައިގަތީ އެމްޑީޕީގެ މަސްލަހަތަށްޓަކައި ކަަމަށެވެ.

މިކަމުގައި އަފީފްގެ ހިތްހަމަނުޖެހުންތަކެއް ހުރި ކަމަށް ވާހަކަ ދެކެވިފައި ވަނިކޮށް "އަދަދު"އަށް މިއަދު ވިދާޅުވީ ރައީސް އެދިވަޑައިގަތް ގޮތަށް މައްސަލަ ބަލައިދޭން ޕާޓީގައި އޭނާ ވެސް އެދިވަޑައިގެންފައިވާނެ ކަމަށެވެ. އޭނާއަށް މައްސަލައަކަށް ވަނީ، އަފީފް ވިދާޅުވި ގޮތުގައި، އެމްޑީޕީއަށް ވުރެން އަދާލަތު ޕާޓީ އިސްކުރެއްވުމެވެ.

Advertisement

މި ވެރިކަމުގައި ހޯމް މިނިސްޓަރުކަން ކުރައްވާ އަދި ކޯލިޝަންގެ އެއް ލީޑަރު އިމްރާން އަބްދުﷲ ނިސްބަތްވެވަޑައިގަންނަވާ އަދާލަތު ހިމެނެނީ އެމްޑީޕީ އިސްވެ އޮވެ ރައީސް ސޯލިހްގެ ވެރިކަން އުފެއްދި ހަތަރު ޕާޓީގެ ތެރޭގަ އެވެ.

އަފީފް ތުހުމަތު ކުރެއްވި ގޮތުގައި އެމްޑީޕީއަށް ނުދެއްވާ އިސްކަން އަދާލަތަށް ދެއްވަ އެވެ. ތަފްސީލަށް އެދިވަޑައިގަތުމުން މިސާލެއް ދައްކަވަމުން ވިދާޅުވީ ރައީސް އެންމެ އިތުބާރު ކުރައްވާ މަގާމުގައި ހުންނެވީ އަދާލަތު ޕާޓީގެ ބޭފުޅެއް ކަމަށެވެ.

އަފީފް އިޝާރާތްކުރެއްވި ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވީ ރައީސް ސޯލިހް ވެރިކަމަށް ގެންނެވި ކެމްޕޭންގައި އިސްކޮށް އުޅުއްވި އަދާލަތު ޕާޓީގެ ކުރީގެ ނައިބު ރައީސް އަލީ ޒާހިރެވެ.

"ދައުލަތް ހިންގުމުގެ އެންމެ މަތީ އޮފީހުގައި އެންމެ އިތުބާރު ކުރައްވާ އެ މަގާމަށް ކީއްވެތޯ އެމްޑީޕީގެ ބޭފުޅަކު ހަމަނުޖެއްސެވީ. ޕާޓީގައި ނެތީތޯ އެ މަގާމް އަދާކުރެއްވޭނެ ބޭފުޅެއް،" އަފީފް ސުވާލު ކުރެއްވި އެވެ.

ރައީސް އެންމެ އިތުބާރު ކުރައްވާ މަގާމުގައި ހުންނަވަން ވާނީ އަފީފް ގަބޫލުކުރައްވާ ގޮތުގައި އެމްޑީޕީގެ ބޭފުޅެކެވެ.

އެހެންވީމަ އަޅުގަނޑު މި ދަންނަވާ ވާހަކައަކީ އަދާލަތަށް އިތުބާރު ކުރައްވާ ސަބަބު ރައީސް ސާފުކޮށްދެއްވަން ޖެހެއޭ. --އަފީފް

އަފީފް ވިދާޅުވި ގޮތުގައި ކޯލިޝަންގައި ބޮޑު އަދި ރައީސް ސޯލިހް ވެރިކަމަށް ގެނައުމަށް އެންމެ ބުރަ މަސައްކަތްތަކެއް ވެސް ކުރީ އެމްޑީޕީންނެވެ. އެ ޕާޓީއަށް ވުރެން ގާތްކަން އެހެން ޕާޓީތަކަށް ބެހެއްޓެވުން ބަލައެއް ނުގަނެވޭ ކަަމަށް ވިދާޅުވި އެވެ.

ރައީސަކީ އެމްޑީޕީގެ އެންމެ އިސް ބޭފުޅާ ކަމަށާއި ޕާޓީގެ މަސްލަހަތަށް އިސްކަންދެއްވައި ދެމިހުންނަވާނީ ވެސް އެމްޑީޕީގައި ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށް ދެންނެވުމުން އަފީފް ވިދާޅުވީ "އަމަލުން އެކަން ދައްކަވަން ޖެހިވަޑައިގަންނަވާ" ކަަމަށެވެ.

މިދިޔަ ބުދަދުވަހު ރައީސް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި, އަފީފުގެ މައްސަލަ ބަލަން އެންގެވި ސަބަބާ މެދު ނޫސްވެރިން ސުވާލު ކުރުމުން ވިދާޅުވީ އެމަނިކުފާނު ދެކެވަޑައިގަންނަވަނީ އެ ވާހަކައަކީ ޕާޓީގެ ތެރޭގައި ބައިބައިވުން އުފެދޭ ޒާތުގެ ވާހަކައެއް ކަމަށެވެ.

ޕާޓީ ތެރޭގައި ބައިބައިވުން އުފެދޭ ކަމެއް އައިމަ އަޅުގަނޑުޖެހޭނެ އެކަން ހައްލުކުރެވޭތޯ ބަލަން. ހާއްސަކޮށް އަފީފް ކަހަލަ ބޭފުޅެއް އެކަހަލަ ވާހަކައެއް ދެއްކެވީމަ އޭގެ ހަގީގަތް ހޯދަން،" ހަސަން އަށް ގުޅުއްވި ސަބަބު ތަފްސީލްކޮށްދެއްވަމުން ވިދާޅުވި އެވެ.

އެމްޑީޕީ އުފައްދަން ކުރި ފުރަތަމަ 40 ސޮއިގެ ތެރޭގައި ދެ ވަނަ އަށް އެމަނިކުފާނު ހިމެނިވަޑައިގަންނަވާ ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވެފައި ވަނީ ސިޔާސީ ޕާޓީގައި މަސައްކަތް ކުރުމާއި ސިޔާސީ މަސައްކަތް ވެސް ފެށުނީ އެމްޑީޕީން ކަމަށެވެ.

"އަޅުގަނޑު ދެމިހުންނާނީވެސް އިރާދަކުރެއްވިއްޔާ، އެމްޑީޕީގައި،" ރައީސް ވިދާޅުވި އެވެ.

އަދާލަތުގެ ނުފޫޒު އެމަނިކުފާނަށް އޮތް ކަަމަށް ކުރައްވާ ތުހުމަތަށް ޖަވާބުދާރީވެވަޑައިގަންނަވަމުން ހަނދާންކޮށްދެއްވީ މި ވެރިކަން އުފެދިފައި އޮތް ގޮތެވެ. މިހާތަނަށް ހުރިހާ އިންތިހާބެއް ކާމިޔާބުވީ ވެސް ކޯލިޝަނަކުން ކަމަށާއި ރައްޔިތުން ވޯޓު ދިން ގޮތަށް ވެރިކަން ކުރެއްވުމަކީ އެއްވެސް ޕާޓީއެއްގެ ނުފޫޒު އޮތުން ކަމަަކަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

"އެހެންވީމާ، އަޅުގަނޑު ވެރިކަން ކުރަމުން ގެންދަންޖެހޭނީ މި ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީއެއްގެ މަޝްވަރާއާ އެކީގައި. އަޅުގަނޑުގެ މައްޗަކަށް އެއީ ހިންގާ ނުފޫޒެއް ނޫން. އަޅުގަނޑު މަޝްވަރާ ކުރަންޖެހޭ ކަންތައްތަކުގައި، އަދާލަތާ އެކީގައި ވެސް މަޝްވަރާ ކުރަންޖެހޭނެ. ޖުމްހޫރީ ޕާޓީއާ އެކީގައި ވެސް މަސައްކަތް ކުރަންޖެހޭނެ. ރައީސް މައުމޫން، މިހާރު ވެއްޖިއްޔާ، އެމްއާރުއެމްއާ އެކީގައިވެސް މަސައްކަތް ކުރަންޖެހޭނެ. އެމްޑީޕީއާ އެކީގައި ވެސް މަސައްކަތް ކުރަންޖެހޭނެ."

އަފީފް ދެއްކެވި ވާހަކަތައް ބަލައިދޭން ޕާލަމެންޓްރީ ގްރޫޕަށް ހުށަހަޅުއްވާފައިވާ ކަމަށް ހަސަން ލަތީފް ވިދާޅުވި ވާހަކަ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ދޮގުކުރެއްވި އެވެ. އޭނާ ވިދާޅުވީ މައްސަލަ ނުލިބޭ ކަމަށާއި ހުށަހެޅުއްވިއަސް ޕީޖީން ބެލުމުގެ ފުރުސަތެއް ވެސް ނެތް ކަަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ރަސްމާލެ މެނިފެސްޓޯގައި ލިޔުނީ ޔަހޫދީން އާބާދުކުރާކަށް ނޫން"

ރަސްމާލެ މަޝްރޫއަކީ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނުއްވި ކަމެއް ކަމަށާއި، އެއީ ރައީސް މުއިއްޒުގެ އަމިއްލަ މަޝްރޫއެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެ މަޝްރޫއުގެ ބޭނުމަކީ ބޭރުގެ ފަރާތްތަކަށް ނުވަތަ ޔަހޫދީންނަށް އާބާދުވުމުގެ ފުރުސަތު ދިނުން ނޫން ކަމަށާއި، އެފަދަ ކަމަކަށް ގާނޫނު ބަދަލުކުރުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަދުރުސާ ގޮއްވާލަން އުޅުނު މައްސަލަ: 3 މީހަކަށް މޮނިކޮން އަމުރު

ތ. ތިމަރަފުށީ މަދުރަސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ހިމެނޭ ތިން މީހަކު މޮނިޓާކޮށް ކޮންޓްރޯލްކުރުމަށް ހައިކޯޓުން މޮނިކޮން އަމުރެއް ވަނީ ނެރެފައި. މި އަމުރު ނެރެފައިވަނީ ހޯމް މިނިސްޓްރީން އެދިގެން، ޓެރަރިޒަމްގެ އެކި ތުހުމަތުތައް ކުރެވުނު މުހައްމަދު އާސިރު، އަހްސަން މުހައްމަދު އަދި އަބްދުﷲ ޝަރީފްގެ މައްޗަށް.

ކައުންސިލުގެ އިހުތިސާސުން މުހިންމު 14 ބިމެއް ވަކިކޮށްފި

އެ ބިންތައް ކައުންސިލުގެ އިހްތިސާސުން ވަކި ކުރިކަން އަންގައި ހައުސިން މިނިސްޓްރީ އިން ވަނީ އިއުލާނެއް ގެޒެޓުކޮށްފަ އެވެ. އެ އިއުލާނުގައި ބުނެފައި ވަނީ އެ ބިންތައް ވަކި ކުރީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން ކަމަށެވެ.

ޔޫއޭއީގެ އިސް އޮފިޝަލަކާ ދިވެހި ސަފީރު ބައްދަލުކޮށްފި

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތޯރިގު ވިދާޅުވީ ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސައީދް އަލް ހަޖޭރީއާ އޭނާ ބައްދަލު ކުރެއްވީ "ދެގައުމުގެ މެދުގައިވާ ބައެއް ކަންކަމާމެދު" މަޝްވަރާ ކުރަން ކަމަށެވެ.

ބޭނުންކުރެވޭ ރިޒާވު 200 މިލިއަން ޑޮލަރުން ދަށަށް

ބޭނުންކުރެވޭ ރިޒާވުގައި މިދިޔަ މަސް ނިމުނުއިރު ހުރީ 169.7 މިލިއަން ޑޮލަރު. ސަރުކާރުން ބުނަނީ މި ވަރަށް ރިޒާވު ދަށްވީ ގިނަ ދަރަނިތަކެއް ދައްކަން ޖެހުނު އަހަރެއްގައި ތެޔޮ އިމްޕޯޓު ކުރުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން.

350 ކިލޯއަށްވުރެ ބަރު އުޅަނދުތަކަށް ނުދުއްވޭ ގަޑިތަކެއް

މާލެ ސަރަހައްދުގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި، 350 ކިލޯއަށްވުރެ ބަރު އުޅަނދުތައް ދުއްވުން މަނާ ވަގުތުތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަނޑައަޅާފައި. މިގޮތުން ހެނދުނު 06:00 އިން 08:30 އަށް އަދި 11:30 އިން 01:30 އަށް ބޮޑުތަކުރުފާނު މަގު ފިޔަވައި އެހެން މަގުތަކާއި ބްރިޖުގައި މިފަދަ އުޅަނދުތައް ދުއްވުމަކީ މަނާކަމެއް.

2028 މުއިއްޒަށް ލިބޭނެ ގޮތެއް ނެތް: މަތީން

ރައީސް މުއިއްޒު އަމަލުކުރައްވާ ގޮތާއި ސަރުކާރުގެ ސިޔާސަތުތަކަށް ބަލާއިރު، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށް އެމްޑަބްލިއުއެސްސީގެ ކުރީގެ އެމްޑީ އަބްދުލް މަތީން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox