އަފްގާނިސްތާނުގެ ފުރިހަމަ ކޮންޓްރޯލް ތާލިބާނަށް ލިބިއްޖެ

އަފްގާނިސްތާނުގެ ލަގްމަން ޕްރޮވިންސްގައި ތާލިބާން ހަނގުރާމަވެރިންތަކެއް.-- ފޮޓޯ: އޭއެފްޕީ

އަފްގާނިސްތާނުގެ ލަގްމަން ޕްރޮވިންސްގައި ތާލިބާން ހަނގުރާމަވެރިންތަކެއް.-- ފޮޓޯ: އޭއެފްޕީ

ކާބުލް، އަފްގާނިސްތާން (އޯގަސްޓު 16) - ލޭ އޮހޮރުވުމަށް ފުރުސަތު ނުދޭން ކަމަށް ވިދާޅުވެ އަފްގާނިސްތާނުގެ ރައީސް އަޝްރަފް ގަނީ ގައުމު ދޫކޮށް ވަޑައިގެންނެވުމާއެކު، 20 އަހަރުވީ ދިގު ހަނގުރާމައިން މޮޅުވެ، އަފްގާނިސްތާނުގެ ފުރިހަމަ ކޮންޓްރޯލް ތާލިބާނުންނަށް ލިބިއްޖެ އެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މުޅި އަފްގާނިސްތާން އެއްކޮށް ހިފައި ރޭ ދަންވަރު ހަނގުރާމަވެރިން ރިޔާސީ ގަނޑުވަރަށް ވަނުމާއެކު ވެރިރަށް ކާބުލްގައި ވަނީ ބިރުވެރިކަމާއި ކަންބޮޑުވުން އުފެދިފަ އެވެ.

ހޯމަ ދުވަހު ފަތިސްވުމާއެކު އެތައް ހާސް ބަޔަކު ވަނީ ކާބުލް ދޫކޮށް ދެވޭތޯ މަސައްކަތް ފަށާފަ އެވެ. ތާލިބާނުންގެ ހަރުކަށި ވެރިކަމެއްގައި އުޅެން ބޭނުން ނުވާ މީހުން ޖަމާވެ އެއާޕޯޓު އޮތީ ފުރިފަ އެވެ.

އާދީއްތަ ދުވަހު ގައުމު ދޫކޮށް ވަޑައިގެންނެވި ރައީސް ގަނީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ކަނޑި އާއި ބަޑީގެ އިންސާފުން ތާލިބާނުން ކާމިޔާބު ހޯދާފައިވާ" ކަމަށެވެ.

ތާލިބާނުންގެ ކޯ ފައުންޑަރު އަބްދުލް ގަނީ ބަރާދަރް ވެސް ސޯޝަލް މީޑިއާގައި ޕޯސްޓު ކުރި ވީޑިއޯއެއްގައި ބުނީ އެ ގްރޫޕަށް ކާމިޔާބު ލިބިފައިވާ ކަމަށެވެ.

އެންމެ 10 ދުވަސް ތެރޭގައި ތާލިބާނުން ވަނީ އަފްގާނިސްތާނުގެ ހުރިހާ ބޮޑެތި ސިޓީތަކެއް ހިފައިފަ އެވެ. އެމެރިކާ ސިފައިންގެ އެހީތެރިކަން ނެތި، އަފްގާނިސްތާނުގެ ސިފައިން ވަނީ ހަތިޔާރު ބަހައްޓައި އަމާން ދީފަ އެވެ.

ތާލިބާނުން ބުނީ ބޭނުންވަނީ "ސުލްހަވެރިކަމާ އެކު ވެރިކަމުގެ ބާރުތައް ބަދަލު ކުރަން" ކަމަށެވެ. ތާލިބާނުން އަލުން ވެރިކަމަށް މި އަންނަނީ 20 އަހަރު ފަހުންނެވެ.

ނަވާރަ ސަތޭކަ ނުވަދިހަ ހަޔަކުން ފެށިގެން އޮތް ތާލިބާނު ވެރިކަން ވެއްޓުނީ ސެޕްޓެމްބަރު 11، 2001 ގެ ޓެރަރިސްޓު ހަމަލާތަކާ ގުޅިގެން އެމެރިކާ އިން އަފްގާނިސްތާނުގެ ފަސްގަނޑަށް އެރުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox