އަފްގާން ރެފިއުޖީން ހުއްޓުވަން ތުރުކީ އާއި ޕާކިސްތާން ގުޅިއްޖެ

އަފްގާނިސްތާނުގެ ރެފިއުޖީ ކުޑަކުދިންތަކެއް.-- ފޮޓޯ: އޭއެފްޕީ

އަފްގާނިސްތާނުގެ ރެފިއުޖީ ކުޑަކުދިންތަކެއް.-- ފޮޓޯ: އޭއެފްޕީ

އިސްތަންބޫލް، ތުރުކީ (އޯގަސްޓު 15) - އެއް ފަހަރާ ގިނަ އަދަދެއްގެ އަފްގާނިސްތާނުގެ ރެފިއުޖީން އެހެން ގައުމުތަކަށް ހިޖުރަ ކުރުން ހުއްޓުވުމަށް ތުރުކީ އާއި ޕާކިސްތާން ގުޅިގެން މަސައްކަތް ކުރަން ނިންމައިފި އެވެ.

ތުރުކީގެ ރައީސް ތައްޔިބް އުރުދުގާން ވިދާޅުވީ އިރާން މެދުވެރިކޮށް ގިނަ އަދަދެއްގެ އަފްގާން ރެފިއުޖީން ތުރުކީ އަށް އަންނަމުންދާކަން ވަނީ ފާހަގަވެފަ އެވެ.

"އެ ސަރަހައްދަށް ހަމަޖެހުން ގެނައުމުގެ މަސައްކަތް އަޅުގަނޑުމެން ކުރާނަން. މަސައްކަތް ފަށާނީ އަފްގާނިސްތާނުން. އެކަން ކުރުމަށް އަޅުގަނޑުމެންނަށް ޖެހެނީ ޕާކިސްތާނާއެކު އޮތް ގުޅުން ވަރުގަދަ ކުރަން،" ޕާކިސްތާނުގެ ރައީސް އާރިފް އަލްވީއާ އެކު އުރުދުގާން ވިދާޅުވި އެވެ.

"މިކަން ކާމިޔާބު ކުރުމަށް ލިބެން ހުރި ހުރިހާ ވަސީލަތެއް ބޭނުން ކުރަން މި ތިބީ ތައްޔާރަށް."

ތުރުކީ އާއި ޕާކިސްތަނުން އެހެން ބުނެފައި ވާއިރު، އަފްގާނިސްތާނުގެ ރައީސް އަޝްރަފް ގަނީ ވަނީ ގައުމު ދޫކުރައްވާ އަވައްޓެރި ތަޖިކިސްތާނަށް ވަޑައިގެންފަ އެވެ.

ކާބުލް ވަށާލައިގެން ތިބި ތާލިބާނުން ބުނީ ބާރުތައް ސުލްހަވެރިކަމާ އެކު ބަދަލު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަފްގާނިސްތާނުގައި ތާލިބާނުން ބާރުގަދަވީ އެމެރިކާ ސިފައިން ފޭބުމުންނެވެ.

ތުރުކީ އާއި ޕާކިސްތާން ގުޅިގެން މަސައްކަތް ކުރަން ނިންމީ ޕާކިސްތާނުގެ ރައީސް އާރިފް މި ވަގުތު އިސްތަންބޫލަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގަ އެވެ.

ތުރުކީގެ ސިފައިން ވެސް އަފްގާނިސްތާނުގައި އުޅޭއިރު، މި މަހު ފަހުކޮޅު އެމެރިކާ ސިފައިން އަފްގާނިސްތާނުން ފައިބާ ނިމުމުން، ކާބުލް އިންޓަނޭޝަނަލް އެއާޕޯޓުގެ ސެކިއުރިޓީ ބަލަހައްޓައި ދިނުމަށް ތުރުކީން ވަނީ އަމިއްލަ އަށް ހުށަހަޅާފަ އެވެ.

އޭގެ އިތުރުން މަޝްވަރާ ކުރުމަށް ތާލިބާން ލީޑަރުންނާ ބައްދަލުކުރުމަށް ވެސް ރައީސް އުރުދުގާން ހުށަހަޅުއްވާފައި ވެ އެވެ.

އަފްގާން ރެފިއުޖީން ތުރުކީއަށް އަންނަ މައްސަލަ ހޫނުވެ، އިދިކޮޅު ފަރާތްތަކުން އަންނަނީ ވަރުގަދަ ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް ޕްރެޝަރު ކުރަމުންނެވެ.

އެގޮތުން ސަރުކާރުން ވަނީ އިރާނާ ގުޅޭ ބޯޑަރު ސަރަހައްދުގައި ރެފިއުޖީން ހުއްޓުވުމަށް ބޮޑު ފާރެއް ރޭނުމުގެ މަސައްކަތް އަވަސްކޮށްފަ އެވެ.

"މި ފާރާއެކު ރެފިއުޖީން އައުން އެއްކޮށް ހުއްޓުވޭނެ،" އާދީއްތަ ދުވަހު އުރުދުގާން ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox