އަފްގާނިސްތާނުގެ ރައީސް ގައުމު ދޫކޮށް ވަޑައިގެންފި

އަފްގާނިސްތާނުގެ ރައީސް އަޝްރަފް ގަނީ.-- ފޮޓޯ: އޭއެފްޕީ

އަފްގާނިސްތާނުގެ ރައީސް އަޝްރަފް ގަނީ.-- ފޮޓޯ: އޭއެފްޕީ

ކާބުލް، އަފްގާނިސްތާން (އޯގަސްޓު 15) - ތާލިބާން ހަނގުރާމަވެރިން ވެރިން ކާބުލް ވަށާލުމާ އެކު ރައީސް އަޝްރަފް ގަނީ ގައުމު ދޫކޮށް ވަޑައިގެންފި އެވެ.

"މި ހާލަތު ރައްޔިތުންގެ އަތް މައްޗަށް ދޫކުރެއްވުމަށް ފަހު އަފްގާނިސްތާނުގެ ކުރީގެ ރައީސް ގައުމު ދޫކުރައްވާ ވަޑައިގެންފި،" ސުލްހައިގެ މަޝްވަރާގައި އިސްކޮށް އުޅުއްވާ އަބްދުﷲ އަބްދުﷲ ފޭސްބުކްގައި އާއްމުކުރެއްވި ވީޑިއޯއެއްގައި ވިދާޅުވި އެވެ.

"އެމަނިކުފާނު ޖަވާބުދާރީ ކުރުއްވާނީ މާތް ﷲ އަދި ރައްޔިތުންނަށް ހައްގު އިންސާފު ލިބޭނެ".

ގަނީ ގައުމު ދޫކޮށް ވަޑައިގެންނެވީ ކޮން ތަނަކަށް ކަމެއް އޭނާ ހާމައެއް ނުކުރައްވަ އެވެ. ނަމަވެސް އަފްގާނިސްތާނުގެ ތޯލޯ ނިއުސް ގްރޫޕުން ބުނީ ވަޑައިގެންނެވީ އަވަށްޓެރި ތަޖިކިސްތާނަށް ކަމަށެވެ.

ތާލިބާނުން ސަރުކާރާ އެކު ކުރަމުން ދިޔަ ސުލްހައިގެ މަޝްވަރާތަކުގައި ޑިމާންޑު ކުރި އެންމެ ބޮޑު އެއް ކަމަކީ ގަނީ ރައީސްކަމުން ދުރުކުރުމެވެ. ނަމަވެސް އެމަނިކުފާނު ވަނީ މަގާމު ދޫކުރަން ދެކޮޅު ހައްދަވާފަ އެވެ.

އެންމެ 10 ދުވަސް ތެރޭގައި ތާލިބާނުން ވަނީ އަފްގާނިސްތާނުގެ ހުރިހާ ބޮޑެތި ސިޓީތަކެއް ހިފައިފަ އެވެ. އެމެރިކާ ސިފައިންގެ އެހީތެރިކަން ނެތި، އަފްގާނިސްތާނުގެ ސިފައިން ވަނީ ހަތިޔާރު ބަހައްޓައި އަމާން ދީފަ އެވެ.

ތާލިބާނުން ބުނީ ބޭނުންވަނީ "ސުލްހަވެރިކަމާ އެކު ވެރިކަމުގެ ބާރުތައް ބަދަލު ކުރަން" ކަމަށެވެ. ތާލިބާނުން އަލުން ވެރިކަމަށް މި އަންނަނީ 20 އަހަރު ފަހުންނެވެ.

ނަވާރަ ސަތޭކަ ނުވަދިހަ ހަޔަކުން ފެށިގެން އޮތް ތާލިބާނު ވެރިކަން ވެއްޓުނީ ސެޕްޓެމްބަރު 11، 2001ގެ ޓެރަރިސްޓު ހަމަލާތަކާ ގުޅިގެން އެމެރިކާ އިން އަފްގާނިސްތާނުގެ ފަސްގަނޑަށް އެރުމުންނެވެ.

ގަނީ ގައުމުން ވަޑައިގެންނެވި އިރު، ތާލިބާނުން ހަނގުރާމަވެރިންނަށް އަންގާފައި ވަނީ ކާބުލް އަށް ނުވަނުމަށެވެ. ތާލިބާނުން ބުނީ ކާބުލްގެ ސެކިއުރިޓީ ބަލަހައްޓާނީ ސިފައިން ކަމަށެވެ.

ނަމަވެސް ފަހުން ތާލިބާން ތަރުޖަމާނަކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިފައިން ދޫކޮށްފައިވާ ހިސާބުތަކަށް ހަނގުރާމަވެރިން ގޮސް، އަމަން ބަލަހައްޓަން ޖެހޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox