އަފްގާނިސްތާނުގެ ތާލިބާނުންނަކީ ކޮން ބަޔެއް؟

ތާލިބާން ހަނގުރާމަވެރިންތަކެއް ކާބުލްގެ މަގުމަތީގައި ފޯރިމަރަނީ.-- ފޮޓޯ: އޭއެފްޕީ

ތާލިބާން ހަނގުރާމަވެރިންތަކެއް ކާބުލްގެ މަގުމަތީގައި ފޯރިމަރަނީ.-- ފޮޓޯ: އޭއެފްޕީ

އަފްގާނިސްތާނުގެ ފުރިހަމަ ކޮންޓްރޯލް ހޯދާފައިވާ ތާލިބާނުން މީގެ ކުރިން އެ ގައުމުގައި ވެރިކަން ކުރީ 1996 އިން 2001 އަށެވެ. އިސްލާމީ ވެރިކަމެއް ހިންގި ތާލިބާނުންގެ ސަރުކާރު ވައްޓާލުމާއެކު އެ މީހުން ނިކުތީ ހަތިޔާރާއެކު އަލުން ބާރު ހޯދުމަށެވެ.

ތިރީގައި އެ ވަނީ ތާލިބާނުންނާ ގުޅޭ ބައެއް މައުލޫމާތެވެ.

ދީނީ ދަރިވަރުން

ތާލިބާނުން އުފެދުނީ 1979 އިން 1989 އަށް ސޯވިއެޓް ޔޫނިއަން އިން އަފްގާނިސްތާނަށް އަރައިގެން އުޅުނު އިރު، އަވައްޓެރި ޕާކިސްތާނުގެ މަދަރުސާތަކުގައި ސުންނީ އިސްލާމް ކިޔެވި ޒުވާން އަފްގާން ދަރިވަރުންގެ ތެރެއިންނެވެ.

އެ މީހުންގެ ނަން އައިސްފައި ވަނީ އަރަބި ބަހުން ދަރިވަރަށް ކިޔާ "ތާލިބް" އިންނެވެ.

ނަވާރަ ސަތޭކަ ނުވަދިހައިގެ ކުރީކޮޅި އަފްގާނިސްތާނުގައި ކޮރަޕްޝަން ފެތުރި، ދާހިލީ ހަނގުރާމަ އޮތް އިރު، ތާލިބާނުން ރަސްމީކޮށް މަސައްކަތް ފެށީ ދެކުނު ކަންދަހާރް ޕްރޮވިންސްގައި މުއްލާ އުމަރުގެ ލީޑާޝިޕުގެ ދަށުންނެވެ.

ދެހާސް ތޭރަ ވަނަ އަހަރާ ހަމައަށް ތާލިބާން ހިންގީ މުއްލާ އުމަރެވެ. މިހާރު ވެރިޔަކީ ހައިބަތުﷲ އަހުންދްޒާދާ އެވެ. ސިޔާސީ ގޮފި ހިންގަވަނީ މުއްލާ ބަރާދަރް އެވެ.

ބާރު ހޯދުން

ތާލިބާނުން ބާރު ހޯދީ އިންސާފާއި ހަމަޖެހުން ގާއިމްކުރާނެ ކަމުގެ ވައުދާ އެކު އެވެ.

ޕާކިސްތާނު ސަރުކާރުގެ ތާއީދާއި އެމެރިކާގެ ރުހުން ވެސް އޭރު އޮތެވެ. ނަވާރަ ސަތޭކަ ނުވަދިހަ ހަތަރު ވަނަ އަހަރު އެ މީހުން ކަންދަހާރް ސިޓީ ހިފީ އެއްވެސް ވާދަވެރިކަމެއް ނެތި އެވެ.

ޓޭންކަރާއި ބަރު ހަތިޔާރު އަދި ސަރަހައްދީ ކޮމާންޑަރުންގެ ތާއީދު ހޯދަން ފައިސާ ބަހަމުން ގޮސް، ތާލިބާނުން އެންމެ ފުރަތަމަ ކާބުލް ހިފީ ސެޕްޓެމްބަރު 27، 1996 ގަ އެވެ.

އޭރު ރައީސް ބުރްހަނުއްދީން ރައްބާނީ ގައުމު ދޫކޮށް ވަޑައިގެންފި އެވެ.

ކުރީގެ ކޮމިއުނިސްޓް ރައީސް މުހައްމަދު ނަޖީބުﷲ ފިލާ ހުންނެވި އދ. ގެ އޮފީހުގެ ތެރެއިން ގަދަކަމުން ނެރުމަށް ފަހު އާއްމުންގެ ކުރިމަތީގައި ދަން ޖައްސާ އަވަހާރަކޮށްލި އެވެ.

ބިރުވެރި ވެރިކަމެއް

ތާލިބާން ސަރުކާރުން ތަންފީޒު ކުރީ ހަރުކަށި ވިސްނުންތަކެކެވެ. އާއްމުންގެ ދިރިއުޅުމުގެ ކަންކަން މޮނީޓާ ކުރުމަށް ދީނީ ފުލުހުން ގާއިމްކުރި އެވެ.

މިއުޒިކާއި ޓީވީ އަދި މަޑި އެރުވުން ފަދަ މުނިފޫހިފިލުވުމުގެ ހަރަކާތްތައް މަނާކުރި އެވެ. އަންހެން ކުދިންގެ ސްކޫލުތައް ބަންދުކޮށް، އަންހެނުން ވަޒީފާއަށް ދިޔުން މަނާކުރި އެވެ. އަންހެނުންނާއި އަންހެން ކުދިން މޫނު ބުރުގާ އަޅަން މަޖުބޫރު ކުރި އެވެ.

ނަވާރަ ސަތޭކަ ނުވަދިހަ އަށަކާ ހަމައަށް ދިޔައިރު އަފްގާނިސްތާނުގެ 80 ޕަސެންޓު ކޮންޓްރޯލް ކުރީ ތާލިބާނުންނެވެ. ނަމަވެސް އެއީ ގާނޫނީ ސަރުކާރެއް ކަމަށް ބަލައިގަތީ ހަމައެކަނި ޕާކިސްތާން، ޔޫއޭއީ އަދި ސައުދީ އަރަބިއްޔާ އިންނެވެ.

ލީޑަރު މުއްލާ އުމަރު ގިނައިން ދިރިއުޅުނީ ކަންދަހާރު ގަ އެވެ. ރިޕޯޓުތައް ބުނާ ގޮތުން އޭނާގެ ގެ އަޅައި ދިނީ އުސާމާ ބިން ލާދިން އެވެ.

އަލް ގައިދާ ޓެރަރިސްޓް ގްރޫޕަށް މިނިވަންކަމާއެކު އުޅުމުގެ ފުރުސަތު ތާލިބާނުން ދިނެވެ. އަލް ގައިދާ ހަނގުރާމަވެރިންގެ ތަމްރީން ކޭމްޕުތައް ހުރީ އަފްގާނިސްތާނު ގަ އެވެ.

ތާލިބާން ވެރިކަން ވެއްޓުން

ސެޕްޓެމްބަރު 11، 2001 ގައި އެމެރިކާއަށް ދިން ޓެރަރިސްޓް ހަމަލާތަކުގައި 3،000 މީހުން މަރުވުމާއެކު އެކަމުގެ ތުހުމަތު ކުރެވުނީ އަލް ގައިދާ އަށެވެ.

އަލް ގައިދާގެ ލީޑަރު އުސާމާ ބިން ލާދިން އެމެރިކާއާ ހަވާލުކުރަން ދެކޮޅު ހެދި ކަމަށް ބުނެ، އެ އަހަރުގެ އޮކްޓޯބަރު މަހު އެމެރިކާ އިން އަފްގާނިސްތާނަށް ވައިގެ ހަމަލާތައް ދިނެވެ.

ޑިސެމްބަރު މަހާ ހަމައަށް ދިޔައިރު ތާލިބާން ވެރިކަން ވެއްޓިއްޖެ އެވެ. އެ މީހުންގެ ލީޑަރުން ތިބީ ގައުމުގެ އިރާއި ދެކުނުގައި އަދި ޕާކިސްތާނުގެ މީހުން މަދު ހިސާބުތަކުގައި ފިލަ އެވެ.

ހަނގުރާމަވެރި ގްރޫޕެއް

ތާލިބާނުންގެ ބާރު ދިޔެއީ ކަމަށް ބެލެވިފައި ވަނިކޮށް އެ މީހުން ވަނީ ހުޅަނގުގެ ތާއީދާއެކު އޮތް އާ ސަރުކާރާ ދެކޮޅަށް ހަނގުރާމަވެރިން ނެރެފަ އެވެ.

ބޮމުގެ ހަމަލާތަކާއި އަމިއްލައަށް މަރުވެގެން ދޭ ހަމަލާތައް އަމާޒު ކުރީ ބޭރުގެ ފައުޖުތަކަށެވެ. އެމެރިކާ އާއެކު ނޭޓޯގެ ސިފައިން ހިންގި މިޝަން ޑިސެމްބަރު 2014 ގައި ނިމުމުން ގިނަ ސިފައިން ގައުމަށް ދިޔަ އެވެ.

އަފްގާން ސަރުކާރާއި ތާލިބާނާ ދެމެދު ފުރަތަމަ ފަހަރަށް ސީދާ މަޝްވަރާ ކުރީ ޕާކިސްތާން މެދުވެރިވެގެން ޖުލައި 2015 ގަ އެވެ. އެ މަޝްވަރާއަށް ޗައިނާ އާއި އެމެރިކާއިން އެއްބާރުލުން ދިނެވެ. ނަމަވެސް މުއްލާ އުމަރު މަރުވިކަން ހާމަވުމާއެކު މަޝްވަރާ ހުއްޓުނެވެ.

ތާލިބާނާ ވާދަވެރި އިސްލާމިކް ސްޓޭޓް (އައިއެސް) އިން އަފްގާނިސްތާނުގައި 2015 ވަނަ އަހަރު ހަރަކާތްތެރިވާން ފެށި އެވެ. ގިނަ ހަމަލާތަކެއް އެ މީހުން ދިން އިރު، ގިނައިން ދެނީ ކާބުލް ގަ އެވެ.

އެމެރިކާއިން ފޭބުން

އެމެރިކާ އާއި ތާލިބާނާ ދެމެދު ދޯހާގައި ސިއްރު މަޝްވަރާތައް ފެށީ 2018 ގަ އެވެ. އެމެރިކާ ސިފައިން ފޭބުމާ ގުޅޭ އެއްބަސްވުމުގައި ތާލިބާނުންނާއެކު ސޮއިކުރީ ފެބްރުއަރީ 29، 2020 ގަ އެވެ.

ޖުލައި 6، 2021 އައި އިރު، އެމެރިކާ ސިފައިންގެ 90 ޕަސެންޓު ހިނގައްޖެ އެވެ. އޭގެ ފަސް ހަފްތާ ފަހުން ތާލިބާނުން މި ވަނީ އަފްގާނިސްތާންގެ ފުރިހަމަ ކޮންޓްރޯލް ހޯދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox