އޯޑިއޯން އާއި ނާދީ ހުޅުވަން ދެ ފަހަރަށް އެދުމުން ވެސް ކައުންސިލަށް ހުއްދައެެއް ނުދިން: މޭޔަރު

ނާދީ ބިން: މިތަނާއި އޯޑިއޯން ބިން ހުޅުވާލަން އެދުނީ ރައްޔިތުންގެ ޝަކުވާ ލިބުމުން ކަމަށް މޭޔަރު ވިދާޅުވި. -- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް

ނާދީ ބިން: މިތަނާއި އޯޑިއޯން ބިން ހުޅުވާލަން އެދުނީ ރައްޔިތުންގެ ޝަކުވާ ލިބުމުން ކަމަށް މޭޔަރު ވިދާޅުވި. -- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް

މަތީ ފެންވަރުގެ ފްލެޓްއަޅަން އިންޑިއާގެ ޓާޓާ ކުންފުންޏާ ހަވާލުކުރި ކުރީގެ ނާދީ (ބްލޫ ހެވަން) ބިމާއި ކުރީގެ އޯޑިއޯން ބިން ހުޅުވާލަން މާލޭ ސިޓީ ކައުންސިލުން ކުރި މަސައްކަތަށް ޕްލޭނިން މިނިސްޓްރީން ދެކޮޅު ހަދާފައިވާ ކަމަށާއި ދެން އޮތީ ކައުންސިލުން ގޮތެއް ނިންމުން ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

މާލޭގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލަން ރައްޔިތުންގެ ހިޔާލު ހޯދަން ބޭއްވި ބައްދަލުވުމުގައި މޭޔަރު ވިދާޅުވީ އޯޑިއޯން އާއި ނާދީ ހުޅުވަން ކައުންސިލުން ބޭނުންވީ ބަންދުކޮށްފައި އޮންނަތާ ގިނަ ދުވަސްތަކެއްވެ, މަދިރި ހާއްޔަކަށްވުމުގެ އިތުރުން އެތަނުގައި ގާނޫނާ ހިލާފު ނުރަނގަޅު އެތައް ކަމެއް ހިނގަމުންދާތީ ކަމަށެވެ. ކައުންސިލްގެ ވިސްނުމަކީ އެތަން ސާފުކޮށް ހުޅުވާލާފައި ބޭއްވުން ކަމަށް ވިދާޅުވި އެވެ.

ނާދީ ބަންދުކޮށްފައި އޮންނަތާ ހަތަރު އަހަރު ވަނީ އެވެ.

Advertisement

"އެތަނުގައި ހުރި ވިނަތައް ނޮޅައި ސާފުކޮށް އަލިކޮށްލާފައި ބާއްވަން ރައްޔިތުން އެދޭ ކަމަަކށް ވާތީ ސަރުކާރުގައި އެދުނީ އެކަން ކޮށްލުމުގެ ފުރުސަތު ދޭން. ޕްލޭނިން މިނިސްޓްރީން ޖަވާބު ދެނީ ނޫނެކޭ އެ ފުރުސަތު ދެވޭކަށެއް ނެތޭ, ތިމަންނަމެން ގާޑުން ލައިގެން ވެސް އެތަން ބަލަހައްޓާނަމޭ," މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ކައުންސިލުން ބޭނުން ވަނީ ބިމުގައި އަތްލާކަށް ނޫނެވެ. އެކަން ވެސް ސާފުކޮށް ޕްލޭނިން މިނިސްޓްރީއަށް ދެންނެވުމުން އެކަން ކުރެވެން ނެތީ ކޯޓުގައި އޮތް މައްސަލައަކަށް ވާތީ ކަަމަށް ދެ ވަނަ ފަހަރު ޖަވާބުދީފައިވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކަމުގެ ހުއްދައަށް ތިން ވަނަ ފަހަރަށް އެދިފައިވާ ކަމަށެވެ. އެކަމަށް ސަރުކާރުން އިޖާބަ ނުދިނަސް ރައްޔިތުން ބޭނުންވަނީ އެތަން ހުޅުވާލަން ކަމަށްވާ ނަމަ, ކައުންސިލުން އެތަން ސާފުކޮށް ހުޅުވާލާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އެއީ, އާއްމު މަސްލަހަތު އިސްކުރަން ޖެހޭނެ, އެއީ ގާނޫނުއަސާސީގައި ވަރަށް އިސްކަންދޭ ކަމެއް ރައްޔިތުންގެ މަސްލަހަތު އިސްކުރުމަކީ," އޭނާ ވިދާޅުވި އެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "އަދަދު"އަށް މިއަދު ވިދާޅުވީ އެ ދެ ބިން ހުޅުވާލަން ނެތީ ކީއްވެގެން ކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެއް ބޭފުޅަކީ މުއިއްޒު ކަމަށެވެ. އެ މައްސަލަ އާބިޓްރޭޝަންގައި އޮތި އެއްބަސްވުން ގަވާއިދާ ހިލާފަށް އުވާލުމުން ކަމަށް ވިދާޅުވި އެވެ.

"ކަންކަން ހިތުހުރި ގޮތަކަށް ކުރައްވައި ގޯސް ހައްދަވާފައި އޮތީމަ އުސޫލުގެ ތެރެއަށް އަޅުގަނޑުމެން ކަންކަން ފައްތަމުން މިއަންނަނީ," އޭނާ ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވި ގޮތުގައި ކައުންސިލުން ބޭނުންވިޔަސް އެ ދެ ބިން ހުޅުވާލެވޭކަށް އަދި ނެތެވެ.

އޯޑިއޯން އާއި ނާދީ ބިން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި ޓާޓާ އަށް ދިނީ, ގާކޮއްޓާއި އަރަބިއްޔާގައި ފްލެޓް އަޅައިދިނުމުގެ ބަދަލެއްގެ ގޮތުން މަތީ ފެންވަރުގެ ފްލެޓް އަޅައި ވިއްކުމަށެވެ. އެކަމަކު އެއްބަސްވި މުއްދަތަށް އެ ކުންފުންޏަށް ފްލެޓްތަކުގެ މަސައްކަތް ނުފެށުނީ އެވެ.

އެހެންވެ އެއްބަސްވުން ކުރީގެ ސަރުކާރުގައި ބާތިލްކުރުމުން ޓާޓާ އިން އިންޑިއާގެ މުމްބާއީގެ އާބިޓްރޭޝަނަށް މައްސަލަ ހުށަހެޅީ ތިން ބިލިއަން ރުފިޔާގެ ބަދަލެއް ހޯދަށެވެ. ފަހުން ކޯޓުން ބޭރުގައި ދިވެހި ސަރުކާރާ އެކު ޓާޓާ އިން އެއްބަސްވުމަކަށް އައިސް ފްލެޓް އަޅަން އެ ކުންފުންޏަށް އެހެން ބިމެއް ދޭން ނިންމީ އެވެ. އެކަމަކު އެ އެއްބަސްވުން ކުރިއަކަށް ނުގެންދެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox