ހެއިޓީއަށް އައި ބާރުގަދަ ބިންހެލުމެއްގައި 304 މީހުން މަރުވެއްޖެ

ހެއިޓީއަށް އައި 7.2 މެގްނިޓިއުޑް ބިންހެލުމުގައި ގެޔެއް ބިމާ ހަމަވެފައި.-- ފޮޓޯ: އޭއެފްޕީ

ހެއިޓީއަށް އައި 7.2 މެގްނިޓިއުޑް ބިންހެލުމުގައި ގެޔެއް ބިމާ ހަމަވެފައި.-- ފޮޓޯ: އޭއެފްޕީ

ޕޯޓް އޯ ޕްރިންސް، ހެއިޓީ (އޯގަސްޓު 15) - ހޮނިހިރު ދުވަހުގެ ރޭ ހެއިޓީއަށް އައި 7.2 މެގްނިޓިއުޑްގެ ބިންހެލުމެއްގައި މަރުވި މީހުންގެ 304 އަށް އަރާފައި ވާއިރު، ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އެބަ ދެ އެވެ.

ބިންހެލުން އައިސްފައި ވަނީ ތޮއްޖެހިފައިވާ ވެރިރަށް، ޕޯޓް އޯ ޕްރިންސްގެ 160 ކިލޯމީޓަރު ހުޅަނގުންނެވެ. ދެހާސް ދިހަ ވަނަ އަހަރުގެ ބާރުގަދަ ބިންހެލުމަކުން ލިބުނު ގެއްލުންތަކުން އަރައިނުގަނެވިގެން އުޅެނިކޮށް އައި މި ބިންހެލުމުގައި ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ބިންހެލުމުގެ އަސަރު މުޅި ހެއިޓީ އަށް ކުރި އެވެ. ކެރީބިއަން ސަރަހައްދުގައި އޮންނަ އެ ގައުމުގެ ހުޅަނގު ދެކުނުގައި ހުރި ގެތަކާއި ސްކޫލުތައް ބިމާ ހަމަވެފައިވާ ކަމަށް މަންޒަރު ދުށް ފަރާތްތަކާ ހަވާލަދީ އޭއެފްޕީން ބުންޏެވެ.

ހެއިޓީގެ ސިވިލް ޕްރޮޓެކްޝަން އެޖެންސީން ބުނީ މަރުވި މީހުންގެ އަދަދު 304 އަށް އަރާފައި ވާއިރު، އެތައް ސަތޭކަ ބަޔަކު ގެއްލިފައިވާ ކަމަށެވެ. އޭގެ އިތުރުން އެތައް ހާސް ބަޔަކަށް އަނިޔާވެގެން ދަނީ ފަރުވާ ދެމުންނެވެ.

ސިވިލް ޕްރޮޓެކްޝަން އެޖެންސީގެ ވެރިޔާ ޖެރީ ޗޭންދްލާ ވިދާޅުވީ ބައެއް ހޮސްޕިޓަލްތައް އެއްކޮށް ފުރިފައިވާ ކަމަށާއި ފަރުވާ ދިނުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ކަމަށެވެ. ބިންހެލުމާ ގުޅިގެން ހެއިޓީގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ.

ހެއިޓީ ކައިރީގައި އޮންނަ އެމެރިކާ އިން ބުނެފައި ވަނީ އަވަސް އެހީ ފޯރުކޮށްދޭނެ ކަމަށެވެ.

ބިންހެލުން އައުމާއެކު އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ވަނީ ރާޅުގެ އުސްމިން ތިން މީޓަރުގައި ހުންނާނެ ކަމަށް ލަފާކޮށް ސުނާމީގެ އިންޒާރު ދީފަ އެވެ. ނަމަވެސް އޭގެ ކުޑަ އިރުކޮޅެއް ފަހުން އިންޒާރު އުވާލި އެވެ.

ދެހާސް ދިހަ ވަނަ އަހަރު އައި 7.0 މެގްނިޓިއުޑްގެ ބިން ހެލުމުގައި ވެރިރަށް ޕޯޓް އޯ ޕްރިންސް އާއި ކައިރި އެހެން ސިޓީތައް އެއްކޮށް ބިމާ ހަމަވި އެވެ. އެ ފަހަރު 200،000 މީހުން މަރުވެ، 300،000 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވި އެވެ.

އެ ބިންހެލުމުގައި މިލިއަނަކަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލުނެވެ. އޭގެ އިތުރުން ސަރުކާރުގެ އިމާރަތްތަކާއި ސްކޫލުތައް ބިމާ ހަމަވެ، ގައުމުގެ ސިއްހީ ނިޒާމުގެ 60 ޕަސެންޓަށް ގެއްލުން ލިބުނެވެ.

ހެއިޓީގެ މައި ހޮސްޕިޓަލަށް އޭރު ލިބުނު ގެއްލުންތައް އަދިވެސް މަރާމާތުކޮށް ނުނިމެ އެވެ. ހެއިޓީގެ ސަރުކާރުން ފެއިލްވަމުން ދާތީ އަލުން އިމާރަތް ކުރުމުގެ މަސައްކަތުގައި އިސްނަގައިގެން އުޅެން ޖެހެނީ އަމިއްލަ ޖަމިއްޔާތަކެވެ.

އެ ގައުމަށް އަނެއްކާވެސް ބޮޑު ބިންހެލުމެއް އައިސްފައި ވާއިރު މީގެ މަހެއްހާ ކުރިން ބަޔަކު ދިން ހަމަލާއެއްގައި ރައީސް ޖޮވެނެލް މޮއިޒް ވަނީ އަވަހާރަކޮށްލާފަ އެވެ. ފަގީރުކަމާއި ގޭންގު ހަމަނުޖެހުން އިންތިހާއަށް އޮތް ހެއިޓީގެ ކޮވިޑުގެ ހާލަތު ވެސް ގޯހެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox