ތާލިބާނުން ކުރި ހޯދަނީ، އަފްގާނިސްތާނުގެ ކުރިމަގު އޮތީ ކިހިނެއް؟

އަފްގާނިސްތާނުގައި ބަޔަކު ތާލިބާން ދިދަ ހިފައިގެން.--

އަފްގާނިސްތާނުގައި ބަޔަކު ތާލިބާން ދިދަ ހިފައިގެން.--

ކާބުލް، އަފްގާނިސްތާން (އޯގަސްޓު 13) - އަފްގާނިސްތާން މި ވަގުތު އޮތީ ބޮޑު ދާހިލީ ހަނގުރާމައެއްގަ އެވެ. ބާރު ހޯދުމަށް ތާލިބާނުން ދެމުންދާ ހަމަލާތައް ނުހުއްޓުވި، އެ ގައުމުގެ ސިފައިން މިހާރު ވަނީ ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފަ އެވެ.

ފާއިތުވި 20 އަހަރު އެ ގައުމުގައި ތާލިބާނުންނާ ދެކޮޅަށް ހަނގުރާމަ ކުރި އެމެރިކާ އާއި ނޭޓޯގެ ސިފައިންގެ 95 ޕަސެންޓު އެނބުރި ގައުމުތަކަށް ގޮސްފައި ވާއިރު، އޯގަސްޓު 31 ގެ ކުރިން އަފްގާނިސްތާނުގައި ތިބި އެމެރިކާގެ ހުރިހާ ރައްޔިތުން ވެސް އަނބުރާ ގައުމަށް ދާނެ އެވެ.

ރަށްފުށުގެ ބޮޑު ހިސާބަކާއި ބައެއް ބޮޑެތި ސިޓީތަކުން ކޮންޓްރޯލް ތާލިބާނުންގެ އަތުގައި އޮތް އިރު، ސިފައިން ދަނީ ސިޓީތައް ދިފާއު ކުރުމުގެ ބަދަލުގައި އަމާން ދީ ހަތިޔާރު ބަހައްޓަމުންނެވެ. ތިރީގައި އެ ވަނީ މިހާރު ހާލަތު ކޮންމެވެސް ވަރަކަށް ބަޔާންކޮށްދޭ ސުވާލުތަކާއި ޖަވާބުތަކެވެ.

ތާލިބާނުންގެ ސްޓްރެޓެޖީ އަކީ ކޮބާ؟

ތާލިބާނުން ބޭނުންވާ ކަންތައް އަބަދުވެސް ދަނީ ސާފުކޮށް ހާމަ ކުރަމުންނެވެ. އެއީ 1996 އިން 2001 އަށް އެ މީހުން އަފްގާނިސްތާނުގައި ކުރި "އިސްލާމީ" ވެރިކަން ރުޖޫއަ ކުރުމެވެ.

އެކަން ހާސިލް ކުރާނެ ގޮތެއް ހޯދުމަށް ތާލިބާނުން ގިނަ ވިސްނުންތަކެއް ވިސްނި އެވެ. އެއީ މަޝްވަރާ އާއި ގަދަ ބާރުން ނުވަތަ ދެ ކަންތައް އެކުގައި ކޮށްގެން ނަމަވެސް އަމާޒަށް ވާސިލްވާން އެ މީހުން ބޭނުން ވެ އެވެ.

އެންމެ ފަހުން އެ މީހުން ހިޔާރު ކުރީ އަސްކަރީ ސްޓްރެޓެޖީ އެވެ. ބޮޑެތި ދިގުދެމިގެންދާ ހަމަލާތައް ދީ ސިފައިން ވަރުބަލިކޮށްލުމެވެ. ގައުމުގެ އެކި ކަންކޮޅުތަކުގައި ހަމަލާ ދެނީ އެ ގޮތަށް ރާވައިގެންނެވެ.

އެކަން ކުރުމަށް އެ މީހުނަށްން އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ޖެހުނީ އެމެރިކާ ސިފައިން ފޮނުވާލާށެވެ. އެމެރިކާ ސިފައިން އަފްގާނިސްތާން ދޫކޮށް ދާން ފެށީ ތާލިބާނުންނާ އެކު ސޮއިކުރި އެއްބަސްވުމެއްގެ ދަށުންނެވެ. ތާލިބާނުން ވައުދުވީ ސިފައިން ފައިބާ ނަމަ އެމެރިކާގެ ޓާގެޓުތަކަށް ހަމަލާ ނުދިނުމަށެވެ.

އެއްބަސްވުމުގެ ދަށުން އެމެރިކާ އިން ވަނީ އެތައް ހާސް ތާލިބާން ހަނގުރާމަވެރިން ޖަލުތަކުން ދޫ ކުރުމަށް އަފްގާން ސަރުކާރަށް ޕްރެޝަރުކޮށްފަ އެވެ. އޭގެ ތެރެއިން ގިނަ މީހުން މިނިވަންވުމާއެކު ވަގުތު ހަނގުރާމައިގެ ބައިވެރިވާން ފެށި އެވެ.

ފާއިތުވި އަށް ދުވަސް ތެރޭގައި ގިނަ ސިޓީތަކެއްގެ ކޮންޓްރޯލް ހޯދައި، ބޮޑު ކާމިޔާބެއް ލިބެމުން ދިޔުމާ އެކު އެއްވެސް ޝަރުތެއް ނެތި ސަރުކާރުން އަމާން ދިނުމުގެ ފުރުސަތު ތާލިބާނުން ދީފާނެ ކަމަށް ބެލެވެ އެވެ.

އެކަމަށް ސަރުކާރުން އެއްބަސްނުވެއްޖެ ނަމަ، ތާލިބާނުންގެ ހަމަލާތައް އަމާޒު ކުރާނީ ވެރިރަށް ކާބުލް ހިފުމަށެވެ.

އަފްގާން ސިފައިންނަށް ވީ ކިހިނެއް؟

އަފްގާނިސްތާނުގެ ސިފައިން އެހާ އަވަހަށް އަމާން ދީ ފަހަތަށް ޖެހެން ފެށި ސަބަބާ ގުޅޭ ގޮތުން ކުރިމަގުގައި އެތައް ދިރާސާއެއް ކުރެވޭނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. އެކަމުގެ ފަހަތުގައި ވަނީ ކޮރަޕްޝަނާއި، ހަނގުރާމަ ކުރުމުގެ ހިތްވަރު ނެތުމާއި، އެމެރިކާ ސިފައިން ކުއްލިއަކަށް ފައިބައިގެން ދިޔުމުން ދިމާވި ހުސްކަމެވެ.

އަފްގާން ސިފައިންގެ ތެރޭގައި ކޮރަޕްޝަން އޮތް މިންވަރު ހާމަވާ ގިނަ ރިޕޯޓުތަކެއް މީގެ ކުރިން އެމެރިކާ ސިފައިން ވަރަށް ގިނައިން އާއްމުކޮށްފައި ވެ އެވެ.

ވަކިވަކި ސިފައިންނަށް ދޭން ޖެހޭ އުޖޫރައިން ކޮމާންޑަރުންގެ ޖީބުތައް ފުރާލުމާއި، ކަޅު މާކެޓުގައި ހަތިޔާރު ވިއްކުމާއި، ފައުޖުގައި ހިމެނޭ ސިފައިންގެ އަދަދާ ގުޅޭ ގޮތުން ދޮގު ހެދުން ފަދަ ކަންކަން ވަރަށް އާއްމެވެ.

އަފްގާނިސްތާނުގެ ތިން ވަނަ އަށް އެންމެ ބޮޑު ސިޓީ ހިރާތުގައި ތާލިބާން ހަނގުރާމަވެރިން.-- ފޮޓޯ: އޭއެފްޕީ
އަފްގާނިސްތާނުގެ ތިން ވަނަ އަށް އެންމެ ބޮޑު ސިޓީ ހިރާތުގައި ތާލިބާން ހަނގުރާމަވެރިން.-- ފޮޓޯ: އޭއެފްޕީ

އަފްގާނިސްތާނުގެ ތިން ވަނަ އަށް އެންމެ ބޮޑު ސިޓީ ހިރާތުގައި ތާލިބާން ހަނގުރާމަވެރިން.-- ފޮޓޯ: އޭއެފްޕީ

އޭގެ އިތުރުން އަފްގާން ސިފައިން ތިބީ އެމެރިކާ އިން ތާލިބާނުންނަށް ދޭ ވައިގެ ހަމަލާތަކަށް ވަރަށް ބޮޑަށް ބަރޯސާވެގެންނެވެ. ވައިގެ ހަމަލާތަކާ ގުޅޭ ލޮޖިސްޓިކްސް އާއި މެއިންޓެނެންސްގެ ހުރިހާ ކަމެއް ކުރީ އެމެރިކާ ސިފައިންގެ އެހީއާ އެކު އެވެ.

ސިފައިންގެ ހާލަތު އިތުރަށް ގޯސްވެފައި ވަނީ ރަނގަޅު ލީޑާޝިޕެއް ނެތުމުންނެވެ.

ފައުޖުތައް މެނޭޖު ކުރުމުގައި އުޅެނީ އަސްކަރީ ތަޖުރިބާ މަދު ނުވަތަ އެއް ގޮތަކަށް ވެސް ނެތް، ރިޔާސީ ގަނޑުވަރުގައި ތިބޭ މުވައްޒަފުންނެވެ. ބައެއް ސިފައިންގެ ޖެނެރަލުން ވަނީ ތާލިބާނުންނާ ދެކޮޅު ހަނގުރާމަ އަށް ވުރެ ބޮޑު އިސްކަމެއް ސިޔާސީ ކޯޅުންތަކަށް ދީފަ އެވެ.

ސިފައިންގެ ތެރޭގައި އޮތް ހަމައެކަނި އުއްމީދަކީ އެމެރިކާ އިން ތަމްރީން ކުރި ކޮމާންޑޯ ޔުނިޓުތަކެވެ. ނަމަވެސް އެ ޔުނިޓުތަކުގެ ސިފައިންގެ އަދަދު މަދުވުމުން ހަނގުރާމައިގެ ބުރަ ނުއުފުލެ އެވެ.

ހަނގުރާމަ ނިމޭނީ ކިހިނެއް؟

މި ވަގުތު ކުރި ލިބިފައި އޮތީ ތާލިބާނުންނަށެވެ.

ސަރުކާރުން ކޮންޓްރޯލް ކުރަނީ އެންމެ ތިން ސިޓީ އެވެ. ވެރިރަށް ކާބުލް އަށް ހަމަލާ ދީފި ނަމަ، ދިފާއު ކުރާނެ ގޮތެއް ރޭވުމުގެ ލޮޖިސްޓިކްސް އަދި ސިފައިންނެއް ވެސް ނެތެވެ.

ތާލިބާނުން ކާބުލްއާ ދިމާލަށް ދަތުރު ކުރަމުން ދަނީ ބާރު ސްޕީޑުގަ އެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ކާބުލްގެ އުތުރާއި ދެކުނުން އޮންނަ ސަރަހައްދުތަކުން ތާލިބާނުން އަންނަނީ ކުރިއެރުންތަކެއް ހޯދަމުންނެވެ.

އެމެރިކާ އާއި ބައިނަލްއަގްވާމީ މުޖުތަމައިން މަސައްކަތް ކުރަމުން ދަނީ ތާލިބާނާއި އަފްގާން ސަރުކާރުން އެއްބަސްވުމަކަށް ގެނައުމަށެވެ.

ނަމަވެސް މި ވަގުތު ހާލަތު ކޮންޓްރޯލް ކުރުމުގެ ހުރިހާ ބާރެއް އޮތީ ތާލިބާނުންގެ އަތުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox