ލިވަޕޫލް ސަޕޯޓަރުންގެ ގްރޫޕުން އެއް ލައްކަ ރުފިޔާގެ ފެންޓަސީ ލީގެއް

Aug 13, 2021, 3:39 PM
ލިވަޕޫލް ސަޕޯޓަރުންގެ ގްރޫޕުން ބޭއްވި އިވެންޓެއްގައި ނަގާފައިވާ ފޮޓޯއެއް.-- ފޮޓޯ: އޯއެލްއެސްސީ

ލިވަޕޫލް ސަޕޯޓަރުންގެ ގްރޫޕުން ބޭއްވި އިވެންޓެއްގައި ނަގާފައިވާ ފޮޓޯއެއް.-- ފޮޓޯ: އޯއެލްއެސްސީ

ރާއްޖޭގައި އެންމެ އެކްޓިވްކޮށް ހަރަކާތްތެރިވަމުން އަންނަ އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކްލަބް (އޯއެލްއެސްސީ) އިން މިރޭ ފަށާ އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަނަށް އަމާޒުކޮށް އެއް ލައްކަ ރުފިޔާގެ އަގުހުރި ފެންޓަސީ ލީގެއް ހަދައިފި އެވެ.

ލިވަޕޫލް ސަޕޯޓަރުންގެ ޖަމިއްޔާއިން މި ލީގު ކުރިއަށް ގެންދަނީ ފުޅާދާއިރާއެއްގައި މުޅި ރާއްޖެ އަށް ކޭބަލް ފޯރުކޮށްދިނުމުގެ ވިޔަފާރި ކުރަމުން އަންނަ ކޭބަލް ޝޮޕް މޯލްޑިވްސްގެ އެއްބާރުލުމާ އެކުގަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ފެންޓަސީ ލީގު، (އެފްޕީއެލް) އަކީ މުޅި ދުނިޔޭގެ ނިސްބަތުން ބެލިޔަސް ވަރަށް ފޯރީގައި ކުރިއަށްދާ މަގުބޫލު ގޭމެކެވެ. ކޮންމެ މީހަކަށް ވެސް ވަކިން ޓީމެއް ހަދާލައިގެން ޕްރައިވެޓް ލީގުތަކެއްގައި ވާދަކުރުމުގެ ފުރުސަތު ލިބެ އެވެ.

ޕްރިމިއާ ލީގުގެ އިމޭޖް ރައިޓްސް ޑީލަށް ބޮޑު އާމްދަނީއެއް ހޯދައިދޭ މި ގޭމް އޮތީ ރާއްޖޭގައި ވެސް ވަރަށް ބޮޑަށް ވައިގައި ހިފައިފަ އެވެ. ސޯޝަލް މީޑިއާގައި އެކި ވިޔަފާރިތަކުން ވެސް ވަނީ އަމިއްލަ ލީގުތައް ހަދާ އެކި އިނާމްތައް ހުށަހަޅައިފަ އެވެ. އެ ގޮތުން މުޅި ސީޒަނަށް ބޮޑު އިނާމެއް ދީ މަހަކު އެއް އިނާމް ދޭ ގޮތަށް ވެސް ރޭވިފައި ހުރި އަމިއްލަ ލީގުތަކެއް ވެސް އެބަހުއްޓެ އެވެ.

އޯއެލްއެސްސީން މި ފެށި ފެންޓަސީ ލީގުގައި ބައިވެރިވުމުގެ ފުރުސަތު އޮތީ ހުޅުވާލެވިފަ އެވެ. އެކަމަކު، ވަކި ކަންތައްތަކެއް ފުރިހަމަވާން ޖެހޭނެ އެވެ. އެ ގޮތުން އޯލްއެސްސީގެ ފޭސްބުކް ޕޭޖަށް ލައިކް ދީ އިންސްޓަގްރާމް އަދި ޓްވިޓާ އިން އޯއެލްއެސްސީ ފޮލޯ ކުރަން ޖެހޭނެ އެވެ. މީގެ އިތުރުން ކޭބަލް ޝޮޕް މޯލްޑިވްސްގެ ރަސްމީ ފޭސްބުކް ޕޭޖަށް ލައިކް ދޭން ޖެހޭނެ އެވެ. މި ލީގާ ބެހޭ އިތުރު މައުލޫމާތުތައް އޯއެލްއެސްސީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ލިބޭނެ އެވެ.

ލިވަޕޫލް ސަޕޯޓަރުންގެ ގްރޫޕްގެ މި ފެންޓަސީ ލީގުން ބޮޑު އިނާމް ދޭނީ ގަދަ ތިނަކަށެވެ. ލީގުގެ އެއް ވަނަ ލިބޭ ފަރާތަކަށް ދޭ އިނާމަކީ 50000 ރުފިޔާ އެވެ. ދެ ވަނަ އަށް ދާ ފަރާތަކަށް 25000 ރުފިޔާ ލިބޭނެ އެވެ. އަދި ތިން ވަނަ ލިބޭ ފަރާތަކަށް 12500 ރުފިޔާ ދޭން ނިންމާފައިވާއިރު، ދިހަ މަހެއްހާ ދުވަހަށް ކުރިއަށްދާ މި ލީގުން ކޮންމެ މަހަކު އެންމެ ކުރި ހޯދާ މީހަކަށް 1250 ރުފިޔާގެ އިނާމެއް ދޭނެ އެވެ.

ރަސްމީކޮށް ރާއްޖޭގައި ވެސް ރަޖިސްޓްރީ ކޮށްގެން ކުރިއަށްގެންދާ ލިވަޕޫލްގެ ސަޕޯޓަރުންގެ ކްލަބުން އަންނަނީ ކުޅިވަރާއި އިޖުތިމާއީ ގޮތުން ވެސް ރާއްޖޭގައި އެކި އުމުރުފުރާގެ މީހުންނަށް ހާއްސަކޮށްގެން އެކި ހަރަކާތްތަށް ހިންގަމުންނެވެ. އެގޮތުން ރާއްޖޭގައި އުޅޭ އެހެން ކްލަބްތަކުގެ ސަޕޯޓަރުންނަށް ހުޅުވާލައިގެން ފުޓްސަލް މުބާރާތެއް ވެސް އިންތިޒާމްކުރި އެވެ.

ލިވަޕޫލް ސަޕޯޓަރުންގެ ކްލަބުން ވަނީ ރާއްޖޭގައި އުޅޭ ލިވަޕޫލް ސަޕޯޓަރުންނަށް ހާއްސަކޮށް މިދިޔަ އަހަރު ބޮޑު ހަރަކާތެއް ކުރިއަށް ގެންގޮސްފަ އެވެ. އެއީ ލިވަޕޫލްގެ ކުރީގެ ވައިސް ކެޕްޓަން ޑެނިއަލް އެގާ ރާއްޖެ ގެނެސްގެން މިދިޔަ އަހަރު ކުރީކޮޅުގައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. ސޯލްޓް ކެފޭގައި ކުރިއަށްދިޔަ އެ އިވެންޓަށް ވަރަށް ގިނަ ބަޔެއްގެ ތަރުހީބު ލިބުނެވެ.

އޯއެލްއެސްސީން އެ ޖަމިއްޔާގެ އިޖުތިމާއީ ޒިންމާގެ ދަށުން ވަނީ ކެއާ ސޮސައިޓީ އަށް 10،000 ރުފިޔާ ހަދިޔާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox