ޝަރުތުތަކެއްކޮށްފައި ވެސް އަންމަޓީ ދޫނުކުރެވޭނެ، ފިލާފާނެ: ކޯޓު

މިއަދުގެ އަޑުއެހުމުގެ ތެރެއިން: އަންމަޓީ ބަންދުން ދޫނުކުރި

މިއަދުގެ އަޑުއެހުމުގެ ތެރެއިން: އަންމަޓީ ބަންދުން ދޫނުކުރި

ސީލައިފް ފްލެޓްތަކުގެ މައްސަލާގައި ހިޔާނާތްތެރިވިކަމުގެ ދައުވާ އުފުލާފައިވާ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އަންމަޓީ) ޝަރުތުތަކާއެކު ވެސް ބަންދުން ދޫނުކުރުމަށް ކުރިމިނަލް ކޯޓުން ނިންމައިފި އެވެ.

ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ އަންމަޓީ މިހާރު ބަންދުގައި ހުރީ އޭނާއަކީ ބަންދުގައި ހުންނަން ޖެހޭ މީހެއް ކަމަށް ކަނޑައަޅައި، ހައިކޯޓުން ހުކުމްކޮށްފައިވުމުންނެވެ.

ތަހުގީގަށް އަންމަޓީ ރާއްޖެ ގެނައީ ލަންކާގައި އުޅެނިކޮށެވެ. އޭގެ ފަހުން އޭނާ ބަންދުގައި ހުރިއިރު ދައުވާ އުފުލުމަށް ފަހު ވެސް އޭނާގެ ބަންދަށް މުއްދަތު ޖަހަމުން ދިޔަ އެވެ. އަދި ފަހުން ޝަރީއަތް ނިމެންދެން އަންމަޓީ ބަންދުކުރި އެވެ. އެ އަމުރު އެހެން އޮއްވައި، އޭނާ ދޫކޮށްލުމަށް ކުރިމިނަލް ކޯޓުގައި މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު އަމުރު ކުރެއްވި އެވެ.

އެ އަމުރު ހައިކޯޓުގައި ދައުލަތުން އިސްތިއުނާފުކުރުމުން އެ ކޯޓުން ނިންމީ އަންމަޓީގައި ބަންދުކޮށްފައި ބަހައްޓަން ޖެހޭ މީހެއް ކަމަށެވެ. އެހެންވެ، އޭނާ ހައްޔަރުކުރުމަށް ދައުލަތުގެ މައްޗަށް ހައިކޯޓުން އަމުރު ނެރުނެވެ.

އެ އަމުރުގެ ދަށުން ބަންދުގައި ހުރި އަންމަޓީގެ ބަންދު ރިވިއު ކުރުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ލާޒިމްކުރާތީ، ދައުލަތުން އިއްޔެ ވަނީ އެކަމަށް ކުރިމިނަލް ކޯޓަށް ހުށަހަޅާފަ އެވެ. ދައުލަތުން ކުރިމިނަލް ކޯޓުގައި އެދިފައިވަނީ އަންމަޓީގެ ބަންދު ދަމަހައްޓައިދިނުމަށެވެ.

އެއީ އަންމަޓީގެ މައްޗަށް ހެކި ހުރުމުންނާއި އޭނާއަކީ ޝަރީއަތަށް ފިލައިގެން ގޮސްދާނެ މީހެއް ކަމަށްވާތީ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ. ވަކީލް ގޮތުގައި އަންމަޓީގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތް ނަމަވެސް، އޭނާއަކީ ވަލުދޮރާށިން ވެސް ފިލައިގެން ގޮސްދާނެ މީހެކެވެ.

ނަމަވެސް، އަންމަޓީ އެ ތުހުމަތުތައް ދޮގުކޮށް ކޯޓުގައި އެދިފައިވަނީ އިތުރު ޝަރުތަކެއް މަތިކޮށްފައި ނަމަވެސް ބަންދުން ދޫކޮށްލުމަށެވެ. އެގޮތުން ކޯޓަށް ނުވަތަ ދައުލަތުގެ އިދާރާއަކަށް ކޮންމެ ދުވަހަކު ހާޒިރުވާން ޖެހޭ ގޮތަށް ޝަރުތުކޮށް ނޫނީ ކަފާލާތުގެ ދަށުން މީހަކު ޖާމިނުވެގެން ދޫކޮށްދިނުމަށް ވެސް އެދުނެވެ.

އެ އެދުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް މިއަދު ބޭއްވި އަޑުއެހުމުގައި ގާޒީ ހަސަން ސައީދު ވިދާޅުވީ އަންމަޓީގެ މައްޗަށް ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭއިރު އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ މަސްލަހަތު ގެއްލި، ކުށް ކުރުމަށް ހިތްވަރު ލިބޭނެ ކަމަށެވެ.

އަދި، ޝަރުތުތަކަކާއެކު އަންމަޓީ ދޫކޮށްލި ނަމަވެސް އެ ޝަރުތުތަކަށް އޭނާ އަމަލު ކުރާނެ ކަމަކަށް ޝަރީއަތަށް ގަބޫލު ނުކުރެވޭ ކަމަށް ގާޒީ ވިދާޅުވި އެވެ. ޝަރީއަތަށް ބޮޑަށް ބުރަވެވެނީ އޭނާ ބަންދުން ދޫކޮށްލައިފިނަމަ ޝަރީއަތަށް ހާޒިރުނުވެ ފިލައިގެން ގޮސްދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެހެންވެ، ގާޒީ ނިންމެވީ މި ހާލަތުގައި އަންމަޓީ ބަންދުން ދޫނުކުރުމަށެވެ. ނަމަވެސް، 30 ދުވަހުން ފަހުން އަނެއްކާވެސް ބަންދު ރިވިއު ކުރާއިރު ހާލަތު ބަދަލުވެފައިވާނަމަ އެކަމަށް ރިއާޔަތް ކުރައްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ސީލައިފް ހިޔާނާތުގެ މައްސަލާގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި އަންމަޓީގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ 42 ދައުވާގެ ތެރެއިން ހަތަރު ދައުވާއެއް ދައުލަތުން ވަނީ އިއްވައިފަ އެވެ. އެ ހަތަރު ދައުވާއަށް ވެސް އަންމަޓީ އިންކާރު ކުރުމުން ދައުލަތުން ވަނީ ދައުވާތައް ސާބިތުކުރުމަށް ހެކި ހުށަހަޅާފަ އެވެ.

މި މައްސަލާގެ ޝަރީއަތް ކުރިއަށް ދަނީ 42 ދައުވާ ވަކިވަކިންނެވެ. އެއީ، އޭނާ ހިޔާނާތްތެރިވި ކޮންމެ މީހެއްގެ މައްސަލަ ވަކިންނެވެ.

އެޗްޑީސީ އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު 2015ގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް، ހަވާލުކުރި އެވެ. ނަމަވެސް، އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަނުކޮށް، އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނެގި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox