ޖަމީލުގެ މައްސަލަ ބެލުމުގެ އިހްތިސޯސެއް ނެތް، ސިވިލް ކޯޓަށް ހުށަހެޅިދާނެ: ސުޕްރީމް ކޯޓު

މިއަދުގެ އަޑުއެހުމުގެ ތެރެއިން: ޖަމީލުގެ މައްސަލަ ބެލުމުގެ އިހްތިސޯސް އޮތީ ސިވިލް ކޯޓަށް ކަމަށް ހުކުމް ކުރި

މިއަދުގެ އަޑުއެހުމުގެ ތެރެއިން: ޖަމީލުގެ މައްސަލަ ބެލުމުގެ އިހްތިސޯސް އޮތީ ސިވިލް ކޯޓަށް ކަމަށް ހުކުމް ކުރި

ކުރީގެ ސަރުކާރުގެ ނައިބު ރައީސް ކަމުގައި ޑރ. މުހައްމަދު ޖަމީލް ހުންނަވަނިކޮށް ރައްޔިތުންގެ މަޖިލީހުން އެމަނިކުފާނު މަގާމުން ވަކިކޮށް، އަސާސީ ހައްގުތަކެއް ނިގުޅައިގެންފައި ކަމަށް ބުނާ މައްސަލަ ފުރަތަމަ މަރުހަލާގައި ބެލުމުގެ އިހްތިސޯސް ސުޕްރީމް ކޯޓަށް ނެތް ކަމަށް މިއަދު ކަނޑައަޅައިފި އެވެ.

ދެހާސް ފަނަރަވަނަ އަހަރުގެ ތެރޭ ޑރ. ޖަމީލު ނައިބު ރައީސް ކަމުގެ މަގާމުން މަޖިލީހުން ވަކިކުރަން ފާސްކޮށްފައިވަނީ އެމަނިކުފާނު އިނގިރޭސިވިލާތުގައި ހުންނަވަނިކޮށެވެ. މަގާމުން ވަކިކުރުމުގެ ޖަލްސާއަށް ޖަމީލު ހާޒިރުވެވަޑައިގެންފައިނުވާއިރު ލިޔުމުން ޖަވާބުދާރީވުމަށާއި ވަކީލެއް، އެމަނިކުފާނު ތަމްސީލު ކުރެއްވުމަށް އެދިވަޑައިގެންނެވި އެވެ.

ނަމަވެސް، އޭރު މަޖިލީހުން ނިންމީ ޖަމީލު އަމިއްލައަށް ހާޒިރުވެވަޑައިގެން ނެތުމުން ލިޔުމުން ޖަވާބުދާރީވުމަށް ފުރުސަތު ނުދެވޭނެ ކަމަށެވެ. އަދި، އެމަނިކުފާނު ތަމްސީލުކުރަން ވަކީލަކަށް ވެސް ޖަލްސާގައި ބައިވެރިނުވެވޭނެ ކަމަށެވެ. އެއަށްފަހު ޖަމީލުގެ އިތުބާރު ނެތް ކަމަށް އޭރުގެ ޕީޕީއެމްގެ މެޖޯރިޓީން ފާސްކުރި އެވެ.

Advertisement

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމުން ރާއްޖެ ވަޑައިގެން، ޑރ. ޖަމީލު ވަނީ ނައިބު ރައީސް ކަމުން އެމަނިކުފާނު ވަކިކޮށްފައިވަނީ ގާނޫނު އަސާސީއާ ހިލާފަށް އަސާސީ ހައްގުތަކެއް ގެއްލުވާލާފައިވާ ކަމަށް ވިދާޅުވެ، ބަދަލު ހޯދުމަށް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފަ އެވެ.

ސުޕްރީމް ކޯޓުގައި ޖަމީލު ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނު ނައިބު ރައީސް ކަމުން ވަކިކޮށްފައިވަނީ ގާނޫނު އަސާސީގެ 100 ވަނަ މާއްދާގެ (ހ)ގެ ތިންވަނަ ނަންބަރާ ހިލާފަށެވެ. އެ މާއްދާގައި ރައީސުލްޖުމްހޫރިއްޔާގެ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނާގާބިލްވާ ފަދަ ހާލަތެއްގައި މަޖިލީހުން ފާސްކުރާ ގަރާރަކުން މަގާމުން ވަކިކުރެވިދާނެ އެވެ.

މިއަދުގެ އަޑުއެހުމުގެ ތެރެއިން: ޖަމީލުގެ މައްސަލަ ބެލުމުގެ އިހްތިސޯސް އޮތީ ސިވިލް ކޯޓަށް ކަމަށް ހުކުމް ކުރި
މިއަދުގެ އަޑުއެހުމުގެ ތެރެއިން: ޖަމީލުގެ މައްސަލަ ބެލުމުގެ އިހްތިސޯސް އޮތީ ސިވިލް ކޯޓަށް ކަމަށް ހުކުމް ކުރި

މިއަދުގެ އަޑުއެހުމުގެ ތެރެއިން: ޖަމީލުގެ މައްސަލަ ބެލުމުގެ އިހްތިސޯސް އޮތީ ސިވިލް ކޯޓަށް ކަމަށް ހުކުމް ކުރި

ޖަމީލު ވިދާޅުވާ ގޮތުގައި، ނައިބު ކަމުގެ މަގާމުން ވަކިކޮށްފައިވަނީ އެމަނިކުފާނު މަސްއޫލިއްޔަތު އަދާކުރުމުގައި ނާގާބިލްވެގެނެއް ނޫނެވެ. އަދި، އެމަނިކުފާނަށް މަސްއޫލިއްޔަތުތައް ހަވާލު ކުރައްވާ ރައިސުލްޖުމްހޫރިއްޔާގެ ބަހެއް އެކަމުގައި ހޯދާފައިނުވުމަކީ ވެސް މަސްއޫލިއްޔަތު އަދާކުރުމުގައި އެމަނިކުފާނު ނާގާބިލްވިކަން ސާބިތުކޮށް ނުދެވޭނެ ކަމެއް ކަމަށެވެ.

ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމްގައި ބުނި ގޮތުގައި ރައްޔިތުންގެ މަޖިލީހުން ނިންމާ ކޮންމެ ނިންމުމަކީ ސުޕްރީމް ކޯޓަށް ހުށަހަޅައިގެން އޭގައި ގޮތެއް ނިންމަން ޖެހޭނެ މައްސަލައެއް ނޫނެވެ. ނަމަވެސް، މަޖިލީހުގެ ނިންމުމަކާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް މައްސަލައެއް ބެލޭނީ ގާނޫނު އަސާސީއާ ހިލާފު ކަމެއް އެ ނިންމުމެއްގައި އޮތް ނަމަ، ނުވަތަ އެ ނިންމުމުގެ ނަތީޖާތަކުގެ ތެރެއިން ގާނޫނު އަސާސީއާ ހިލާފު ކަމެއް އުފެދިގެން އަންނަ ހާލަތްތަކުގަ އެވެ.

މަޖިލީހުގެ ބަރުލަމާނީ އިމްތިޔާޒުގެ ތެރެއިން އެ މަޖިލީހުން ނިންމާ ނިންމުންތަކަށް ސުޕްރީމް ކޯޓަށް ގޮތް ކަނޑަނޭޅޭނެ ކަމަށް ވެސް ހުކުމްގައި ބުންޏެވެ. އެގޮތުން، ޖަމީލު ނައިބު ރައީސް ކަމުން ވަކިކުރަން ނިންމާފައި ނިންމުމަކީ އެ މަޖިލީހުގެ އެ އިމްތިޔާޒުގެ ދަށުން ނިންމި ނިންމުމެއް ކަމަށާއި އެ ނިންމުމަކީ ސުޕްރީމް ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫން ކަމަށެވެ.

އެގޮތަށް ސުޕްރީމް ކޯޓުން ނިންމީ ގާނޫނު އަސާސީގެ 113 ވަނަ މާއްދާގައި ބަޔާންކުރާ އަސްލީ އިހްތިސޯސް ހިނގާ މައްސަލަތަކަށް ރިއާޔަތްކުރުމަށްފަހު އެވެ.

މިއަދުގެ އަޑުއެހުމުގެ ތެރެއިން: ޖަމީލުގެ މައްސަލަ ބެލުމުގެ އިހްތިސޯސް އޮތީ ސިވިލް ކޯޓަށް ކަމަށް ހުކުމް ކުރި
މިއަދުގެ އަޑުއެހުމުގެ ތެރެއިން: ޖަމީލުގެ މައްސަލަ ބެލުމުގެ އިހްތިސޯސް އޮތީ ސިވިލް ކޯޓަށް ކަމަށް ހުކުމް ކުރި

މިއަދުގެ އަޑުއެހުމުގެ ތެރެއިން: ޖަމީލުގެ މައްސަލަ ބެލުމުގެ އިހްތިސޯސް އޮތީ ސިވިލް ކޯޓަށް ކަމަށް ހުކުމް ކުރި

އެ މާއްދާގައި ބުނަނީ ރައީސް މަގާމަށް ކުރިމަތިލާ މީހެއްގައި ނުވަތަ ނައިބަކަށް ހުންނާނޭ ކަމަށް އިއުލާންކުރެވޭ މީހެއްގައި ހުންނާންޖެހޭ ޝަރުތުތައް ފުރިހަމަވާކަމާ މެދު، ނުވަތަ ރައީސްއަކު އިންތިހާބު ކުރުމުގައި ދިމާވާ ކަމަކާމެދު، ނުވަތަ ރައީސް އޭނާގެ މަގާމުން ދުރުކުރުމަށް މަޖިލީހުން ނިންމާ ނިންމުމަކާމެދު އެއްވެސް ހިލާފެއް އުފެދިއްޖެނަމަ، އެ ކަމެއް ވަކި ގޮތަކަށް ނިންމުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި ސުޕްރީމް ކޯޓަށް ކަމަށެވެ.

ސުޕްރީމް ކޯޓުން ބުނީ ޖަމީލު ހުށަހެޅުއްވި މައްސަލަ، މި މާއްދާގައި ބުނާ ހާލަތްތަކަށް ނުފެތޭ ކަމަށެވެ. އެއީ، މާއްދާގައި ބުނަނީ ރައީސްއަކު މަގާމުން ވަކިކުރާ ހާލަތުގައި އުފެެދޭ ހިލާފުތައް ސުޕްރީމް ކޯޓަށް ބެލޭނެކަން ކަމަށްވާތީ އެވެ. ނައިބު ރައީސްގެ ވާހަކަ ފާހަގަކޮށްފައެއް ނުވެ އެވެ.

ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އިއްވެވި ހުކުމްގައި ބުނި ގޮތުގައި ނައިބު ރައީސްއަކީ ރައީސް މަސްއޫލިއްޔަތުތައް ހަވާލުކުރާ ފަރާތެއް ކަމަށްވެފައި، ޖަމީލު ވަކިކޮށްފައިވަނީ ރައީސްގެ ބަހެއް ނުހޯދާ ކަމަށް ބުނާ ހާލަތުގައި އެއީ، ދުސްތޫރީ މައްސަަލައަކަށް ވާނީ އެ ޝަކުވާ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅާ ކޯޓަށް ހުށަހަޅުއްވައިފިނަމަ އެވެ.

"މި މައްސަލާގައި ރައީސް ޝަކުވާއެއް ހުށަހަޅާފައެއް ނެތް، އެހެންވީމަ މިއީ އަނެއް ދެ ބާރަށް ހައްލު ކުރެވިދާނެ މައްސަލައެއް،" ހުކުމްގައި ބުންޏެވެ.

ހުކުމްގައި ބުނި ގޮތުގައި، ޖަމީލު މަގާމުން ވަކިކުރި މައްސަލާގައި އުފެދިފައިވަނީ ސިޔާސީ ސުވާލެކެވެ. ސިޔާސީ ސުވާލެއްގެ މައްޗަށް ދުސްތޫރީ މައްސަލައެއް ނުހިނގޭނެ އެވެ. ދުސްތޫރީ މައްސަލާގެ މައުލޫ ބިނާވާންވާނީ ގާނޫނު އަސާސީއާ ހިލާފު ކަމެއްގެ މައްޗަށް ނޫނީ ފަރުދީ ހައްގެއް ގެއްލިގެން ގޮސްފައިވާ ކަމުގެ މައްޗަށް ކަމަށެވެ.

ޑރ. ޖަމީލަށް ޖަވާބުދާރީވުމުގެ ފުރުސަތު ނުލިބުމާއި ވަކީލެއް އައްޔަން ކުރުމުގެ ފުރުސަތު ނުލިބުނު މައްސަލާގައި ސުޕްރީމް ކޯޓުން ބުނީ ރައްޔިތުންގެ މަޖިލީހަށް ވެސް އަސާސީ ހައްގެއް ގެއްލޭ ގޮތަށް އަމަލު ނުކުރެވޭނެ ކަމަށެވެ. ފަރުދުންގެ ހައްގުތަކަށް މަޖިލީހުން ހުރުމަތްތެރިކޮށް ހިތަން ޖެހޭނެ ކަމަށެވެ.

އެހެންކަމުން އެކަމަކީ ޖުޑިޝަލް ރިވިއުއަކަށް ހުށަހެޅިދާނެ މައްސަލައެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި އެވެ. ނަމަވެސް، މައްސަލާގެ ފުރަތަމަ އިހްތިސޯސް އޮތީ ސުޕްރީމް ކޯޓަށް ނޫން ކަމާއި އެއީ ސިވިލް ކޯޓުގެ އިހްތިސޯސް އޮތް މައްސަލައެއް ކަމަށް ބުންޏެވެ.

މިއަދުގެ އަޑުއެހުމުގެ ތެރެއިން: ޖަމީލުގެ މައްސަލަ ބެލުމުގެ އިހްތިސޯސް އޮތީ ސިވިލް ކޯޓަށް ކަމަށް ހުކުމް ކުރި
މިއަދުގެ އަޑުއެހުމުގެ ތެރެއިން: ޖަމީލުގެ މައްސަލަ ބެލުމުގެ އިހްތިސޯސް އޮތީ ސިވިލް ކޯޓަށް ކަމަށް ހުކުމް ކުރި

މިއަދުގެ އަޑުއެހުމުގެ ތެރެއިން: ޖަމީލުގެ މައްސަލަ ބެލުމުގެ އިހްތިސޯސް އޮތީ ސިވިލް ކޯޓަށް ކަމަށް ހުކުމް ކުރި

އެއީ ދައުލަތުގެ އިދާރާއަކުން ނިންމާ ނިންމުމެއް ނުވަތަ އަމަލެއްގެ ސަބަބުން ދިމާވާ ކަމެއްގެ ސަބަބުން ދުސްތޫރީ މައްސަލައެއް ހުށަހެޅިދާނެ ކަމަށް އޮތުމާއި ޖަމީލުގެ މައްސަލައަކީ އެފަދަ މައްސަލައެއް ކަމުގައިވާތީ ކަަމަށް ހުކުމްގައިވެ އެވެ. ކޯޓުތަކުގެ ގާނޫނުގައިވާ ގޮތުން މިފަދަ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބެލުމުގެ އިހްތިސޯސް އޮތީ ސިވިލް ކޯޓަށާއި މެޖިސްޓްރޭޓް ކޯޓުތަކަށެވެ.

ޑރ. އަޒްމިރަލްދާ ނެރުއްވި މި ރައުޔަށް ބެންޗުގައި ދެން ތިއްބެވި ފަސް ފަނޑިޔާރުން ވެސް އިއްތިފާގުވެވަޑައިގެންނެވި އެވެ. އޭގެ ތެރޭގައި ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު މުހުތަސިމް އަދުނާން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

އެހެންވެ، ސުޕްރީމް ކޯޓުން ހުކުމް އިއްވީ، ޖަމީލުގެ އަސާސީ ހައްގުތަކެއް ގެއްލުނު ކަމަށް ދެކަވަޑައިގަންނަވާ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދެވިދާނެ ކަމަށާއި އަދި، އެ މައްސަލަ ހުށަހަޅައިފިނަމަ ސުޕްރީމް ކޯޓުން ހުކުމްގައި ފާހަގަކުރި ކަންކަމުގައި މައްޗަށް ރިއާޔަތްކޮށް އެ މައްސަލަ ކުރިއަށް ގެންދިޔުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox