އަލްޖީރިއާގެ ޖަންގަލީގައި ރޯވެ މަރުވި މީހުންގެ އަދަދު 69 އަށް އަރައިފި

އަލްޖީރިއާގެ އަވަށެއް ކައިރީގައިވާ ޖަންގަލީގައި ރޯވެފައި.-- ފޮޓޯ: އޭއެފްޕީ

އަލްޖީރިއާގެ އަވަށެއް ކައިރީގައިވާ ޖަންގަލީގައި ރޯވެފައި.-- ފޮޓޯ: އޭއެފްޕީ

ޓީޒީ އޫޒޫ، އަލްޖީރިއާ (އޯގަސްޓު 11) - މެޑިޓެރޭނިއަން ސަރަހައްދުގެ ގިނަ ގައުމުތަކެއްގެ ޖަންގަލީގައި ރޯވެފައިވާ މި ދަނޑިވަޅުގައި އަލްޖީރިއާގައި އަނދަމުންދާ އަލިފާންގަނޑުގައި މަރުވި މީހުންގެ އަދަދު 69 އަށް އަރައިފި އެވެ.

ރައީސް އަބްދެލްމަދްޖީދް ތެބޫނޭ ވަނީ މުޅި ގައުމުގައި ހިތާމަ ފާޅުކުރުމުގެ ތިން ދުވަސް އިއުލާނު ކުރައްވާފަ އެވެ. ކަމާބެހޭ އިދާރާތަކުން ބުނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެއް ފަހަރާ އެހާ ގިނަ އަލިފާންގަނޑު ރޯވުމުން ބަޔަކު ގަސްތުގައި ރޯކުރީ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

ދައުލަތުގެ ނިއުސް އެޖެންސީ އޭޕީއެސް އިން ބުނީ އަންގާރަ ދުވަހުން ފެށިގެން 50 އަށް ވުރެ ގިނަ އަލިފާންގަނޑު ޖަންގަލިތަކުގައި ރޯވެފައިވާ ކަމަށެވެ. މަރުވި މީހުންގެ ތެރޭގައި އަލިފާން ނިއްވުމުގައި އުޅުނު 28 ސިފައިންގެ މީހުން ވެސް ހިމެނެ އެވެ.

ގަސްތުގައި އަލިފާން ރޯކުރި ކަމަށް ތުހުމަތު ކުރެވޭތީ ބަޔަކު ހައްޔަރު ކުރި ނަމަވެސް އެ މީހުންގެ މައުލޫމާތު އާއްމުކޮށްފައެއް ނުވެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަނީ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑު ވަށާލާފައިވާ އަވަށްތަކުގައި ދިރިއުޅޭ މީހުން ސަލާމަތް ވާނެ ގޮތެއް ނެތި ތާށިވެފައި ތިބި މަންޒަރާއި އަނދާ ހުލިވެފައިވާ އަވަށްތަކުގެ މަންޒަރެވެ.

އަލްޖީރިއާގެ އިތުރުން މެޑިޓެރޭނިއަން ސަރަހައްދުގެ ގިނަ ގައުމުތަކަކުން މި ވަގުތު ދަނީ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުތައް ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ގްރީސް އާއި ތުރުކީ އަދި ސައިޕްރަސް އިން ވެސް އަލިފާންގަނޑުތައް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރާއިރު، އެމެރިކާގެ ކެލިފޯނިއާގެ ޖަންގަލިތަކުގައި ވެސް ދަނީ ރޯވެ އަނދަމުންނެވެ.

މީޓިއޮރޮލޮޖިސްޓުން ބުނީ އަލްޖީރިއާގެ ހޫނުމިން 46 ޑިގްރީ ސެލްސިއަސް އަށް އަރާފައިވާ ކަމަށެވެ. ވާރޭ ނުވެހުމުގެ ސަބަބުން އެ ގައުމަށް ވަނީ ފެނުގެ ދަތިކަން ވެސް ވަރަށް ބޮޑަށް ކުރިމަތިވެފަ އެވެ.

މިދިޔަ ހޯމަ ދުވަހު އދ. އިން ނެރުނު ރިޕޯޓަކުން ހާމަވެފައިވާ ގޮތުގައި ދުނިޔެ މާ ބޮޑަށް ހޫނުވުމުގެ ސަބަބުން ގުދުރަތީ ގޮތުން ޖަންގަލީގައި ރޯވުން ފަދަ ކަންކަން ކުރިއަށް ވުރެ ގިނައިން ދަނީ ހިނގަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox