އަފީފް ދެއްކެވި ވާހަކަ ބަލަން އެންގީ ބައިބައިވުން އުފެދޭތީ: ރައީސް

މަޖިލިސް އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި އަފީފް ދެ ރައީސުންނާއެކު. -ފައިލް ފޮޓޯ: އެމްޑީޕީ

މަޖިލިސް އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި އަފީފް ދެ ރައީސުންނާއެކު. -ފައިލް ފޮޓޯ: އެމްޑީޕީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ މިހާރު އެމްޑީޕީގެ މެމްބަރެއް ކަމެއް ވެސް ޔަގީން ނުވާކަމަށް ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ދެއްކެވި ވާހަކައެއް ބައްލަވައި ދެއްވުމަށް އެދިވަޑައިގަތީ ޕާޓީގެ ތެރޭގައި ބައިބައިވުން އުފެދުން ހުއްޓުވަން ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މެދުގައި އުފެދިފައިވާ ކޯޅުމުގެ ސަބަބުން ޕާޓީގެ ތެރޭގައި މިހާރު ވަނީ ދެ ފެކްޝަނެއް އުފެދިފަ އެވެ.

އެގޮތުން، އެމްޑީޕީގެ ފަލްސަފާތައް މުގުރާލައި ރައީސް ސޯލިހު މަސައްކަތް ކުރައްވަނީ ކޯލިޝަނުގައި ހިމެނޭ އެހެން ޕާޓީތައް ބޭނުންވާ ގޮތަށް ކަމުގެ ތުހުމަތުތައް ދަނީ އަމާޒުވަމުންނެވެ.

މިފަހުން އަމިއްލަ ޓީވީ ޗެނަލެއްގެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަފީފް ވެސް ވަނީ އެފަދަ ތުހުމަތުތެއް ރައީސް ސޯލިހަށް ކުރައްވައިފަ އެވެ.

އެގޮތުން، އަފީފް ވިދާޅުވީ ރައީސް ސޯލިހު މަސައްކަތްކުރައްވާ ގޮތުން އެމަނިކުފާނަކީ އަދާލަތު ޕާޓީގެ މެމްބަރެއްތޯ ވެސް ސުވާލު އުފެދޭ ކަމަށެވެ.

އެއާއެކު، އޭނާގެ މައްސަލަ ބަލަން ރައީސް ސޯލިހު އެދިވަޑައިގެންފައިވާކަމަށް އަފީފް ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ އަފީފް ފަދަ އެމްޑީޕީގެ ސީނިއާ ބޭފުޅަކު އެފަދަ ވާހަކައެއް ދެއްކެވެމުން އެއީ ކިހިނެއް ހިނގާފައިވާ ކަމެއްތޯ ބަލަން ޕާޓީގެ ޗެއާޕާސަނު އަރިހުގައި ދެންނެވި ކަމަށެވެ.

އެއީ އެމްޑީޕީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން އެގޮތަށް އަމަލުކުރުމުން ޕާޓީގެ ތެރޭގައި ބައިބައިވުން އުފެދޭތީ ކަމަށް ވިދާޅުވެ އެކަން ރައީސް ދިފާއުކުރެއްވި އެވެ.

"ޕާޓީ ތެރޭގައި ބައިބައިވުން އުފެދޭ ކަމެއް އައިމަ އަޅުގަނޑުޖެހޭނެ އެކަން ހައްލުކުރެވޭތޯ ބަލަން. ހާއްސަކޮށް އަފީފް ކަހަލަ ބޭފުޅެއް އެކަހަލަ ވާހަކައެއް ދެއްކެވީމަ އޭގެ ހަގީގަތް ހޯދަން،" އެމަނިކުފާނު ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފުގެ އިތުރުން އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމާއި ހަސަން އަފީފްއާ ވެސް އެކަމާ ގުޅޭގޮތުން ވާހަކަ ދެއްކެވި ކަމަށް ރައީސް ވިދާޅުވި އެވެ.

އެގޮތުން، މިފަދަ މައްސަލަތަކުގެ ތެރެއަށް ސީނިއާ ބޭފުޅުން ވަންނަންވާނެކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

އަޅުގަނޑު ދެންނެވިން މިކަން ބައްލަވާށޭ. މިކަން ނުވާނެ ގޮތަކަށް ހައްދަވާދޭށޭ. އަޅުގަނޑު އެމްޑީޕީގެ މެމްބަރަކަށް ވެސް ނުވަނީތޯ އޭ މިހާރު. ހަމައަކަށް އަޅުވައިދޭށޭ،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox