ބަންގްލަދޭޝްގެ ރޮހިންޔާ ރެފިއުޖީންނަށް ކޮވިޑް ވެކްސިން ދޭން ފަށައިފި

ބަންގްލަދޭޝްގެ ކުޑަކުއްޖަކު ކޮވިޑަށް ޓެސްޓު ކުރަން ސާމްޕަލް ނަގަނީ.-- ފޮޓޯ: ބެންކޮކް ޕޯސްޓް

ބަންގްލަދޭޝްގެ ކުޑަކުއްޖަކު ކޮވިޑަށް ޓެސްޓު ކުރަން ސާމްޕަލް ނަގަނީ.-- ފޮޓޯ: ބެންކޮކް ޕޯސްޓް

ކުޓުޕަލޯންގް، ބަންގްލަދޭޝް (އޯގަސްޓު 10) - ބަންގްލަދޭޝްގެ ކޮވިޑް ކޭސްތައް ރިކޯޑު އަދަދަކަށް އިތުރުވާން ފަށާފައި ވަނިކޮށް އެ ގައުމުގައި ތޮއްޖެހިފައިވާ ކޭމްޕުތަކުގައި ދިރިއުޅޭ ރޮހިންޔާ ރެފިއުޖީންނަށް ވެކްސިން ދޭން ފަށައިފި އެވެ.

ސިއްހީ އޮފިޝަލުން ބުނެފައި ވަނީ 850،000 ރެފިއުޖީން ދިރިއުޅޭ ކޭމްޕުތަކުން މިހާތަނަށް 2،600 ކޭސް ފެނިފައި ވާއިރު، 29 މީހުން މަރުވެފައިވާ ކަމަށެވެ. ނަމަވެސް ތަޖުރިބާކާރުން ބުނަނީ އެއީ އަސްލު އަދަދަށް ވުރެ އެތައް ގުނައެއް މަދު ކަމަށެވެ.

ރެފިއުޖީންނަށް ވެކްސިން ދިނުމުގެ ފުރަތަމަ މަރުހަލާގައި އުމުރުން 55 އަހަރުން މަތީގެ 48،000 މީހުންނަށް ޗައިނާގެ ސިނޯފާމް ވެކްސިން ދޭނީ ތިން ދުވަސް ތެރޭގައި ކަމަށް އެ ސަރަހައްދުގެ ހެލްތު ޗީފު މަހްބޫބުއް ރަހްމާން އޭއެފްޕީއަށް ވިދާޅުވި އެވެ.

އޮފިޝަލުން ބުނީ ވެކްސިނާ މެދު ހޭލުންތެރިކަން އިތުރު ކުރުވުމަށް ރެފިއުޖީ ކޭމްޕުތަކުގައި ބޮޑު ކެމްޕޭނެއް ހިންގި ކަމަށާއި ވޮލަންޓިއަރުން ވަކިވަކި ރެފިއުޖީންގެ ކައިރިއަށް ގޮސް ވެކްސިން ޖެހުމުގެ މުހިއްމު ކަމާ ގުޅޭ މައުލޫމާތު ފޯރުކޮށްދިން ކަމަށެވެ.

ބަންގްލަދޭޝްގެ ޑެޕިއުޓީ ރެފިއުޖީ ކޮމިޝަނަރު ޝަމްސް އުދް ދޫޒާ އޭއެފްޕީއަށް ވިދާޅުވީ ބޭ އޮފް ބެންގޯލްގައިވާ ރަށަކަށް ބަދަލުކުރި 18،000 ރެފިއުޖީންނަށް ވެކްސިން ދިނުމުގެ މަސައްކަތް ވެސް މި ހަފްތާގައި ފަށާނެ ކަމަށެވެ.

ބަންގްލަދޭޝްގައި ކޭސްތައް އިތުރުވާން ފަށާފައި ވާތީ ރެފިއުޖީން ހިމެނޭ ގޮތަށް 169 މިލިއަން މީހުން މި ވަގުތު ތިބީ ލޮކްޑައުންކޮށްފަ އެވެ.

އެ ގައުމުން މިހާތަނަށް ކޮވިޑް ބަލީގައި 23،000 މީހުން މަރުވެފައި ވާއިރު، 1.4 މިލިއަން ކޭސް ފެނިފައި ވެ އެވެ. މިހާރު ފެންނަމުންދާ ކޭސްތަކުގެ 98 ޕަސެންޓު ގުޅިފައި ވަނީ ހަލުވިކަމާ އެކު ފެތުރޭ ޑެލްޓާ ވޭރިއެންޓާ އެވެ.

"ކޭމްޕުތަކުގައި ދިރިއުޅޭ ރޮހިންޔާ މީހުންގެ ތެރޭގައި ވައިރަސް އިތުރަށް ފެތުރުން ހުއްޓުވޭނެ ހަމައެކަނި ގޮތަކީ ހުރިހާ އުމުރެއްގެ މީހުންނަށް ވެކްސިން ދިނުން،" ސިއްހީ އެހީ ދޭ ޖަމިއްޔާ އެމްއެސްއެފްގެ ބަންގްލަދޭޝް ޗީފް ރޮމެއިން ބްރީ ވިދާޅުވި އެވެ.

ބަންގްލަދޭޝްގައި ދިރިއުޅޭ ގިނަ ރޮހިންޔާ ރެފިއުޖީންނަކީ ކައިރީގައި އޮންނަ މިޔަންމާގެ ސިފައިން އެ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކުން ސަލާމަތްވުމަށް ހިޖުރަ ކުރި މީހުންނެވެ. އެ މީހުން ހިޖުރަ ކުރީ 2017 ގައި ނަމަވެސް އެނބުރި މިޔަންމާއަށް ދެވޭނެ ކަމުގެ އުއްމީދެއް އަދިވެސް ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox