އަލްޖީރިއާގައި ވެސް ރޯވެ 7 މީހުން މަރުވެއްޖެ

އަލްޖީރިއާގެ އިންޓީރިއާ މިނިސްޓްރީން ބުނީ ޖަންގަލިތަކުގައި ރޯވުމުގެ ސަބަބުން މިހާތަނަށް ހަތް މީހަކު މަރުވެފައިވާ ކަމަށް.-- ފޮޓޯ: އޭއެފްޕީ

އަލްޖީރިއާގެ އިންޓީރިއާ މިނިސްޓްރީން ބުނީ ޖަންގަލިތަކުގައި ރޯވުމުގެ ސަބަބުން މިހާތަނަށް ހަތް މީހަކު މަރުވެފައިވާ ކަމަށް.-- ފޮޓޯ: އޭއެފްޕީ

އަލްޖިއާޒް، އަލްޖީރިއާ (އޯގަސްޓު 10) - މާ ގަދަޔަށް ހޫނުވުމާއެކު ޖަންގަލިތަކުގައި ރޯވެ މިހާތަނަށް ހަތް މީހަކު މަރުވެފައިވާ ކަމަށް އަލްޖީރިއާގެ އިންޓީރިއާ މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަނީ ވެރިރަށް އަލްޖިއާޒްގެ އިރުން އޮންނަ ކަބީލީ ޖަންގަލި ސަރަހައްދުގެ އަވަށްތައް ވަށައިގެން އަލިފާން ރޯވެފައިވާ މަންޒަރެވެ.

އަލްޖީރިއާގެ އިތުރުން މެޑިޓެރޭނިއަން ސަރަހައްދުގެ ގިނަ ގައުމުތަކަކުން މި ވަގުތު ދަނީ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުތައް ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ގްރީސް އާއި ތުރުކީ އަދި ސައިޕްރަސް އިން ވެސް އަލިފާންގަނޑުތައް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރާއިރު، އެމެރިކާގެ ކެލިފޯނިއާގެ ޖަންގަލިތަކުގައި ވެސް ދަނީ ރޯވެ އަނދަމުންނެވެ.

މީޓިއޮރޮލޮޖިސްޓުން ބުނީ އަލްޖީރިއާގެ ހޫނުމިން 46 ޑިގްރީ ސެލްސިއަސް އަށް އަރާފައިވާ ކަމަށެވެ. ވާރޭ ނުވެހުމުގެ ސަބަބުން އެ ގައުމަށް ވަނީ ފެނުގެ ދަތިކަން ވެސް ވަރަށް ބޮޑަށް ކުރިމަތިވެފަ އެވެ.

ބައެއް އަލިފާންގަނޑުތައް ރޯވީ ގުދުރަތީ ގޮތުން ނަމަވެސް އިންޓީރިއާ މިނިސްޓަރު ވިދާޅުވީ ބައެއް ސަރަހައްދުތަކުގައި ރޯވީ އިހުމާލުން ކަމަށް ބެލެވޭ ކަމަށެވެ.

މިކަމުގެ ތުހުމަތު ކުރެވޭ ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އެ ގައުމުގެ ޕަބްލިކް ރޭޑިއޯ އިން ބުނެފައިވެ އެވެ. ފަހަކަށް އައިސް ޖަންގަލީގައި މީހުން ގަސްދުގައި ރޯކުރާ ކަމުގެ އަޑުތައް އެ ގައުމުގައި ވަނީ ގަދަވެފަ އެވެ.

މިދިޔަ މަހު ރައީސް އަބްދެލްމަޖްދީދް ތެބޫނޭ ވަނީ ޖަންގަލީގައި ރޯކޮށްފި ނަމަ ދޭ އަދަބު ހަރުކަށި ކުރަން ބިލެއް އެކުލަވާލުމަށް އަމުރު ކުރައްވާފަ އެވެ. އެ ބިލުގައި އަދަބެއްގެ ގޮތުގައި 30 އަހަރުގެ ޖަލު ހުކުމެއް ހިމަނަން ނިންމާފައި ވާއިރު، އަލިފާނުގައި މީހަކު މަރުވެއްޖެ ނަމަ އުމުރަށް ޖަލަށް ލެވޭނެ އެވެ.

މިދިޔަ ހޯމަ ދުވަހު އދ. އިން ނެރުނު ރިޕޯޓަކުން ހާމަވެފައިވާ ގޮތުގައި ދުނިޔެ މާ ބޮޑަށް ހޫނުވުމުގެ ސަބަބުން ގުދުރަތީ ގޮތުން ޖަންގަލީގައި ރޯވުން ފަދަ ކަންކަން ކުރިއަށް ވުރެ ގިނައިން ދަނީ ހިނގަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox