ސްރީ ލަންކާ: ކޮވިޑުގެ ހާލަތު ގޯސްވެ އެއް ފަހަރާ ގިނަ ގަބުރުތަކެއް އަންދަން ފަށައިފި

ސްރީލަންކާގައި ކޮވިޑު ޖެހިގެން މަރުވި މީހެއްގެ ހަށިގަނޑު އުފުލަނީ.-- ފޮޓޯ: އޭއެފްޕީ

ސްރީލަންކާގައި ކޮވިޑު ޖެހިގެން މަރުވި މީހެއްގެ ހަށިގަނޑު އުފުލަނީ.-- ފޮޓޯ: އޭއެފްޕީ

ކޮލަމްބޯ، ސްރީ ލަންކާ، (އޯގަސްޓް 9) - ކޮވިޑުގެ ހާލަތު ގޯސްވެފައިވާ ސްރީ ލަންކާގައި މަރުވާ މީހުންގެ އަދަދު އިތުރުވެ، އެއް ފަހަރާ ގިނަ ގަބުރުތަކެއް އެއްކޮށްގެން އެންދުމުގެ މަސައްކަތް ފަށައިފި އެވެ.

ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކުގެ އަދަދު އެއް މަސް ތެރޭ ވަނީ ދެ ގުނަ އިތުރުވެ، 2،500 އަށް އަރާފަ އެވެ. ކޮންމެ ދުވަހަކު 100 މީހުން މަރުވަމުން ދެ އެވެ.

ކޮލަމްބޯ މުނިސިޕަލިޓީން ގިނަ ގަބުރުތަކެއް އެއް ފަހަރާ އަންދަން ފެށީ އާދީއްތަ ދުވަހުގެ ހަވީރު އެވެ. އެގޮތުން ކޮލަމްބޯ ޖެނެރަލް ސިމެޓްރީގައި އެއް ފަހަރާ 15 ގަބުރު އަންދާލި އެވެ. އެގޮތަށް ހަދަން ޖެހުނީ ލަންކާގެ އެންމެ ބޮޑު ހޮސްޕިޓަލުގެ ފްރީޒަރުގައި ގަބުރުތައް ބަހައްޓާނެ ޖާގަ ހުސްވުމުންނެވެ.

މިއީ މިދިޔަ ޑިސެމްބަރު މަހަށް އެއް ފަހަރާ މިހާ ގިނަ އަދަދެއްގެ ގަބުރުތައް އަންދާލި ފުރަތަމަ ފަހަރެވެ. މިދިޔަ ޑިސެމްބަރު މަހު، އެންމެ 20 ދުވަސްވީ ތުއްތު ކުއްޖަކާ އެކު މުސްލިމް 15 މީހެއްގެ ގަބުރު އަންދާލި މައްސަލަ ހޫނުވި އެވެ.

ކޮވިޑުގައި މަރުވާ މުސްލިމުންގެ ގަބުރުތައް އެންދުމާ ދެކޮޅަށް ލަންކާ އާއި އެހެން ގައުމުތަކުގެ ރައްޔިތުން ނުރުހުން ފާޅުކުރުމުން، ސަރުކާރުން ހުއްދަ ދިނީ އެ ގައުމުގެ އިރުމަތީގައި މީހުންގެ މަދު ހިސާބެއްގައި މުސްލިމުންގެ ގަބުރުތައް ވަޅުލުމަށެވެ.

ޕަބްލިކް ހެލްތު އިންސްޕެކްޓާޒް ޔޫނިއަން (ޕީއެޗްއައި) އިން ބުނީ ކޮވިޑުގައި މަރުވި މީހުންގެ ގަބުރުތައް ފާއިތުވި ހަފްތާ ބަންދުގައި ފުނިޖެހެން ފެށީ ކުއްލިއަކަށް ގިނަ ބަޔަކު މަރުވަމުން ދާތީ، އެ މީހުންގެ ޖަނާޒާގެ ކަންކަން އަވަސް ސްޕީޑުގައު ކުރިއަށް ނުގެންދެވުމުން ކަމަށެވެ.

"މި ރޭޓުގައި ކުރިއަށް ދާ ނަމަ އަޅުގަނޑުމެންނަށް ޖެހޭނީ ގަބުރުތައް އަންދަން އާ ތަންތަން ގާއިމްކުރަން،" ޕީއެޗްއައި ޔޫނިއަންގެ ޗީފް އުޕުލް ރޯހާނާ ނޫސްވެރިންނަށް ވިދާޅުވި އެވެ.

ކޮލަމްބޯ ބޯތު ހޮސްޕިޓަލްގެ ފްރީޒަރު ފުރި 20 ގަބުރެއް ބާއްވާފައި އޮތް އިރު، ދެކުނުގައި ހުންނަ ޕާނަދޫރާ ހޮސްޕިޓަލުގައި 50 އަށް ވުރެ ގިނަ ގަބުރު ބާއްވާފައި އެބަ އޮތެވެ.

ކޮލަމްބޯ ނޭޝަލަން ހޮސްޕިޓަލްގެ މޯޗަރީގެ 66 ފްރީޒަރު ވެސް ފުރުމުގެ ސަބަބުން ގަބުރުތައް ބަހައްޓާފައިވަނީ ޓްރޯލީ އާއި މޭޒުތައް މަތީގަ އެވެ.

ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި މި ބަލި ޖެހިގެން މަރުވާ މީހުންގެ ގަބުރުތައް އާއިލާއާ ހަވާލުކުރުމުގެ ބަދަލުގައި ނައްތާލަނީ ދައުލަތުންނެވެ.

ރޮހާނާ ވިދާޅުވީ ކޭސްތައް އެހާ ގިނަވުމުން ކޮންޓެކްޓް ޓްރޭސް ކުރުމަކީ މިހާރު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ހޮސްޕިޓަލްްތައް ފުރި ފަރުވާގެ އިންތިޒާރުގައި މަޑުކޮށްގެން ތިއްބައި ގިނަ ބަޔަކު މަރުވަމުންދާ ކަމުގެ ރިޕޯޓުތައް ފެތުރެން ފަށާފައި ވަނިކޮށް މިދިޔަ ހުކުރު ދުވަހު ލަންކާގައި ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފަ އެވެ.

އެގޮތުން ސެޕްޓެމްބަރު އެއް ވަނަ ދުވަހާ ހަމައަށް ދައުލަތުގެ ރަސްމިއްޔާތުތަކާއި އާއްމު އެއްވުންތައް ބޭއްވުން މަނާ ވާނެ އެވެ.

މިދިޔަ އާދީއްތަ ދުވަހާ ހަމައަށް ލަންކާގެ 21 މިލިއަން މީހުންގެ ތެރެއިން 11 މިލިއަން މީހުން ވަނީ އެއް ޑޯޒް ޖަހައިފަ އެވެ. ދެ ޑޯޒް ފުރިހަމަކޮށްފައި ވަނީ 2.93 މިލިއަން މީހުންނެވެ.

ރަސްމީ ތަފާސްހިސާބު ދައްކާ ގޮތުން ލަންކާއިން މިހާތަނަށް 330،000 ކޭސް ފެނިފައި ވެ އެވެ. އަދި މަރުވެފައި ވަނީ 5،107 މީހުންނެވެ.

ނަމަވެސް ރަސްމީ ތަފާސްހިސާބުގައި ގިނަ ކޭސްތަކާއި މަރުތަކެއް ނުހިމެނޭ ކަމަށް ބެލެވޭތީ ހަގީގީ އަދަދު އެއަށްވުރެ މާ މަތިވާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

ކޮވިޑުގެ އާ ރާޅެއް ލަންކާއަށް ކުރިމަތިވެގެން އުޅެނީ ސިންހަޅަ އަދި ތަމަޅަ އާ އަހަރާ ދިމާކޮށް މިދިޔަ އޭޕްރިލް މަހު ފިޔަވަޅުތަކަށް ލުއި ދިން ފަހުންނެވެ.

އެއަށްފަހު މޭ މަހު ފިޔަވަޅުތައް ހަރުކަށި ކުރުމަށް ފަހު އަނެއްކާ ވެސް ޖުލައި 10 ގައި ލުއި ދިނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox